Roadha Mihaaru
އިނގިރޭސިވިލާތުގެ ދަތުރުފުޅަށް ފަހު ރައީސް ވަޑައިގެންފި

ޗާލްސް ރަސްކަމާ ހަވާލުވުމުގެ ރަސްމިއްޔާތަށް ފަހު ރައީސް ވަޑައިގެންފި

08 މެއި 2023

އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް ތަހުތުގައި ވެޑުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް ތަހުތުގައި ވެޑުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފި އެވެ.

ރައީސްގެ ދެ ކަނބަލުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މަރުހަބާ ދެންނެވީ ނައިބު ރައީސް ފައިސަލް ނަސީމާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ ދެކަނބަލުން އިނގިރޭސި ވިލާތަށް ފުރާވަޑައިގަތީ މިދިޔަ ހަފުތާގެ ބުދަ ދުވަހު އެވެ.

ރަސްގެފާނު ޗާލްސް އާއި އަނބިކަނބަލުން ކަމީލާ އިނގިރޭސި ރަސްކަމުގެ ތަހުތުގައި ރަސްމީ ގޮތުން ވެޑުވުމުގެ ރަސްމިއްޔާތު ބޭއްވި މިދިޔަ ހޮނިހިރު ދުވަހު އެވެ.

އިނގިރޭސި ރަސްގެފާނު ޗާލްސްގެ ތަހުތަށް ވެޑުވުމުގެ ރަސްމިއްޔާތުގައި ރައީސް އާއި ޗާލްސް ސަލާމް ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އިނގިރޭސި ރަސްގެފާނު ޗާލްސްގެ ތަހުތަށް ވެޑުވުމުގެ ރަސްމިއްޔާތުގައި ރައީސް އާއި ޗާލްސް ސަލާމް ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އިނގިރޭސި ރާނީ އެލިޒަބަތުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވެސް ލަންޑަނަށް ވަޑައިގަތެވެ.

ފަސް ދުވަހުގެ އެ ދަތުރުފުޅަށް ދައުލަތު ތިން މިލިއަނެއްހާ ރުފިޔާ ހަރަދުކުރުމުން އާންމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި އެވެ.