09 މާޗް 2022
ރަޝިޔާ އިން ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށް ބާރު އެޅުމުގެ ގޮތުން، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިގްތިސާދީ ހާއްސަ ފިޔަވަޅުތަކެއް އިއްޔެ އިއުލާންކުރައްވައިފި އެވެ.
ރަޝިޔާ އިން ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށް ބާރު އެޅުމުގެ ގޮތުން، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިގްތިސާދީ ހާއްސަ ފިޔަވަޅުތަކެއް އިއްޔެ އިއުލާންކުރައްވައިފި އެވެ.
ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުން، ރަޝިޔާގެ އާންމު ރައްޔިތުންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެޅި އެއް ފިޔަވަޅަކީ، ރަޝިޔާ ސަރުކާރުން ރައްޔިތުންނަށް ދޭ ޕެންޝަން ފައިސާގެ މިންވަރު އިތުރު ކުރުމެވެ. ދެ ވަނަ ކަމަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އުފައްދައި ހިންގުމުގެ ގަވާއިދު މިހާރަށް ވުރެ ފަސޭހަކޮށް، އެފަދަ ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމެވެ.
ޕުޓިން މި ފިޔަވަޅުތައް އިއުލާން ކުރެއްވި އިރު، އެއް ގައުމުން އަނެއް ގައުމަށް ފައިސާގެ މުއާމަލާތްތައް ކުރުމުގައި މިހާރު އެންމެ ގިނަ ގައުމުތަކުން ބޭނުންކުރާ ބައިނަލްއަގުވާމީ ނިޒާމު، ސްވިފްޓް އިން ވަނީ ރަޝިޔާ ބޭރުކޮށްފަ އެވެ. އަދި ރަޝިޔާގައި އިންވެސްޓް ކުރުމާއި ރަޝިޔާގެ ވިޔަފާރިތައް އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގައި ހިންގުން ވެސް، އެ ގައުމުތަކުން ވަނީ މަނާކޮށްފަ އެވެ.
އޭގެ އިތުރުން، އިންޓަނެޓް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމުގައި މިހާރު މުޅި ދުނިޔެއަށް މަޝްހޫރުވެފައިވާ ވިސާ ކާޑާއި މާސްޓާ ކާޑް ވެސް، ރަޝިޔާގައި ބޭނުންނުކުރެވޭ ގޮތް، އެމެރިކާގެ އެ ދެ ކުންފުނިން ވަނީ ހަދައިފަ އެވެ. އޭގެ އިތުރުން ބައިނަލްއަގުވާމީ ބޮޑެތި ވިޔަފާރި ކުންފުނިތައް ވެސް އަންނަނީ ރަޝިޔާގައި ހިދުމަތްތައް މެދުކަނޑާލަމުންނެވެ.
އެ ގޮތުން ތެލާއި ގޭހުގެ ވިޔަފާރީގައި މަޝްހޫރު ދެ ކުންފުނި ކަމަށްވާ ޝެލް އާއި އެކްސޮންގެ އިތުރުން، މަތިންދާބޯޓު އުފައްދާ އެންމެ ބޮޑު ދެ ކުންފުނި ކަމަށްވާ އެއާބަސް އާއި ބޮއިން ކުންފުނިން މިހާރު ވަނީ ރަޝިޔާއާ އެކުގައި ވިޔަފާރީގެ މުއާމަލާތްތައް ކުރުން ހުއްޓާލައިފަ އެވެ. މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި އެޕަލް އާއި ފާސްޓް-ފުޑް ކުންފުނިތައް ކަމަށްވާ މެކްޑޮނަލްޑް އާއި ސްޓާބަކްސް އާއި ކޮކާ ކޯލާ ވެސް މިހާރު ވަނީ ރަޝިޔާގައި ހިދުމަތް ދިނުން ހުއްޓާލައިފަ އެވެ.
އޭގެ އިތުރުން ރަޝިޔާގައި އުފައްދާ ގޭހާއި ތެލާއި ބޯޓުދެލި، އެމެރިކާ އަށް އެތެރެ ކުރުމާއި އެމެރިކާގައި ވިއްކުން އިއްޔެ އިން ފެށިގެން، ރައީސް ޖޯ ބައިޑެން ވަނީ މަނާކުރައްވައިފަ އެވެ.
އިގްތިސާދީ ގޮތުން ލިބޭ ގެއްލުން ކުޑަކުރުމަށް، ހަނގުރާމައިގެ މިހާ ކުރީކޮޅު ރަޝިޔާގައި ފިޔަވަޅުތަކެއް އެޅުމުން އެނގެނީ، އެ ގައުމަށް ދަތިކުރުމަށް ހުޅަނގުގެ ގައުމުތަކުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ އަސަރު މިހާރު ވެސް ރަޝިޔާ އަށް ކުރަން ފަށާފައިވާ ކަމެވެ.
ރަޝިޔާގެ ތެޔޮ މަނާކުރުމާ ހަންގެރީ ދެކޮޅު
ރަޝިޔާގެ ތެލާއި ގޭސް އެމެރިކާގައި މަނާކޮށްފި
މުޅި ދުނިޔޭގައިވެސް އިންފްލޭޝަން ދަނީ މައްޗަށް
ޕުޓިންގެ އިންޒާރެއް، މިސައިލް ދޭ ނަމަ ހަމަލަދޭނެ
ޔޫކްރޭން ލައްވަ ރަޝިޔާއަށް ހަމަލާ ދޭން ނޭޓޯ ތައްޔާރުވި
ރަޝިޔާގެ ދަތިރުކުރުމުގެ ފިޔަވަޅުތައް ފުޅާކޮށްފި
ހަނގުރާމަ އަށް ވަދެފިއްޔާ ވިދުވަރެއްހެން ރައްދެއް ދޭނަން: ޕުޓިން
ތަމްރީންތައް ފުޅާކޮށްފިއްޔާ ބަދަލު ހިފާނަން: ރަޝިޔާ
ސުލްހައިގެ އުންމީދު އަދިވެސް އެބަ އޮތް: ޕުޓިން
ރަޝިޔާ ސިފައިން ނަސްރު ހޯދާނެ: ޕުޓިން