Roadha Mihaaru

ހަތާވީސް ވިލޭރޭ ދެ ހަރަމްފުޅަށް ތިން މިލިއަނަށްވުރެ ގިނަ މީހުން ޖަމާވި

ރަމަޟާން މަހުގެ 27 ވިލޭރޭ، މައްކާގެ ކައުބަތުﷲ ގެފުޅާއި މަދީނާގައި ހުންނަ ކީރިތި ރަސޫލާގެ މިސްކިތުގައި އިޝާ ނަމާދާއި ތަރާވީހް އަދި ދަމުނަމާދަށް ތިން މިލިއަނަށްވުރެ ގިނަ މީހުން ޖަމާވެއްޖެ އެވެ.

ހަތާވީސް ވިލޭރޭ ދެ ހަރަމްފުޅުގައި ތިން މިލިއަން މީހުން

ރަމަޟާން މަހުގެ 27 ވިލޭރޭ، މައްކާގެ ކައުބަތުﷲ ގެފުޅާއި މަދީނާގައި ހުންނަ ކީރިތި ރަސޫލާގެ މިސްކިތުގައި އިޝާ ނަމާދާއި ތަރާވީހް އަދި ދަމުނަމާދަށް ތިން މިލިއަނަށްވުރެ ގިނަ މީހުން ޖަމާވެއްޖެ އެވެ.

އެއްހާސް މައްސަރުގެ އަޅުކަމުގެ ދަރުމަ ލައްވަވާފައިވާ ލައިލަތުލްގަދްރި ވިލޭރޭ ކަމަށް އެންމެ ބޮޑަށް ބެލެވޭ 27 ވިލޭރެ އަކީ ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު ދެ ހަރްމަފުޅަށް ބާރުބޮޑު ރެއެކެވެ.

ސައޫދީ ގެޒެޓްގައި ބުނެފައިވާ ގޮތުގައި ދެ ހަރަމްފުޅުގައި ނަމާދުކުރުމަށް ހާއްސަކޮށްފައިވާ ހުރިހާ ތަނެއް ފުރި ހަރަމްފުޅުގެ ބޭރު މަގުތައް ވެސް އޮތީ ރޭ ތޮއްޖެހިފަ އެވެ.

ރަމަޟާން މަހުގެ 27 ވިލޭރޭ މައްކާގެ ހަރަމްފުޅުގައި އަޅުކަން ކުރުމަށް އެތައް މިލިއަން ބަޔަކު ޖަމާވެ ހަރަމްފުޅާއި އެ ސަރަހައްދުގެ މަގުތައް ވެސް ފުރިފައި. -- ފޮޓޯ: ހަރަމައިން

އިޝާ ނަމާދާއި ތަރާވީހަށް ފަހު ދަމުނަމާދު ނިންމާލީ ދެ ހަރަމްފުޅުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާތަކާ ހަވާލުވެފައިވާ އިދާރާގެ ވެރިޔާ ޝައިޚް އަބްދުއްރަހްމާން އަލްސުދައިސް އިސްވެ ހުންނަވައިގެން ކުރެއްވި ހާއްސަ ދުއާއަކުންނެވެ.

ރަމަޟާން މަހުގެ 27 ވިލޭރޭ މައްކާގެ ހަރަމްފުޅުގައި އަޅުކަން ކުރުމަށް އެތައް މިލިއަން ބަޔަކު ޖަމާވެ ހަރަމްފުޅާއި އެ ސަރަހައްދުގެ މަގުތައް ވެސް ފުރިފައި. -- ފޮޓޯ: ހަރަމައިން

ރަމަޟާން މަހުގެ 27 ވިލޭރޭ މައްކާގެ ހަރަމްފުޅުގައި އަޅުކަން ކުރުމަށް އެތައް މިލިއަން ބަޔަކު ޖަމާވެ ހަރަމްފުޅާއި އެ ސަރަހައްދުގެ މަގުތައް ވެސް ފުރިފައި. -- ފޮޓޯ: ހަރަމައިން

ހެނދުނުން ފެށިގެން އުމްރާވެރިންނާއި ނަމާދުކުރާ މީހުން ހަރަމްފުޅަށް ޖަމާވަމުން ދިޔަ އެވެ. މިސްކިތުގެ ކޮރިޑޯތަކާއި ފަންގިފިލާތަކާއި ޓެރަސްތަކާއި ގޯތިތެރެތަކާއި ބޭސްމަންޓްތަކާއި ހަރަމްފުޅަށް އެންމެ ފަހުން އިތުރުކުރި ބައިތައް ވެސް އިރު އޮއްސުނު އިރު ވަނީ ފުރިފަ އެވެ. މަދީނާގައި، ރަސޫލާގެ މިސްކިތަށް ފަތިހުން ފެށިގެން މީހުން ޖަމާވާން ފެށި އެވެ.

ދެ ހަރަމްފުޅަށް އަޅުކަމަށްދާ މީހުންނަށް ބޭނުންވާ ކަންކަން އިންތިޒާމްކުރުމަށް މިފަހަރު ވެސް އިންތިޒާމްތައް އިތުރަށް ފުރިހަމަކޮށް، މުވައްޒަފުން އިތުރުކޮށްފައިވެ އެވެ.