27 އެޕްރީލް 2022
އައްޑޫ ހިތަދޫގައި އާޓިފިޝަލް ބީޗެއް ހަދަން ހޭޅިފަށުން ގިނަ އަދަދެއްގެ ގަސްތައް ނަގައި، އެތަނަށް ގެއްލުންދިން ކަމަށް ކުރެވޭ ތުހުމަތު އައްޑޫ ސިޓީ ކައުންސިލުން ދޮގުކޮށްފި އެވެ.
އައްޑޫ ހިތަދޫގައި އާޓިފިޝަލް ބީޗެއް ހަދަން ހޭޅިފަށުން ގިނަ އަދަދެއްގެ ގަސްތައް ނަގައި، އެތަނަށް ގެއްލުންދިން ކަމަށް ކުރެވޭ ތުހުމަތު އައްޑޫ ސިޓީ ކައުންސިލުން ދޮގުކޮށްފި އެވެ.
އެ މައްސަލައިގައި ސިޓީ ކައުންސިލުން އީޕީއޭ އަށް ޖަވާބުދާރީވާން ދިން މުއްދަތު އިއްޔެ އަށް ހަމަވިއިރު، އެތަނަށް އެއްވެސް ގެއްލުމެއް ނުދޭ ކަމަށް ބުނެ އެ ކައުންސިލުން ވަނީ ޖަވާބު ފޮނުވައިފަ އެވެ.
އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް މިއަދު "މިހާރު" އަށް ވިދާޅުވީ އެތަނަށް "އެއްވެސް ކަމެއް ނުކުރާ" ކަމަށް ބުނެ ސިޓީ ކައުންސިލުން އިއްޔެ ޖަވާބު ފޮނުވާފައިވާ ކަމަށެވެ. އެކަމަކު ގޫގުލް މެޕްގެ ޓައިމްލައިން ބަލާނި ނަމަވެސް، އެތަނަށް ގެނެސްފައިވާ ބޮޑެތި ބަދަލުތައް ފެންނަ އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އައްޑޫ ހިތަދޫ ކުނިކޮށީގެ ދެކުނު ސަރަހައްދުގެ އެއްގަމާއި މޫދު ކޮނެ ވެލިގަނޑު އެއްވަރުކޮށްފައި.
"ސައިޓް ވިޒިޓެއް ކޮށްފައި، ދެ ފަރާތުން ތިބެގެން ބަލައިފައި އަޅަން ޖެހޭ ފިޔަވަޅެއް އަޅާނަން،" ނައީމް ވިދާޅުވި އެވެ.
އީޕީއޭއިން ކުރިން ބުނި ގޮތުގައި، ހިތަދޫ ކުނިކޮށީގެ ދެކުނުން އޮތް ސަރަހައްދުގައި އެއްގަމާއި މޫދު ކޮނެ، ހޭޅިފަށުން ގަސްތައް ނަގައި، އެ ހިސާބުގެ އާނުގަނޑު ވެސް ނަގައި ހަލާކުކޮށްފައިވާ ކަމުގެ މައުލޫމާތު އެ އެޖެންސީ އަށް ލިބިފައިވާ ކަމަށެވެ. އަދި އެއީ އީޕީއޭގެ ހުއްދަ ނެތި ހިންގާފައިވާ އަމަލެއް ކަމަށެވެ.
އެހެންވެ އީޕީއޭ އިން ކައުންސިލްގައި އެދުނީ އެ މަސައްކަތުގެ ތަފުސީލާއި ބޭނުމާއި އެ މަސައްކަތް ކުރި ތާރީހާއި އަދި މަސައްކަތުގައި އިސްކޮށް ޝާމިލުވި ފަރާތްތަކުގެ މައުލޫމާތު އެ އެޖެންސީ އަށް ހުށަހަޅައިދިނުމަށެވެ.
އެކަމާ ގުޅޭ ގޮތުން އައްޑޫ ސިޓީ ކައުންސިލްގެ ބަހެއް ހޯދަން "މިހާރު" އިން ގުޅުމުން މޭޔާރައި ޑެޕީއުޓީ މޭޔަރު ވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.
މޫދަށް ކްލޮރިން އެޅުމުން ދިރުންތައް މަރުވެގެން ލައްގަނީ
އައްޑޫ ސިޓީ ކައުންސިލް 30 މިލިއަނުން ޖޫރިމަނާކޮށްފި
ސީލް އަަށް ކާންދީ، އުނދަގޫ ނުކުރަން އެދިއްޖެ
އައްޑު އަށް އެރި ސީލް އެނބުރި ނުދިޔަ!
ބީޗު ހަދަން ހޭޅިފަށަށް ގެއްލުން ދިން މައްސަލަ ބަލަނީ
މޫދަށް ވެއްޓުނު އެކްސްކަވޭޓަރަކުން މަސްތައް މަރު!
ސިޓީ ސްކެއާ އިން ނެގި ރުއްތަކުގެ ބަދަލުގައި ރުއް އިންދައިފި
އައްޑޫގެ ރަށްތައް ގިރާތީ ސާވޭއެއް ހަދަން ފަށައިފި
މި އަހަރުގެ ކޮރަލް ފެސްޓިވަލް ހިތަދޫގައި ބާއްވަނީ
ހިރާ ސްކޫލުގެ ކުއްޖަކު ކޮޕް ސަމިޓްގައި ބައިވެރިވަނީ