24 އޮކްޓޯބަރ 2021
ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ ޓޫރިޒަމް ދާއިރާގެ އެންމެ ބޮޑު ހަރަކާތް، ވޯލްޑް އެކްސްޕޯގެ "އެކްސްޕޯ 2020 ދުބާއީ" ގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަވީރު ދުބާއީ އަށް ފުރާވަޑައިގެންފި އެވެ.
ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ ޓޫރިޒަމް ދާއިރާގެ އެންމެ ބޮޑު ހަރަކާތް، ވޯލްޑް އެކްސްޕޯގެ "އެކްސްޕޯ 2020 ދުބާއީ" ގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަވީރު ދުބާއީ އަށް ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ މި ރަސްމީ ދަތުރުފުޅުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ބައެއް މިނިސްޓަރުންނާއި ރައީސް އޮފީހުގެ އިސްވެރިންނާއި ސަރުކާރުގެ ބައެއް އިސްވެރިން ވެސް ހިމެނޭ ގޮތަށް މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މި ދަތުރުފުޅުގައި ދުބާއީ އެކްސްޕޯގައި ރާއްޖޭގެ ގައުމީ ދުވަސް ފާހަގަކޮށް ރައީސް ވާހަކަފުޅުދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި ޔޫއޭއީގެ ސަރުކާރުން ދެއްވާ ފަރިއްކޮޅެއް ވެސް އޮންނާނެ އެވެ.
އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ކީނޯޓް ސްޕީކާއެއްގެ ހައިސިއްޔަތުން ވެސް ރައީސް ވާހަކަދައްކަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެއަށް ފަހު ކިއު އެންޑް އޭ ޕެނަލެއްގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ދުބާއީ އެކްސްޕޯ 2020 ކުރިއަށް ގެންދަނީ މި މަހުން ފެށިގެން އަންނަ އަހަރު މާޗު 2 ގެ ނިޔަލަށެވެ. މި އެކްސްޕޯ މެދުއިރުމަތީގެ ގައުމެއްގައި ބާއްވާ މިއީ ފުރަތަމަ ފަހަރެވެ. މި އެކްސްޕޯގައި 192 ގައުމަކުން ބައިވެރިވެ އެވެ.
މި އަހަރުގެ އެކްސްޕޯގެ ޝިއާރަކީ "ކަނެކެޓިން މައިންޑްސް، ކްރިއޭޓިން ދަ ފިއުޗާ" އެވެ. މި އެކްސްޕޯގެ އަމާޒަކީ އިންގިލާބީ އާ އީޖާދުތަކާއި ތަފާތު ހިޔާލުތައް، އެއްތަނަކުން ދައްކުވައިދީ، އެ ހިޔާލާއި ވިސްނުމުގެ ތެރެއިން، އިންސާނިއްޔަތަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަގުފަހި ކޮށްދިނުމެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އެކްސްޕޯގައި ރާއްޖޭގެ ޕެވީލިއަން އިން ދައްކުވައިދޭނީ ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތަކެވެ. އަދި ރާއްޖޭން ބޭނުންކޮށްފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމާއި ސިޔާސަތުތަކާއި ރާއްޖޭގެ ތާރީހާއި ސަގާފަތް ވެސް މުޅި ދުނިޔެ އަށް ފެންނާނެ ކަމަށް ބުންޏެވެ.
ދުބާއީ އަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ދެން ވަޑައިގަންނަވާނީ އަންނަ ބުދަ ދުވަހު ސްކޮޓްލެންޑްގެ ގްލާސްގޯގައި ބާއްވަން ހަމަޖެހިފައިވާ ކޮޕް26 ކޮންފަރެންސަށެވެ. އެ ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
ރައީސްގެ ދެކަނބަލުން ދުބާއީ އަށް
ފަސްޓް ލޭޑީ ފަޒްނާ އާއި ސާޖިދާ ބައްދަލުކުރައްވައިފި
ރައީސް ފ. އަތޮޅަށް ވަޑައިގެންފި
އިނގިރޭސިވިލާތުގެ ދަތުރުފުޅަށް ފަހު ރައީސް ވަޑައިގެންފި
ޕްރެޒިޑެންޓްސް ބެޖު ފުރަތަމަ ފަހަރަށް ރަށަކަށް
އައްޑޫ މަގުތަކުގެ ބިޔަ މަޝްރޫއު ފައްޓަވައިދެއްވައިފި
ރައީސް އާއި ނައިބު ރައީސް ފުވައްމުލަކަށް ވަޑައިގެންފި
ނުރަސްމީ ދަތުރެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް
ގޮންޖެހުންތަކާ ދެކޮޅަށް ބަހަށްވުރެ އަމަލު ގިނަވާންޖެހޭ
ރައީސް މިއަދު ކުޅުދުއްފުއްޓަށް، މާދަމާ ދުބާއީ އަށް