26 ޑިސެމްބަރ 2022
އައްޑޫގެ ބިން ހިއްކުމަށް ބޭނުންވާ މެޝިނަރީ އާއި އެހެނިހެން ސާމާނު ސ. ހިތަދުއަށް ގެންގޮސް، އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.
އައްޑޫގެ ބިން ހިއްކުމަށް ބޭނުންވާ މެޝިނަރީ އާއި އެހެނިހެން ސާމާނު ސ. ހިތަދުއަށް ގެންގޮސް، އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.
ހިތަދޫ ޕޯޓް ލިމިޑެޓުން ބުނިގޮތުގައި އެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ މެޝިނަރީ އާއި އެހެނިހެން ސާމާނު ހިފައިގެން ދިޔަ އާގުބޯޓް "އެޗުސީ މެލީނާ" މިދިޔަ ބުރާސްފަތި ދުވަހު ހިތަދޫގައި ބަނދަރުކުރި އެވެ.
އެ ސާމާނު ގެނައީ އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކޮށްފައިވާ ނެދަލެންޑްސްގެ ކުންފުނި ވެން އޫޑްއާ އިންނެވެ.
އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ އެހީގައި އައްޑޫގައި ހިންގާ އެ މަޝްރޫއުގައި ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވެ އެވެ.
އައްޑޫގެ ބިން ހިއްކުމަށް ބޭނުންވާ ސާމާނު ގެންދިޔަ އާގު ބޯޓު ސ. ހިތަދޫގައި ބަނދަރުކުރަން ދަނީ -- ފޮޓޯ: ހިތަދޫ ޕޯޓް ލިމިޑެޓް
އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ތަވާލުކޮށްފައި އޮތީ އަންނަ އަހަރުގެ މާޗު މަހު އެވެ.
• 11 ކިލޯމީޓަރު ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރާނެ
• ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކާނެ
• ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކާއި އެ ރަށުގެ ފަޅު ތެރެއިން ޓޫރިޒަމްގެ ބޭނުމަށް ފަސް ހެކްޓަރުގެ ދެ ރަށް ހިއްކާނެ
• މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކާއި އެ ރަށުގެ ފަޅު ތެރެއިން ޓޫރިޒަމްގެ ބޭނުމަށް 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކާނެ
• މުޅި މަޝްރޫއަށް 1.3 ބިލިއަން ރުފިޔާ ހޭދަވާނެ
• މަސައްކަތް ހަވާލުކުރީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް
އައްޑުއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރަން ފަށަން ނިންމާފައިވާ ބިން ހިއްކުމުގެ މި ބޮޑު މަޝްރޫއުގެ ސަބަބުން ތިމާވެއްޓާ ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އީއައިއޭ ރިޕޯޓުގައި ބުނެފައި ވާތީ ތިމާވެށީގެ ހައްގުގައި އަޑުއުފުލާ ޖަމިއްޔާތަކުން މި މަސައްކަތް ހުއްޓާލަން ވެސް ގޮވައިލި އެވެ. އެކަމަކު ސަރުކާރުން ބުނެފައި ވަނީ މި މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.
އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލަން ގޮވާލައިފި
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްފި
އައްޑޫ ބިންހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ފަށައިފި
ބިން ހިއްކަން 70،000 މުރަކަ އެހެން ތަންތަނަށް
އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ބަޔަކާ ހަވާލުކުރަނީ
ގުޅިފަޅު ހިއްކައި ނިމޭއިރު 1.8 ބިލިއަން ހަރަދުވާނެ
މޫދަށް ކްލޮރިން އެޅުމުން ދިރުންތައް މަރުވެގެން ލައްގަނީ
ރަސްމާލެ ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި
ގުޅިފަޅު ހިއްކަން ބޭނުންވާ ފައިސާ އަދިވެސް ހަމަނުޖެހޭ
އައްޑޫގައި ފަހުން ހެދި މަގުތައް އަލުން ކޮންނަނީ