Roadha Mihaaru
ހިރިލަންދޫ މާރާމާރީއާ ގުޅިގެން އެކަކު ބަންދަށް

ހިރިލަންދޫ މާރާމާރީގައި ހައްޔަރުކުރި އެކަކު 15 ދުވަހަށް ބަންދު

02 މެއި 2023

ތ. ހިރިލަންދޫގައި އިއްޔެ ހިންގި ގްރޫޕް މާރާމާރިއަކާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކުގެ ބަންދަށް ކޯޓުން 15 ދުވަސް ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ތ. ހިރިލަންދޫގައި އިއްޔެ ހިންގި ގްރޫޕް މާރާމާރިއަކާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކުގެ ބަންދަށް ކޯޓުން 15 ދުވަސް ދީފި އެވެ.

ފުލުހުން މިއަދު ބުނީ ހިރިލަންދޫގައި ހިނގި މާރާމާރިއާ ގުޅިގެންނާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ރަށުގެ އަމަންއަމާންކަން ނަގާލުމުގެ ތުހުމަތުގައި 36 އަހަރުގެ މީހަކާއި 32 އަހަރު މީހަކު ހައްޔަރުކުރި ކަމަށެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ތ. ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން 32 އަހަރުގެ މީހާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ 36 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ދީފައިވާ ކަމަށެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ މާރާމާރި ހިނގީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލައެއްގެ ތެރެއިންނެވެ. ހަތަރު މީހުންގެ ގްރޫޕަކުން ހަމަލާދިނީ އެ ރަށުގައި ފުޅާދާއިރާއެއްގައި އެކަންކަން ކުރާ ކަމަށް ތުހުމަތުވާ ބަޔަކަށެވެ. ފުލުހުން އެ މީހުން ނުހުއްޓުވާ ކަމަށް ބުނެ އާންމުން ނުކުތީ އެވެ.

އެ މާރާމާރީގައި 49 އަހަރުގެ މީހަކަށާއި 43 އަހަރުގެ މީހަކަށް އަނިޔާވެ، ފަރުވާދިނުމަށް އެ އަތޮޅު ވޭމަންޑޫ ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.

މާރާމާރި ހިނގި ސަރަހައްދަށް ރަށުގެ ގިނަ ބަޔަކު އެއްވެ، ހަމަނުޖެހުން ބޮޑުވުމުން، މީހުން ކޮންޓްރޯލްކުރަން ފުލުހުން ޕެޕާ ސްޕްރޭ ވެސް ބޭނުންކުރި އެވެ.

އެ މާރާމާރިއާ ގުޅިގެން ހިރިލަންދޫ ކައުންސިލްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.