18 އެޕްރީލް 2023
މި އަހަރުގެ ރަމަޟާން މަހުގެ 27 ވިލޭރޭ (އެޕްރީލް 17 ވަނަ ދުވަހުގެ ރޭ) މައްކާގެ ހަރަމްފުޅުގައި ކުރި އަޅުކަމުގައި، ދުނިޔޭގެ އެކި ގައުމުތަކުން މިލިއަނަކަށް ވުރެ ގިނަ މުސްލިމުން ބައިވެރިވެއްޖެ އެވެ.
މި އަހަރުގެ ރަމަޟާން މަހުގެ 27 ވިލޭރޭ (އެޕްރީލް 17 ވަނަ ދުވަހުގެ ރޭ) މައްކާގެ ހަރަމްފުޅުގައި ކުރި އަޅުކަމުގައި، ދުނިޔޭގެ އެކި ގައުމުތަކުން މިލިއަނަކަށް ވުރެ ގިނަ މުސްލިމުން ބައިވެރިވެއްޖެ އެވެ.
ސައޫދީ ސަރުކާރުން ބުނިގޮތުގައި މި ރޯދަ މަހުގެ ފަހު ދިހައިގައި އުމްރާ ވުމަށް މައްކާ އަށް ގޮސް ތިބި މީހުންގެ އަދަދު މިހާރު ވަނީ އެއް މިލިއަނަށް ވުރެ އިތުރުވެފަ އެވެ. ރޯދަ މަހުގެ ފަހު ދިހައިގެ ކޮންމެ ރެއަކު ވެސް މައްކާގެ ހަރަމްފުޅަށް އެތައް ލައްކަ ބަޔަކު އެއްވެ، ޖަމާއަތުގައި ނަމާދުކުރުމާއި ތަރާވީހް ނަމާދު ކުރުމުގައި ބައިވެރިވެ އެވެ.
ޖަމާއަތުގައި ފަރުޟު ނަމާދު ކުރާ ވަގުތު ފިޔަވައި އެހެން ހުރިހާ ވަގުތެއްގައި، ގެފުޅާއި މަސްޖިދުލް ޙަރާމްއާ ދެމެދު އޮންނަ މަޠާފް (ޠަވާފް ކުރާ ސަރަހައްދު) ހާއްސަ ކޮށްފައި އޮންނަނީ އުމްރާގެ އަޅުކަމުގައި ބައިވެރިވާ މީހުން ޠަވާފް ކުރުމަށެވެ. އެހެންކަމުން، ޠަވާފްކުރާ ސަރަހައްދު ފިޔަވައި ހަރަމްފުޅުގެ އެހެން ހުރިހާ ސަރަހައްދެއްގައި، ތަރާވީހްގެ ޖަމާއަތާއި ދަމު ނަމާދުގެ ޖަމާއަތް ވެސް ކުރިއަށް ދެ އެވެ.
ރޭ މައްކާގެ ހަރަމްފުޅުގައި ކުރި ތަރާވީހް ނަމާދުގައި ބައިވެރިވި މީހުންގެ ސަފުތައް، މައްކާގެ ހަރަމްފުޅު ސަރަހައްދުން ބޭރަށް އެތައް ސަތޭކަ މީޓަރަކަށް ދެމިގެން ގޮސްފައި އޮތެވެ. އަޅުކަން ކުރުމަށް ހަރަމްފުޅަށް އަންނަ މީހުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން، ހަރަމްފުޅު ސަރަހައްދުގެ ވަށައިގެން އޮންނަ މަގުތައް މިހާރު ވަނީ، އާންމު އުޅަނދުތަކަށް ބަންދުކޮށްފަ އެވެ.
ސައޫދީ ސަރުކާރުން ބުނި ގޮތުގައި މަދީނާގެ ހަރަމްފުޅުގައި ރޭ ކުރި ތަރާވީހް ނަމާދުގައި ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ. މަދީނާގެ ހަރަމްފުޅުގެ ވަށައިގެންވާ މަގުތަކުގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ނަމާދަށް ސަފު ހަދާފައި އޮތުމުން، އެ ސަރަހައްދުގެ މަގުތައް ވަނީ އާންމު ދަތުރުފަތުރަށް ބަންދުކޮށްފަ އެވެ.
