17 އޮކްޓޯބަރ 2022
ތިމާވެއްޓަށް ކުރާނެ އަސަރު ބަޔާންކުރާ، އީއައިއޭ ރިޕޯޓާ ހިލާފަށް ސ. މަރަދޫފޭދޫގެ ބަނދަރު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައި ވާތީ ޕްލޭނިން މިނިސްޓްރީ މިއަދު ޖޫރިމަނާކޮށްފި އެވެ.
ތިމާވެއްޓަށް ކުރާނެ އަސަރު ބަޔާންކުރާ، އީއައިއޭ ރިޕޯޓާ ހިލާފަށް ސ. މަރަދޫފޭދޫގެ ބަނދަރު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައި ވާތީ ޕްލޭނިން މިނިސްޓްރީ މިއަދު ޖޫރިމަނާކޮށްފި އެވެ.
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކުރި އިއުލާނެއްގައި ބުނީ މަރަދޫފޭދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތަށް ސެޕްޓެމްބަރު 10، 2019 ގައި ދޫކޮށްފައިވާ އީއައިއޭއާ ހިލާފަށް އެ އެޖެންސީގެ ހުއްދަ ނެތި ޕްލޭނިން މިނިސްޓްރީން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އެހެންވެ، ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވާއިދުގެ ދަށުން އެ މިނިސްޓްރީ 120،000ރ. އިން ޖޫރިމަނާކޮށްފައިވާ ކަމަށް ބުންޏެވެ. އެއީ އެ މިނިސްޓްރީ އެފަދަ ކުށެއް ތަކުރާރު ކުރި ތިންވަނަ ފަހަރު ކަމަށް އީޕީއޭ އިން ބުންޏެވެ.
ޖޫރިމަނާއަށް ވާ ފައިސާ، މިއަދުން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި އީޕީއޭ އަށް ދައްކަން އެންގި ކަމަށް އެ އިއުލާނުގައި ބުންޏެވެ.
އެ އިއުލާނުގައި އިތުރަށް ބުނީ، އީޕީއޭގެ ހުއްދައާ ނުލައި ކުރެވިފައިވާ މަސައްކަތްތަކާއި މިހާރު އެ ރަށުގެ ތިމާވެށީގެ ހާލަތު، އީއައިއޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް ވަޒަންކުރުމަށް ފަހު، 60 ދުވަހުގެ ތެރޭގައި އެ އެޖެންސީ އަށް އެންވަޔަރުމެންޓަލް އޮޑިޓް ރިޕޯޓް ވެސް މިނިސްޓްރީން ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ބަނދަރުގައި މިހާރު ކޮށްފައި ހުރި މަސައްކަތްތައް އީއައިއޭ މޮނިޓަރިން ޕްލޭންގައި ހިމަނައި އަދި އެ މޮނިޓަރިން ޕްލޭން އިސްލާހުކޮށް، އާ މޮނިޓަރިން ޕްލޭންއެއް ހުށަހަޅާނެ ކަމުގެ ލިޔުމެއް ވެސް ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ހުށަހަޅަން މިނިސްޓްރީ އަށް އަންގާފައިވާ ކަމަށް ބުންޏެވެ.
ޕްލޭނިން މިނިސްޓްރީ ޖޫރިމަނާކުރި އިރުގައި މަރަދޫފޭދޫގެ ބަނދަރުގެ މަސައްކަތް ނިންމައި، މި އަހަރުގެ މާޗު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި އެ ބަނދަރު ވަނީ ހުޅުއްވައިދެއްވައިފަ އެވެ.
President @ibusolih inaugurates Maradhoo Feydhoo Harbour. The Project was undertaken by Heavy Force Pvt Ltd. pic.twitter.com/VA9AtINnoF
— The President's Office (@presidencymv) March 27, 2022
މަރަދޫފޭދޫގެ ބަނދަރުގެ މަސައްކަތް ކުރީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. އެ މަޝްރޫއުގެ ދަށުން ބަނދަރާއި ނެރު ފުންކޮށް، 243 މީޓަރުގެ ދިގުމިނުގައި ބޮޑު ހިލައިގެ ބޭރުތޮއްޓެއް ޖަހައި، 260 މީޓަރުގެ ކޮންކްރީޓް އެއްގަމު ތޮއްޓެއްލި އެވެ. އަދި އެއްގަމު ތޮށްޓާއި އިންވެގެން ޕޭވްމަންޓް ހަދައި، ބަނދަރު ސަރަހައްދުގެ ލައިޓް ހަރުކުރި އެވެ.
މޫދަށް ކްލޮރިން އެޅުމުން ދިރުންތައް މަރުވެގެން ލައްގަނީ
ބިން ހިއްކަން 70،000 މުރަކަ އެހެން ތަންތަނަށް
އައްޑޫ ސިޓީ ކައުންސިލް 30 މިލިއަނުން ޖޫރިމަނާކޮށްފި
ޕްލެޓްފޯމް ނަގަނީ ގެއްލުން ކުޑަވާ ގޮތަށް: މިނިސްޓްރީ
ދެ ދުވަސްތެރޭގައި ފަރުމަތިން ޕްލެޓްފޯމް ނަގަނީ
ސީލް އަަށް ކާންދީ، އުނދަގޫ ނުކުރަން އެދިއްޖެ
އައްޑު އަށް އެރި ސީލް އެނބުރި ނުދިޔަ!
ކައުންސިލުން ބުނީ ބީޗަށް "އެއްވެސް ކަމެއް ނުކުރަމޭ"
ބީޗު ހަދަން ހޭޅިފަށަށް ގެއްލުން ދިން މައްސަލަ ބަލަނީ
އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލަން ގޮވާލައިފި