27 މާޗް 2022
އައްޑޫގެ މަގު ހެދުމާއި ފެން ހިންދުމުގެ ނިޒާމް ގާއިމްކުރުމުގެ ބޮޑު މަޝްރޫއު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފައްޓަވައިދެއްވައިފި އެވެ.
އައްޑޫގެ މަގު ހެދުމާއި ފެން ހިންދުމުގެ ނިޒާމް ގާއިމްކުރުމުގެ ބޮޑު މަޝްރޫއު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފައްޓަވައިދެއްވައިފި އެވެ.
އެފްކޯންސް އިންފްރަސްޓްރަކްޗާ ކުންފުންޏާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއުގެ އަގަކީ 1.197 ބިލިއަން ރުފިޔާ އެވެ. މިއީ، އައްޑޫގައި މިހާތަނަށް ހިންގާ މަގު ހެދުމުގެ އެންމެ ބޮޑު މަޝްރޫއެވެ.
އައްޑޫގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ހިތަދު އާއި މަރަދު އާއި މަރަދޫ ފޭދު އާއި ހުޅުދޫގެ އިތުރުން މީދޫގައި ފެން ހިންދާ ނިޒާމު ގާއިމްކުރާނެ އެވެ. އެ މަޝްރޫއުގައި މުޅި އައްޑޫ ސިޓީގައި 103 ކިލޯމީޓަރުގެ ސްޓޯމް ވޯޓާ ޑްރެއިނޭޖް ގާއިމްކުރުމަށް ހަމަޖައްސާފައިވެ އެވެ.
ރައީސް އޮފީހުން ބުނީ އެ މަޝްރޫއުގެ މަގު ހެދުމުގެ މަސައްކަތުގެ ދަށުން ހުރިހާ އަވަށްތަކެއްގައި 40 ކިލޯމީޓަރުގެ މަގު، ތާރު އަޅައިގެންނާއި ގާ އަޅައިގެން ތަރައްގީ ކުރާނެ ކަމަށެވެ.
އޭގެ އިތުރުން، ހަންކެޑަ ހިމެނޭ ސަރަހައްދުގައި މިހާރު ބޭނުންކުރާ ލިންކްރޯޑުގެ ހުޅަނގުން ހަންކެޑައަށް ނާރާގޮތަށް، ހިތަދޫ ގައުކެޑިއާ މަރަދޫ ގުޅާލުމަށްޓަކައި 1.4 ކިލޯ މީޓަރުގެ ހަތަރު ލޭނުގެ އާ ލިންކްރޯޑެއް ވެސް ހަދާނެ އެވެ.
އެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރު ވެސް ބައިވެރިވެވަޑައިގަތެވެ.
މަގު ހެދުމުގެ އިތުރުން، މަރަދު އާއި މަރަދޫފޭދޫގެ ބަނދަރު ވެސް ރަސްމީކޮށް ރައީސް މިއަދު ހުޅުއްވައިދެއްވި އެވެ.
ފަސްޓްލޭޑީ ފަޒްނާ، މަރަދޫ ސްކޫލްގެ އާ އިމާރާތް ހުޅުވައިދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
މަރަދޫގެ ބަނދަރު ހަދާފައި ވަނީ އެމްޓީސީސީންނެވެ. އެ މަޝްރޫއުގެ ދަށުން ބަނދަރު ފުންކޮށް ސޭންޑް-ފިލް ބްރޭކްވޯޓާ ހެދުމާއި 340 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 276 މީޓަރުގެ ކޮންކްރީޓް ބްލޮކް އެއްގަމު ތޮށި ޖެހުމާއި އެއްގަމު ތޮށްޓާއި އިންވެގެން ޕޭވްމަންޓް ހެދުން އަދި ބަނދަރު ސަރަހައްދުގެ ލައިޓް ހަރުކުރުން ހިމެނެ އެވެ.
މަރަދޫފޭދޫގެ ބަނދަރު ހަދަން ހަވާލުކުރީ ހެވީ ފޯސް ކުންފުންޏަށެވެ. އެ މަޝްރޫއުގެ ދަށުން ބަނދަރާއި ނެރު ފުންކުރުމާއި 243 މީޓަރުގެ ދިގު މިނުގައި ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި 260 މީޓަރުގެ ކޮންކްރީޓް އެއްގަމު ތޮށި ލުމާއި އެއްގަމު ތޮއްޓާއި އިންވެގެން ޕޭވްމަންޓް ހެދުމާއި ބަނދަރު ސަރަހައްދުގެ ލައިޓް ހަރުކޮށްފައިވެ އެވެ.
ރައީސްގެ އަނބިކަނބަލުން ފަސްޓްލޭޑީ ފަޒްނާ އަހުމަދު ވަނީ މަރަދޫ ސްކޫލްގައި ގާއިމްކުރި 12 ކްލާސްރޫމް ރަސްމީކޮށް ހުޅުވައިދެއްވައިފަ އެވެ.
އެ އިމާރާތް ހެދުމަށް ސަރުކާރުން 9.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެ ސްކޫލްގެ އިތުރު ތަރައްގީގެ މަޝްރޫއުތައް ވެސް މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ.
ރައީސް އާއި ނައިބު ރައީސް ފުވައްމުލަކަށް ވަޑައިގެންފި
ފަސްޓް ލޭޑީ ފަޒްނާ އާއި ސާޖިދާ ބައްދަލުކުރައްވައިފި
އައްޑޫގެ ތަރައްގީ ފާހަގަކުރަން މިރޭ ހަވާ އަރުވަނީ
އައްޑޫ ބިންހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ފަށައިފި
ރައީސް ފ. އަތޮޅަށް ވަޑައިގެންފި
އިނގިރޭސިވިލާތުގެ ދަތުރުފުޅަށް ފަހު ރައީސް ވަޑައިގެންފި
ނަޝީދުގެ ރައްދު ރައީސްގެ ފެކްޝަނަށާއި ނިޒާރަށް!
ފޭދޫގެ އެންމެ ބޮޑު އިންވެސްޓްމެންޓަކީ ސްކޫލު: ރައީސް
ޕްރެޒިޑެންޓްސް ބެޖު ފުރަތަމަ ފަހަރަށް ރަށަކަށް
ރައީސަށް އައްޑޫން ހޫނު މަރުހަބާއެއް