15 މެއި 2023
ރާއްޖެ އިން ސައުދީ އަރަބިއްޔާއާ އެކު 40 މިލިއަން ޑޮލަރު (614 މިލިއަން ރުފިޔާ)ގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ރާއްޖެ އިން ސައުދީ އަރަބިއްޔާއާ އެކު 40 މިލިއަން ޑޮލަރު (614 މިލިއަން ރުފިޔާ)ގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން މިރޭ ބުނީ، އެއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް "އެސްއެމްއީ އިމްޕެކްޓް ފަންޑު" ހެދުމަށް ސައުދީގެ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާ އެކު ހެދި އެއްބަސްވުމެއް ކަމަށެވެ.
އެ އެއްބަސްވުމުގައި ސޮއިކުރީ މިހާރު ސައުދީގައި ކުރިއަށް ގެންދާ އެ ބޭންކުގެ އަހަރީ ބައްދަލުވުމުގެ ތެރެއިންނެވެ. ދިވެހި ސަރުކާރުގެ ވަފުދެއް އެ ބައްދަލުވުމުގައި އަންނަނީ ބައިވެރިވަމުންނެވެ.
ސައުދީއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި ސައުދީގެ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ ރައީސް މުހައްމަދު އަލް ޖަސީރުއާއެކު ރާއްޖޭގެ ވަފުދު.-- ފޮޓޯ: ފިނޭންސް މިނިސްޓްރީ
ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ޗެއާމަން އަދި ރައީސް ޑރ. މުހައްމަދު އަލް ޖަސީރު އެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، ކޮވިޑް-19ގެ ހާލަތުން އަރައިގަނެ ރާއްޖޭގެ އިގުތިސާދު އަލުން ކޮޅަށް ޖެހުމަށް މި ސަރުކާރުން ކުރި މަސައްކަތްތަކަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ ރައީސް ވަރަށް ބޮޑަށް ތައުރީފު ކުރެއްވި އެވެ.
ސައުދީއާއެކު ބޮޑު އެއްބަސްވުމެއްގައި ސަރުކާރުން މި ސޮއިކުރީ އެ ގައުމާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށް އަޑު ފެތުރިފައި އޮތް ދަނޑިވަޅެއްގަ އެވެ.
އަހަރު ނިމޭއިރު 2019ގެ އިގްތިސާދީ ހާލަތަށް ދެވޭނެ
ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރަނީ!
ސިޔާސަތުތައް ބަދަލުކުރަނީ އަސަރު ކުޑަވާ ގޮތަށް: އަމީރު
ބަޖެޓް ފައިނޭންސްގެ 38 ޕަސެންޓް ހޯދައިފިން: އަމީރު
"ކޮވިޑް ނައި ނަމަ 20 ބިލިއަންގެ ދަރަނި ނުނަގާނެ"
ޓެކްސް ބޮޑުކުރުން: ޓެކްސް ފައިސާ އިން މިކުރަނީ ކީއް؟
މިދިޔަ ތިން އަހަރު ސަބްސިޑީއަށް 4.1 ބިލިއަން ރުފިޔާ
ދަރަނި އަދާކުރަން އެއްވެސް ދަތިކަމެއް ނެތް: އަމީރު
ރާއްޖެއަށް މާލީ އިދާރާތަކުގެ އިތުބާރު އެބައޮތް: އަމީރު
"އާމްދަނީ އިތުރުވިޔަސް ހަރަދުތަކަށް ވަނީ ވާންވެފައި"