28 އޯގަސްޓް 2023
ބޮލީވުޑްގެ މަޝްހޫރު ނެށުންތެރިޔާ ރާކީ ސާވަންތު އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަށް ހިނގައްޖެ އެވެ.
ބޮލީވުޑްގެ މަޝްހޫރު ނެށުންތެރިޔާ ރާކީ ސާވަންތު އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަށް ހިނގައްޖެ އެވެ.
ރާކީ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ދަތުރުގެ ބައެއް މަންޒަރުތައް ހިއްސާކޮށްފަ އެވެ.
"ފުރަތަމަ ފަހަރަށް އުމްރާ އަށް ދެވުމަކީ އަހަރެންގެ ހެޔޮ ނަސީބު ކަމުގައި ދެކެން. އަހަންނަށް ކުރެވެނީ ވަރަށް ފުން، އުފާވެރި އިހުސާސެއް. އެންމެން އަހަންނަށް ދުއާ ކޮށްދޭތީ. އަހަރެން ވެސް އެންމެންނަށް ދުއާ ކޮށްދޭނަން،" ރާކީގެ ވީޑިއޯއެއްގައި އޭނާ ބުންޏެވެ.
ރާކީ މިހާރު ހުރީ މަދީނާގަ އެވެ. އެތަނުން ރާކީ ފެނިގެން ބައެއް މީހުން ވަނީ ވީޑިއޯ ނަގައި ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އަދި ބައެއް މީހުން އޭނާއާ އެކު ވެސް ފޮޓޯ ނަގައިފައި އެބަހުއްޓެވެ.
ނަސާރާ ދީން ދޫކޮށްލައި ރާކީ އިސްލާމްވިކަން އޭނާ އިއުލާންކުރީ މިދިޔަ އަހަރުގެ މެއި މަހު އެވެ. ރާކީ އިސްލާމް ވީ، އޭނާގެ ކުރީގެ ފިރިމީހާ އާދިލް ހާންއާ ކައިވެނިކުރުމުގެ ކުރިންނެވެ.
އާދިލް އާއި ރާކީ ވަރިވީ މި އަހަރު މާޗުގަ އެވެ. އެ މީހުން ވަރިވި އިރު، ރާކީ ބުނި ގޮތުގައި، އާދިލް ވަނީ އޭނާއަށް އަނިޔާކޮށް ފައިސާ ވެސް ފޭރިފަ އެވެ. ނަމަވެސް، އާދިލް އެ ތުހުމަތުތައް ދޮގުކުރެ އެވެ.
27 ވިލޭރޭ މިލިއަނަކަށް ވުރެ ގިނަ މީހުން ގެފުޅަށް
ދެ ޙަރަމްގައި ގައުމުތަކުގެ 1.3 މިލިއަން އަޅުވެރިން
ފިރިމީހާއާ އެކު ގޯހަރް އުމްރާ އަށް
އެކްޓަރު އަލީ އުމްރާގައި
ސަނާގެ ދެމަފިރިން އުމްރާގެ އަޅުކަމުގައި
އުމްރާ އަށް ދިޔަ ބަޔަކަށް އަޅާނުލި މައްސަލައެއް!
މަޝްއަރުގެ ހަވާލުގައި ދިޔަ މީހުން މައްކާގައި ތާށިވެއްޖެ
ދެ ހަރަމްފުޅުގެ ކަންކަމަށް އާ އިދާރާއެއް އުފައްދައިފި
އުމްރާ ހުއްދަ ދޫކުރުން މެދުކަނޑާލަނީ
ރަމަޟާން 17 ވިލޭރޭ ހަރަމްފުޅަށް 1 މިލިއަން މީހުން