Roadha Mihaaru
ރައީސް ފ. އަތޮޅަށް ވަޑައިގެންފި

ރައީސް ފ. އަތޮޅަށް ވަޑައިގެންފި

27 މެއި 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.

އިފްރާޒް އަލީ ފ. ނިލަންދޫން އިފްރާޒް އަލީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

މިއަދު ހެނދުނު ރައީސްގެ ދެކަނބަލުން އެންމެ ފުރަތަމަ ވަޑައިގަތީ ފ. ނިލަންދު އަށެވެ.

ދެ ދުވަހުގެ މި ދަތުރުފުޅުގައި ދެން ރައީސް ވަޑައިގަންނަވަނީ މި އަތޮޅު ދަރަނބޫދޫ، މަގޫދޫ، ބިލެތްދޫ އަދި ފީއައްޔަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނަށް ފ. ނިލަންދޫން މަރުހަބާ ކިޔަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނަށް ފ. ނިލަންދޫން މަރުހަބާ ކިޔަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުން ބުނި ގޮތުގައި މި ދަތުރުފުޅުގައި ރައީސް މި ރަށްރަށުގެ ކައުންސިލާއި އަންހެނުންގެ ކޮމެޓީ އަދި އާންމުންނާ ބައްދަލުކުރައްވާނެ އެވެ. އަދި މި ރަށްރަށުގައި ސަރުކާރުން ހިންގައި ނިމިފައިވާ މަޝްރޫއުތައް އިފްތިތާހުކުރެއްވުމާއި ކުރިޔަށް ގެންދާ ބައެއް މަޝްރޫއުތަކުގެ މަސައްކަތް ކުރިޔަށްދާ ގޮތް ވެސް ބައްލަވައިލައްވާނެ އެވެ.

ފ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވުމާއި ފ. މަގޫދޫގައި އަޅަމުން އަންނަ އެއާޕޯޓްގެ މަސައްކަތް ކުރިޔަށް ގެންދާ ގޮތް ވެސް ރައީސް ބައްލަވައިލައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.