09 އޯގަސްޓް 2023
ރިޔާދް (އޯގަސްޓް 9) - ސައޫދީ އަރަބިއްޔާގެ މައްކާގައި ހުންނަ މަސްޖިދުލް ޙަރާމް އާއި މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީގެ އެންމެހައި ކަންކަން ރާވައި ހިންގައި ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް، ސައޫދީ ސަރުކާރުން ޚާއްސަ އިދާރާއެއް އިއްޔެ އުފައްދައިފި އެވެ.
ރިޔާދް (އޯގަސްޓް 9) - ސައޫދީ އަރަބިއްޔާގެ މައްކާގައި ހުންނަ މަސްޖިދުލް ޙަރާމް އާއި މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީގެ އެންމެހައި ކަންކަން ރާވައި ހިންގައި ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް، ސައޫދީ ސަރުކާރުން ޚާއްސަ އިދާރާއެއް އިއްޔެ އުފައްދައިފި އެވެ.
"ރިއާސަތިއް ޝުއޫނިއް ދީނިއްޔާ ބިލްމަސްޖިދިލް ޙަރާމް ވަލްމަސްޖިދިއް ނަބަވީ"ގެ ނަމުގައި އުފެއްދި މި އިދާރާ ހިނގަމުން ދާނީ، އެކަމަށް ކަނޑައަޅާފައި އޮންނަ އިދާރީ ބޯޑަކުން، ސީދާ ރަސްގެފާނުގެ ބެއްލެވުމުގެ ދަށުންނެވެ. މި އިދާރާ އުފެއްދުމާ އެކު، ދެ ހަރަމްފުޅުގެ އެންމެހައި ކަންތައް ހިންގައި ބަލަހައްޓާނީ އެ އިދާރާ އިންނެވެ.
މި އިދާރާގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި، އިދާރީ ބޯޑުގެ ރައީސްގެ މަގާމަށް ޝާހީ ގަރާރަކުން އައްޔަންކުރެއްވީ ޑރ. ތައުފީގު ބިން ފައުޒާން އައްރަބީއާ އެވެ. އޭގެ އިތުރުން ދެ ހަރަމްފުޅުގެ އެންމެހައި ދީނީ ކަންކަމުގެ އެންމެ އިސް ވެރިޔާގެ މަގާމަށް، ވަޒީރެއްގެ ފެންވަރުގައި ޝާހީ ގަރާރަކުން އިއްޔެ އައްޔަންކުރެއްވީ ޑރ. އަބްދުއްރަހްމާން އައްސުދައިސް އެވެ.
ސައޫދީ ސަރުކާރުން ބުނި ގޮތުގައި މި އިދާރާ އިން މައިގަނޑު ގޮތެއްގައި އިންތިޒާމުކޮށް ބަލަހައްޓަމުން ދާނީ ދެ ހަރަމްފުޅުގައި ދީނީ ގޮތުން ހިންގާ އެންމެހައި ކަންކަމާއި އިދާރީ ހިންގުމުގެ އެންމެހައި ކަންކަމެވެ. އެ ގޮތުން ދެ ހަރަމްފުޅުގެ މުދިމުންނާއި އިމާމުންގެ ކަންތައްތަކާއި، ދެ ހަރަމްފުޅުގައި އޮންނަ ދީނީ ދަރުސްތައް އިންތިޒާމުކުރުމުގެ ކަންތައް ރާވައި ހިންގާނީ މި އިދާރާ އިންނެވެ.
މާލީ ގޮތުން މުޅިން މިނިވަން މުއައްސަސާއެއްގެ ގޮތުގައި އުފެއްދި މި އިދާރާއިން ދެ ހަރަމްފުޅުގެ މަރާމާތުގެ މަސައްކަތްތައް ރާވައި ހިންގި ނަމަވެސް، ދެ ހަރަމްފުޅު އިތުރަށް ތަރައްގީކުރުމާ ބެހޭ ކަންކަން ރާވައި ވިލަރެސް ކުރާނީ، އެކަމަށް ކަނޑައަޅާފައި އޮންނަ ވަޒީރުންގެ ކޮމިޓީއަކުންނެވެ. އެ ކޮމިޓީގެ ރިއާސަތު ބަލަހައްޓަވާނީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އެވެ.
