24 އެޕްރީލް 2022
އައްޑޫ ހިތަދޫގައި އާޓިފިޝަލް ބީޗެއް ހަދަން ހޭޅިފަށުން ގިނަ އަދަދެއްގެ ގަސްތައް ނެގި މައްސަލަ އީޕީއޭ އިން ބަލަން ފަށައިފި އެވެ.
އައްޑޫ ހިތަދޫގައި އާޓިފިޝަލް ބީޗެއް ހަދަން ހޭޅިފަށުން ގިނަ އަދަދެއްގެ ގަސްތައް ނެގި މައްސަލަ އީޕީއޭ އިން ބަލަން ފަށައިފި އެވެ.
އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ސޮއިކުރައްވައި އައްޑޫގެ މޭޔަރު އަލީ ނިޒާރަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ހިތަދޫ ކުނިކޮށީގެ ދެކުނުން އޮތް ސަރަހައްދުގައި އެއްގަމާއި މޫދު ކޮނެ، ހޭޅިފަށުން ގަސްތައް ނަގައި، އެ ހިސާބުގެ އާނުގަނޑު ވެސް ނަގައި ހަލާކުކޮށްފައިވާ ކަމުގެ މައުލޫމާތު އެ އެޖެންސީ އަށް ލިބިފައިވާ ކަމަށެވެ. އެއީ އީޕީއޭގެ ހުއްދަ ނެތި ހިންގާފައިވާ އަމަލެއް ކަމުގެ ކަންބޮޑުވުން ނައީމް ފާޅުކުރައްވާފައިވެ އެވެ.
އެހެންވެ އީޕީއޭ އިން އެދުނީ އެ މަސައްކަތުގެ ތަފުސީލާއި ބޭނުމާއި އެ މަސައްކަތް ކުރި ތާރީހާއި އަދި މަސައްކަތުގައި އިސްކޮށް ޝާމިލުވި ފަރާތްތަކުގެ މައުލޫމާތު އެ އެޖެންސީ އަށް ހުށަހަޅައިދިނުމަށެވެ.
އައްޑޫ ހިތަދޫ ކުނިކޮށީގެ ދެކުނު ސަރަހައްދުގެ މޫދު ކޮނެ، ނަގާފައިވާ އާނުގަނޑުގެ ބައެއް.
އީޕީއޭ އިން އެންގީ އެ މައުލޫމާތު އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ހުށަހެޅުމަށެވެ. ތިމާވެއްޓަަށް ގެއްލުން ލިބޭ ކަންކަން ކުރުމަކީ ގާނޫނުން ބޮޑު ޖޫރިމަނާއެއް އަންނަ މައްސަލައެކެވެ.
އެކަމާ ގުޅޭ ގޮތުން އައްޑޫ ސިޓީ ކައުންސިލްގެ ބަހެއް އަދި ނުލިބެ އެވެ.
އައްޑޫ ސިޓީ ކައުންސިލް 30 މިލިއަނުން ޖޫރިމަނާކޮށްފި
ސީލް އަަށް ކާންދީ، އުނދަގޫ ނުކުރަން އެދިއްޖެ
އައްޑު އަށް އެރި ސީލް އެނބުރި ނުދިޔަ!
ކައުންސިލުން ބުނީ ބީޗަށް "އެއްވެސް ކަމެއް ނުކުރަމޭ"
މޫދަށް ވެއްޓުނު އެކްސްކަވޭޓަރަކުން މަސްތައް މަރު!
އައްޑޫގައި 100،000 ރުއް އިންދުމުގެ ޕްރޮގްރާމެއް
ސިޓީ ސްކެއާ އިން ނެގި ރުއްތަކުގެ ބަދަލުގައި ރުއް އިންދައިފި
އައްޑޫގެ ރަށްތައް ގިރާތީ ސާވޭއެއް ހަދަން ފަށައިފި
މި އަހަރުގެ ކޮރަލް ފެސްޓިވަލް ހިތަދޫގައި ބާއްވަނީ
ހިރާ ސްކޫލުގެ ކުއްޖަކު ކޮޕް ސަމިޓްގައި ބައިވެރިވަނީ