18 މެއި 2023
ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ ހުއްޓާނުލައި އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، އެ ހަނގުރާމަ ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ރަޝިޔާ އަށް ދަތިކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރުމަށް، ޖީ7ގެ ގައުމުތަކުން މާދަމާ ނިންމާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ ހުއްޓާނުލައި އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، އެ ހަނގުރާމަ ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ރަޝިޔާ އަށް ދަތިކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރުމަށް، ޖީ7ގެ ގައުމުތަކުން މާދަމާ ނިންމާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ ހަތް ގައުމު (ޖީ7)ގެ ވެރިން މާދަމާ ޖަޕާނުގެ ހީރޯޝީމާގައި ބައްދަލުކުރުމަށް ހަމަޖެހިފައިވާ އިރު، މެމްބަރު ގައުމުތަކުގެ މެދުގައި މިހާރު އެންމެ ބޮޑަށް ވާހަކަ ދެކެވުމުން އަންނަނީ، ރަޝިޔާއަށް ދަތިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާއާ މެދުގަ އެވެ. އެ ފިޔަވަޅުތަކުގެ ސަބަބުން، އެކަށީގެންވާ މިންވަރަކަށް ރަޝިޔާ އަށް ދަތިކަން ކުރިމަތިނުވާ ނަމަ، ދިގު މުއްދަތަކަށް ހަނގުރާމަ ދެމިގެންދާނެ ކަމަށް އެ ގައުމުތަކުން ދެކެ އެވެ.
ޖީ7ގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ، އިގްތިސާދީ ބޮޑު ބާރަކާ ދެކޮޅަށް މިހާތަނަށް އަޅާފައިވާ އެންމެ ހަރުކަށި ފިޔަވަޅުތަކެވެ. ނަމަވެސް ރަޝިޔާ އާއި އެހެން ބައެއް ގައުމުތަކާ ދެމެދު އޮންނަ ގާތް ގުޅުންތަކުގެ ސަބަބުން، ޖީ7ގެ ފިޔަވަޅުތަކުން އެންމެ އެދެވޭ ގޮތެއްގައި ނަތީޖާއެއް ހާސިލެއް ނުކުރެވެ އެވެ.
ޖީ7ގެ ގައުމުތަކުން އެންމެ ބޮޑަށް ބާރު އަޅަމުން ދަނީ، ރަޝިޔާގެ ގުދުރަތީ ގޭހާއި ތެލުގެ ބާވަތްތަކުގެ ވިޔަފާރީގައި އެހެން ގައުމުތަކުން ބައިވެރި ނުވުމަށެވެ. ނަމަވެސް އެ ދާއިރާއިން ރަޝިޔާއާ ގުޅުން ކަނޑާލައިފި ނަމަ، ތެލުގެ ބާވަތްތަކާއި ގޭސް ހޯދުން ދަތިވެ އަދި ޚަރަދުވެސް ބޮޑުވާނެތީ، ދުނިޔޭގެ ގިނަ ގައުމުތައް ޖީ7ގެ އެ ގޮވައިލުމަށް އިޖާބައެއް ނުދެ އެވެ.
އެ ޖަމާއަތުގެ މެމްބަރުން ކަމަށްވާ އެމެރިކާ، އިނގިރޭސި ވިލާތް، ކެނެޑާ، ޖަޕާން، ފަރަންސޭސި ވިލާތް، ޖަރުމަން ވިލާތް އަދި އިޓަލީ ވިލާތުން ވެސް، މާދަމާ އެއްބަސްވާނެ ކަމަށް، މީޑިއާތަކުން ބުނަނީ، މިހާރު އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުން އިތުރަށް ހަރުދަނާ ކުރުމަށެވެ. އަދި އެހެން ގައުމެއް މެދުވެރިކޮށްގެން ވިޔަސް ރަޝިޔާގެ ގޭހާއި ތެލުގެ ބާވަތްތައް ގަތުން ހުއްޓުވުމަށް އެ ޖަމާއަތުން މަސައްކަތް ކުރާނެ އެވެ.
މާދަމާގެ މަހާސިންތާ އަށް ތައްޔާރުވުމުގެ ގޮތުން، ޖީ7ގެ ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުގެ ވެރިންނާއި މާލީ ވަޒީރުން ވަނީ މިދިޔަ ހޮނިހިރު ދުވަހު ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ނިންމީ، ރަޝިޔާ އަށް ދަތިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފަށް ރަޝިޔާއާ އެކުގައި ވިޔަފާރީގެ މުއާމަލާތްތައް ކުރާ ގައުމުތަކާއި ކުންފުނިތަކަށް އެކަށީގެންވާ ގޮތެއްގައި ރައްދު ދިނުމަށެވެ.
އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ އިރު، އާބާދީ ބޮޑު ބައެއް ގައުމުތަކުން ރަޝިޔާއާ އެކުގައި ވިޔަފާރީގެ މުއާމަލާތްތައް ހިންގާތީ، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. ރަޝިޔާއާ އެކުގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ގައުމުތަކުގެ ތެރޭގައި ޗައިނާ އާއި އިންޑިއާ އަދި އޭޝިޔާގެ ބައެއް ގައުމުތައް ހިމެނެ އެވެ.
ފައިނޭންޝަލް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި ވިލާތުގެ އިއްތިހާދުގެ ޚާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެފް ބޮރެލް ވިދާޅުވީ ރަޝިޔާގެ ތެޔޮ އެތެރެކޮށްގެން އިންޑިއާ އިން ކުރަމުން އަންނަ ތެލުގެ ވިޔަފާރި މުއާމަލާތްތައް ޖީ7ގެ ފަރާތުން ހުއްޓުވަންޖެހޭ ކަމަށެވެ.
އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، 2022 ވަނަ އަހަރުގެ ތެރޭގައި ރަޝިޔާ އަށް އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް، ދުނިޔޭގެ މާލީ އަދި އިގްތިސާދީ އިދާރާތަކުން ލަފާކުރި އެވެ. ނަމަވެސް، ހީކުރި ގޮތާ ޚިލާފަށް، 2022 ވަނަ އަހަރު ވެސް ރަޝިޔާގެ އިގްތިސާދަށް މާ ބޮޑު ގެއްލުމެއް ނުލިބެ އެވެ.
ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށީ، ފެބްރުއަރީ 24، 2022 ގަ އެވެ.
ޖީ7ގެ އިތުރު ދަތިކުރުންތަކެއް ރަޝިޔާ އަށް
ތެޔޮ އުފެއްދުން މަދުކޮށްލާތީ، އަގުތައް މައްޗަށް
ޔޫރަޕަށް ގޭސް ފޮނުވާ ހޮޅި ރަޝިޔާ އިން ބަންދުކޮށްފި
މުޅި ދުނިޔޭގައިވެސް އިންފްލޭޝަން ދަނީ މައްޗަށް
ދޫދިނުމަށް ފަހު، ރަޝިޔާގެ ތެޔޮ ވިލާތުގައި މަނާކޮށްފި
ރަޝިޔާގެ ހަކަތައަށް ޔޫރަޕް ބަރޯސާވުން ހުއްޓެނީ
ރަޝިޔާގެ ތެޔޮ މަނާކުރުމާ ހަންގެރީ ދެކޮޅު
ޕުޓިން، އިގްތިސާދީ ހާއްސަ ފިޔަވަޅުތަކެއް އަޅުއްވައިފި
ރަޝިޔާގެ ތެޔޮ އެތެރެކުރުން ހުއްޓާލަނީ
ރަޝިޔާގައި ވިސާ އާއި މާސްޓާ ކާޑް މަނާކޮށްފި