Roadha Mihaaru
ފުލުހުން ހޯދާ މީހާ ފިލައިގެން އުޅޭތާ މަހެއް!

މާރާމާރިއަކާ ގުޅިގެން ހޯދާ މީހާ ފިލައިގެން އުޅޭތާ މަހެއް!

16 މާޗް 2023

ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހޯދަން އިއުލާނުކުރި މީހާ، މަސް ދުވަސް ވީއިރު ވެސް އަދި ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހޯދަން އިއުލާނުކުރި މީހާ، މަސް ދުވަސް ވީއިރު ވެސް އަދި ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން މިދިޔަ މަހު 15 ގައި ހޯދަން އިއުލާންކުރި ސ. މަރަދޫފޭދޫ، ރަށްދެބައިގެ އިބްރާހިމް ފައިހް ނިޒާމް، 25، އެވެ.

އެ މީހާ ހޯދަމުން އަންނަނީ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުން އަންނަ މައްސައަކާ ގުޅިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ، އެ ޑިޕާޓްމަންޓުގެ ނަންބަރު 9911099 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުމަށް ފުލުހުން އެދުނެވެ.

މިފަހުން މާލޭގައި ގޭންގު މާރާމާރީތައް އަނެއްކާވެސް ވަނީ ގިނަވެފަ އެވެ. އެ މާރާމާރީތަކުގައި އެކަކު މަރާލާފައި ވާއިރު ތަންތަނާއި ތަކެއްޗެއް ގެއްލުން ވެސް ވަނީ ދީފަ އެވެ.

މާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގި ނުރައްކާތެރި މާރާމާރީތަކާއި ވިޔަފާރިތަކަށް ގެއްލުން ދިނުން ގުޅިފައި ވަނީ ހަތަރު ގޭންގަކާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވިދާޅުވި އެވެ.