Roadha Mihaaru
ވިލާ ގޭހުގެ ހަތަރު ފުޅިން ވިޔަފާރިވެރިއަކަށް!

ވިލާ ގޭހުގެ ހަތަރު ފުޅިން ވިޔަފާރިވެރިއަކަށް!

25 އެޕްރީލް 2023

ހއ. މުރައިދޫ، މުހައްމަދު ހާލިދު ރީޓެއިލް ވިޔަފާރި ފެށީ ވިލާ ގޭހުގެ އެންމެ ހަތަރު ފުޅިންނެވެ. އެ މަސައްކަތް ފެށީ މާ ބޮޑު ވިޔަފާރިވެރިއަކަށް ވުމުގެ ވިސްނުމަކު ނޫނެވެ. އެކަމަކު، އެ ވިޔަފާރި ފުޅާވެ، މިހާރު އޭނާއަކީ ރަށުގައި އެންމެ ފުޅާކޮށް ރީޓެއިލް ވިޔަފާރި ވެސް ކުރަމުން އަންނަ އެކަކެވެ. އެ ރަށުގެ އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާ އެވެ.

މުހައްމަދު ހާލިދު ބުނި ގޮތުގައި، އޭނާ ރަށުގައި ވިލާ ގޭހުގެ ވިޔަފާރި ފެށީ މީގެ 19 ވަރަކަށް އަހަރު ކުރިންނެވެ. އެ ވިޔަފާރި ފަށަން ފުރަތަމަ ރަށަށް ގެންދިޔައީ ވެސް އެންމެ ހަތަރު ގޭސްފުޅި އެވެ.

ހއ. މުރައިދޫ، މުހައްމަދު ހާލިދު ގޭސްފުޅިއަކާއި އުނދުނެއް ހިފައިގެން ގެއަކަށް ވަންނަނީ.-- ފޮޓޯ: ވިލާ

ހއ. މުރައިދޫ، މުހައްމަދު ހާލިދު ގޭސްފުޅިއަކާއި އުނދުނެއް ހިފައިގެން ގެއަކަށް ވަންނަނީ.-- ފޮޓޯ: ވިލާ

"ހަތަރު ފުޅި ގޭސް ފުރަތަމަ މުރައިދޫއަށް ގެނެސް، ދެން އަޅުގަނޑު ބެލީ މީތި ރަށު ތެރެއަށް ވަރަށް ބޮޑަށް ވައިރަލްކޮށްގެން މިކަން ކުރެވޭތޯ. ރަށު ރައްޔިތުން ކުރިން އޭރު އުޅުނީ ވަރަށް އުނދަގުލުގައި ދަރުން ކައްކައިގެން، ނޫނީ ސާފުތެޔޮ އަޅާ އުނދުނަކުން ކައްކައިގެން،" އޭނާ ބުންޏެވެ.

ގޭގެއަށް ގޭސްފުޅި ތައާރަފުކޮށް، އޭގެ ފަސޭހަކަން އެންމެނަށް ފެންނަން ފެށުމުން ޑިމާންޑް މަތިވި އެވެ.

ހަތަރު ގޭސްފުޅިން ފެށި ވިޔަފާރި ފުޅާވެ، މިހާރު ހަފުތާއަކު 50 އެއްހާ ފުޅި ރަށަށް ގެންދަން ޖެހެ އެވެ.

ހއ. މުރައިދޫގެ އަތިރިމަތީގައި ވިލާ ގޭސްފުޅިތަކެއް.-- ފޮޓޯ: ވިލާ

ހއ. މުރައިދޫގެ އަތިރިމަތީގައި ވިލާ ގޭސްފުޅިތަކެއް.-- ފޮޓޯ: ވިލާ

އެކަމަށް ލިބުނު ތަރުހީބު ބޮޑުވުމުން އޭނާ ރީޓެއިލް ވިޔަފާރިގެ ތެރެއަށް ބޮޑަށް ވަދެ، ރަށުގައި ފިހާރައެއް ހުޅުވި އެވެ. ކާބޯތަކެއްޗާއި ހާޑްވެއާ ސާމާނާއި އަދިވެސް ރަށުގައި ބޭނުންވާ އެންމެ ޒަރޫރީ ތަކެތި އޭނާގެ ފިހަރާއިން މިހާރު ވިއްކަ އެވެ.

"އަޅުގަނޑު ފުރަތަމަ ގޭސްފުޅިތައް ގެނައިރުގައި ރަށުގައި ބަނދަރެއް ވެސް ނޯވޭ. އަރުވައި ބާލަން ޖެހެނީ ފުދޭވަރަކަށް އުނދަގުލުން. އަތް ގާޑިއަލަކުން ގޭސްފުޅިތައް ބަނދަރެއް ނެރެ، ދެން އަނެއްކާ ބޮއްކުރައެއް ހޯދައި، އެއަށް އަރުވައިގެން ބޯޓަށް އަރުވަނީ،" އޭރު އުޅެން ޖެހުނު ހާލު އޭނާ ކިޔައިދިނެވެ.

"ގަދަ ދުވަސްތަކުގައި ވާގަނޑެއްގައި އައްސައިގެން ވެސް ގޭސްފުޅި ބާލަން ޖެހުނު،

ހއ. މުރައިދޫގައި ވިލާ ގޭހުގެ ރީޓެއިލް ވިޔަފާރިކުރާ މުހައްމަދު ހާލިދު ގޭސްފުޅިއެއް ހިފައިގެން ދަނީ.-- ފޮޓޯ: ވިލާ

ހއ. މުރައިދޫގައި ވިލާ ގޭހުގެ ރީޓެއިލް ވިޔަފާރިކުރާ މުހައްމަދު ހާލިދު ގޭސްފުޅިއެއް ހިފައިގެން ދަނީ.-- ފޮޓޯ: ވިލާ

"އަޅުގަނޑަށް ވިލާ ގޭސްގެ [ވިޔަފާރި] ގައި އެހާ ކުރިއަށް މި ދެވުނު އެއް ސަބަބަކީ ވިލާ ގޭހުގައި އިސްކޮށް ތިބޭ ފަރާތްތަކާ އެކު ވަރަށް ފަސޭހަ ވިޔަފާރިކުރަން. ގޭސް ބިލު ހެދުމާއި ގޭސް ބިލު ފޮނުވުމާއި ފައިސާ ދެއްކުމާ މި ކަހަލަ ހުރިހާ ކަމެއް ވެސް ވަރަށް ފަސޭހަ."

އޭނާ ބުނީ ކުރިއާ ބަލައިފައި މިހާރު ރަށުގައި ގޭހުގެ ވިޔަފާރިކުރަން ވަރަށް ބޮޑަށް ފަސޭހަ ކަމަށެވެ. އަދި މިހާރު ލުއިފުޅި ތައާރަފުކުރުމުން، ގޭސްފުޅި އުފުލުމުގައި ދިމާވާ އުނދަގޫތައް ވެސް ވަރަށް ބޮޑަށް ލުއިވެފައިވާ ކަމަށް އޭނާ ބުންޏެވެ.