މީގެ ކުރިން ވެސް ދެ ހަރަމްފުޅުގެ ކަންތައް ބަލަހައްޓާ އިދާރާއެއް އޮއްވައި، އަލަށް މި އުފެއްދި އިދާރާއާ އެކުގައި އައި އެންމެ ބޮޑު ބަދަލަކީ ދެ ހަރަމްފުޅުގެ އިދާރީ ހިންގުމާއި ދީނީ ކަންތައް މުޅިން ވަކިވެގެން ދިއުމެވެ. ކުރިން އޮތް އިދާރާގެ އެންމެ އިސް ވެރިޔާގެ މަގާމުގައި ޑރ. ސުދައިސް ހުންނެވި ނަމަވެސް، އަލަށް އުފެއްދި އިދާރާގައި ސުދައިސް ބަލަހައްޓަވާނީ ދެ ހަރަމްފުޅުގައި ހިންގާ ދީނީ ހަރަކާތްތަކެވެ.
ހައްޖާއި އުމްރާގެ އަޅުކަމަށް މައްކާ އާއި މަދީނާ އަށް ޒިޔާރަތް ކުރާ މީހުންނަށް ފަސޭހަ ކުރުމުގެ ގޮތުން، ދެ ހަރަމްފުޅުގެ ކަންތައް ބަލަހައްޓާ އިދާރާއިން މިހާރު ވަނީ އާ އިންތިޒާމުތަކެއް ހަމަޖައްސައިފަ އެވެ. އޭގެ ތެރެއިން އެންމެ ފަސޭހަ ކަމެއްގެ ގޮތުގައި މީހުން ފާހަގަކުރަނީ، އިހްރާމް ބަނދެގެން ތިބޭ މީހުންނަށް ނޫނީ، މަޠާފް (އެންމެ ތިރީގައި އޮންނަ ޠަވާފްކުރާ ސަރަހައްދު) ގައި ޠަވާފް ނުކުރެވޭ ގޮތަށް ހަމަޖައްސާފައި އޮތުމެވެ.
އޭގެ އިތުރުން، ކޮވިޑްގެ ފުރަބަންދުގެ ތެރޭގައި ހައްޖާއި އުމްރާގެ އަޅުކަމުގައި ބައިވެރިވުން ވަރަށް ހަނިކޮށްފައި އޮތުމުން އިގްތިސާދީ ގޮތުން ލިބުނު ގެއްލުންތައް ފޫބެއްދުމަށް ވެސް ސައޫދީ ސަރުކާރުން މިހާރު ވަނީ ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ، ކޮންމެ ވިސާއެއްގައި ސައޫދީއަށް އެތެރެވެފައިވާ ކޮންމެ މުސްލިމަކަށް ވެސް އުމްރާ ވުމުގެ ފުރުސަތު ހުޅުވައިލުމެވެ.
ދެ ޙަރަމްގައި ގައުމުތަކުގެ 1.3 މިލިއަން އަޅުވެރިން
27 ވިލޭރޭ މިލިއަނަކަށް ވުރެ ގިނަ މީހުން ގެފުޅަށް
މަހްރަމަކު ނުލައި ހައްޖާއި އުމްރާ ވެވޭނެ ގޮތް ހަދައިފި
މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ މީހުން ހައްޖަށް
އުމްރާ ހުއްދަ ދޫކުރުން މެދުކަނޑާލަނީ
ރޭގެ ތަރާވީހުގައި 2.5 މިލިއަން މީހުން ބައިވެރިވި
މި އަހަރުގެ ހައްޖު، ކޮވިޑްގެ ކުރިން އޮތް އުސޫލަށް
މިއަހަރުގެ ހައްޖުގައި ސަލާމަތީ މައްސަލައެއް ނެތް
އެކި ގައުމުތަކުން 2 މިލިއަން މީހުން ހައްޖުވާނެ
ފުރަތަމަ 10ގައި މަދީނާ ހަރަމަށް 10.3 މިލިއަން