12 ޖެނުއަރީ 2023
ޒުވާން މަސްވެރިޔާގެ ނަމުން މަޝްހޫރު ހަސަން ސާޖިން، ރާއްޖޭގެ ހުރިހާ ރަށްތަކަށް ކުރާ ދަތުރުގެ ސްޕޮންސަރުންނާއި ޕާޓްނަރުންނާ އެކު ސޮއިކޮށްފި އެވެ.
ޒުވާން މަސްވެރިޔާގެ ނަމުން މަޝްހޫރު ހަސަން ސާޖިން، ރާއްޖޭގެ ހުރިހާ ރަށްތަކަށް ކުރާ ދަތުރުގެ ސްޕޮންސަރުންނާއި ޕާޓްނަރުންނާ އެކު ސޮއިކޮށްފި އެވެ.
"ސާޖިންއާ އެކު އުތުރުން ދެކުނަށް" ކުރާ ދަތުރުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އޭނާ ދާނެ އެވެ. ރަށްރަށުގެ މަސްވެރިންނާ އެކު މަހަށް ގޮސް، ދަނޑުވެރިންނާ އެކު ދަނޑަށް ވެސް ދާނެ އެވެ. އެއިން ކޮންމެ ރަށެއްގެ ދިރިއުޅުން ކެމެރާ އަށް ނަގައި ސޯޝަލް މީޑިއާގައި ހިއްސާ ކުރާނެ އެވެ.
މި ދަތުރުގެ މެއިން ސްޕޮންސަރަކީ ވިލާ ކުންފުންޏެވެ. ޕާޓްނަރުންނަކީ އެސްޑީއެފްސީ، ނޫރާއްޖެ، އެލައިޑް އަދި ވިޒިޓް މޯލްޑިވްސް އެވެ. މީޑިއާ ޕާޓްނަރަކީ "މިހާރު" އެވެ.
ސާޖިން ބުނީ މި ދަތުރުތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ އިތުރުން ޓޫރިޒަމް ވެސް ވަރަށް ބޮޑަށް ބޭރު ދުނިޔޭގައި ޕްރޮމޯޓް ވާނެ ކަމަށެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ސާޖިން ކުރާ ދަތުރުތައް ކުރުމަށް ސްޕޮންސަރުންނާއި ޕާޓްނަރުންނާ އެކު ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އޭނާ ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ \ މިހާރު
"މި ދަތުރު ކުރަން އެންމެ ބޭނުންވީ ރާއްޖޭގެ ކޮންމެ ރަށަކީ ވެސް ތަފާތު ރަށެއްކަން ރާއްޖެ އާއި ބޭރުގެ މީހުންނަށް ދައްކުވައިދޭން ސޯޝަލް މީޑިއާ މެދުވެރިކޮށް. ދުނިޔޭގެ އެންމެނަށް ދިވެހިރާއްޖެ ދައްކަން ބޭނުންވަނީ،" ސާޖިން ބުންޏެވެ.
މި ދަތުރުތައް މިދިޔަ 2021 ވަނަ އަހަރު ފެށުމަށް ނިންމި ނަމަވެސް އެކި ކަންކަމާހުރެ ލަސްވެގެން ދިޔަ ކަން އޭނާ ފާހަގަ ކުރި އެވެ.
"އެންމެ ފުރަތަމަ ސްޕޮންސަރުން ހޯދަން އުޅެ ލަސްވި ލަސްވުން، ދެން ރައްޓެއްސެއްގެ ބައްޕަގެ ސަފާރީއެއް ތިލަކުރަން އުޅެނިކޮށް ފައި ބިންދައިގެން ގޮސްގެން. އެކަމަށް ވެސް އެހާ ދުވަސް ނެގި."
ގިނަ ގޮންޖެހުނަތަކާ އެކު ވެސް، 2018 ވަނަ އަހަރުން ފެށިގެން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވުމުން އޭނާ ވަނީ ސްޕޮންސަރުންނާއި ޕާޓްނަރުންނަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.
"އުތުރުން ދެކުނަށް" ފެށި ދަތުރުގައި ހއ. ނިންމައިފި
ވިލާ ގޭހުގެ ހަތަރު ފުޅިން ވިޔަފާރިވެރިއަކަށް!
ސާޖިން މަތީރަށްފުޅުގައި
ސާޖިންގެ ދަތުރު މި ރޯދަމަހު ވެސް ކުރިއަށް!
އުތީމުގައި އަދިވެސް 20 އަހަރު ކުރީގެ މަސްވެރިކަން
ސާޖިންގެ ދަތުރަށް މަހެއް؛ އުތުރުން ބޮޑު ތަރުހީބެއް
އިހަވަންދޫން ތަފާތު ރަހައެއް: ހިކިމަސް ޗިޕްސް
މަސް ކެއްކުމުގައި 45 އަހަރު؛ މިހާރު ނާއުންމީދުގައި
އުތުރުގެ ތިން ރަށުގައި މަސްވެރިކަމެއް ނެތް
މި ފެށީ ބޮޑު ދަތުރެއް، އޮތީ ޝައުގުވެރި ވާހަކަތަކެއް