މައްކާގެ ހަރަމްފުޅާއި މަދީނާގެ ހަރަމްފުޅު ބޮޑުކުރުމަށް މިހާރު ފަށާފައިވާ މަޝްރޫއުގެ ތެރެއިން، މިހާތަނަށް ނިމިފައި ހުރި ބައިތައް، މި ރޯދަ މަހަށް ހުޅުވާލާފައިވާތީ، އެ ދެ ހަރަމްފުޅަށް ޒިޔާރަތްކުރާ މީހުންނަށް ވަރަށް ފަސޭހައިން އަޅުކަމުގެ ކަންތައް ފުރިހަމަ ކުރެވެ އެވެ. މައްކާގެ ހަރަމްފުޅުގައި ހިމެނޭ މަޠާފް (ޠަވާފްކުރާ ސަރަހައްދު) ހަމައެކަނި އުމްރާވެރިންނަށް ޚާއްސަ ކޮށްފައި އޮތުމުން، އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް ހޭދަވާ ވަގުތު މިހާރު ވަނީ ކުރިއަށް ވުރެ ވަރަށް ކުޑަވެ، އަދި ފަސޭހަ ވެފަ އެވެ.
ދެ ހަރަމްފުޅުގެ ކަންތައް ބަލަހައްޓާ އިދާރާ އިން ބުނިގޮތުގައި އުމްރާގައި ބައިވެރި ނުވެ އެހެން އަޅުކަންތަކުގައި ތިބޭ މީހުންނަށް ހަރަމްފުޅުގެ އެހެން ސަރަހައްދުތަކުން ޖާގަ ތަނަވަސްވެފައި ވުމުން، ތަވާފް ކުރާ ސަރަހައްދާއި ސައުޔު ކުރާ ސަރަހައްދު މިހާރު އޮންނާނީ އުމްރާވެރިންނަށް ހުސްވެފަ އެވެ. އެހެންކަމުން، ގިނަވެގެން 104 މިނެޓް ތެރޭގައި އުމްރާގެ އަޅުކަން ފުރިހަމަ ކުރެވޭނެ ކަމަށް އެ އިދާރާ އިން ބުންޏެވެ.
މައްކާގެ ހަރަމްފުޅުގައި މި ރޯދަ މަހުގެ ތެރޭގައި ނަމާދުކޮށް ގުރުއާން ކިޔަވަން ބޭނުންވާ މީހުންނަށް ތިބެވޭނީ، މަޠާފް އާއި މަސްޢާ (ޞަފާ އާއި މަރްވާއާ ދެމެދު ހިނގާ ސަރަހައްދު) ފިޔަވައި އެހެން ސަރަހައްދުތަކުގަ އެވެ. މަޠާފް އާއި މަސްޢާ ޚާއްސަ ކޮށްފައިވަނީ އުމްރާވެރިންނަށެވެ.
ދެ ޙަރަމްގައި ގައުމުތަކުގެ 1.3 މިލިއަން އަޅުވެރިން
ދެ ހަރަމްފުޅުގެ ކަންކަމަށް އާ އިދާރާއެއް އުފައްދައިފި
ރޭގެ ތަރާވީހުގައި 2.5 މިލިއަން މީހުން ބައިވެރިވި
އުމްރާއަކަށް މިހާރު ހޭދަވާނީ 104 މިނެޓް
މަހްރަމަކު ނުލައި ހައްޖާއި އުމްރާ ވެވޭނެ ގޮތް ހަދައިފި
ހަތާވީސް ވިލޭރޭ ދެ ހަރަމްފުޅު ފުރާލައިފި
ރާކީ އުމްރާގެ އަޅުކަމަށް ސައުދީގައި
މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ މީހުން ހައްޖަށް
އުމްރާ ހުއްދަ ދޫކުރުން މެދުކަނޑާލަނީ
ފުރަތަމަ 10ގައި މަދީނާ ހަރަމަށް 10.3 މިލިއަން