06 އެޕްރީލް 2023
މި ހިނގާ ރޯދަ މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި މަދީނާގެ މަސްޖިދުއް ނަބަވީ އަށް 10.3 މިލިއަން މުސްލިމުން ޒިޔާރަތްކޮށް އެ މިސްކިތުގައި އަޅުކަން ކޮށްފައިވާ ކަމަށް ސައޫދީ ސަރުކާރުން ބުނެފި އެވެ.
މި ހިނގާ ރޯދަ މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި މަދީނާގެ މަސްޖިދުއް ނަބަވީ އަށް 10.3 މިލިއަން މުސްލިމުން ޒިޔާރަތްކޮށް އެ މިސްކިތުގައި އަޅުކަން ކޮށްފައިވާ ކަމަށް ސައޫދީ ސަރުކާރުން ބުނެފި އެވެ.
މަދީނާ ހަރަމްފުޅަށް ޒިޔާރަތް ކުރާ މީހުންނަށް ހަމަޖައްސައިދީފައިވާ އިންތިޒާމުތަކުގެ ތެރެއިން، ހުރިހާ ކަމެއް ވެސް ފުރިހަމަ އަށް ކުރިއަށް ދާ ކަމަށް ވެސް ސައޫދީ ސަރުކާރުން ބުނެ އެވެ. އެ ގޮތުން މި ރޯދަ މަހުގެ ތެރޭގައި ހަރަމްފުޅުގައި ރޯދަ ވީއްލާ މީހުންނަށް، ފުރަތަމަ 10 ދުވަހުގެ ތެރޭގައި 2.3 މިލިއަން އިފްތާރު ޕެކޭޖާއި އެއް މިލިއަން ޒަމްޒަމް ފެންފުޅި ވަނީ ހަރަމްފުޅު ތެރޭގައި ބަހައިފަ އެވެ.
ހަރަމްފުޅުގެ ހުޅަނގު ފަރާތަށް އަލަށް އިތުރުކުރި ބައިގެ ސަބަބުން، އެއް ފަހަރާ ގިނަ ބަޔަކަށް ޒިޔާރަތް ކުރުމުގެ ފުރުސަތު މިހާރު ވަނީ ތަނަވަސްވެފަ އެވެ. އަދި ހަރަމްފުޅުގެ ހުރިހާ ބައިތަކެއްގައި ވެސް މި ރޯދަ މަހަށް ދޫލަ އަޅައި، ފުރާޅު ނުވަތަ ޓެރަހުގައި ވެސް ދޫލަ އަޅައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައި ވާތީ، މިސްކިތުގެ އެތެރޭގައި ތޮއްޖެހޭ މިންވަރު މިހާރު ވަނީ ވަރަށް ބޮޑަށް ކުޑަވެފަ އެވެ.
ދެ ހަރަމްފުޅުގެ ކަންތައް ބަލަހައްޓާ އިދާރާ އިން ބުނި ގޮތުގައި މަދީނާ ހަރަމްފުޅުގެ ހުރިހާ ބައިތަކެއްގައި ވެސް، މި ރޯދަ މަހަށް ވާނީ އިތުރު ޚަތިމްތައް ބަހައްޓައި ގިނަ މީހުންނަށް ގުރްއާން ކިޔެވޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ. އަދި ހުރިހާ ބުރިތަކެއްގައި ވެސް ފާޚާނާ ކުރެވޭނެ އިންތިޒާމާއި ޒަމްޒަމް ފެން ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިފަ އެވެ.
މީގެ އިތުރުން ކީރިތި ރަސޫލާ އަށް ޒިޔާރަތްކޮށް ރައުޟާގައި ނަމާދު ކުރުމުގެ އިންތިޒާމު ވެސް ވަނީ ދެ ޖިންސަށް ވަކިން ހަމަޖައްސައިފަ އެވެ. ފިރިހެނުންނަށް ވަކި ގަޑިތަކެއް އަދި އަންހެނުންނަށް ވެސް ވަނީ ވަކި ގަޑިތަކެއް ހަމަޖައްސައި، ފިތިބާރުވުން ކުޑަވާނެ ގޮތަށް އިންތިޒާމުކޮށްފަ އެވެ.
މަދީނާ ހަރަމްފުޅު ހުންނަ ސަރަހައްދުގެ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުމުގެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައި، މަގުތަކުގެ ޓްރެފިކް ބެލެހެއްޓުމަށް ވަނީ އިތުރު ފުލުހުން ނެރެފަ އެވެ. އޭގެ އިތުރުން މަސްޖިދުއް ނަބަވީ އާއި ގުބާ މިސްކިތާއި ޝަހީދުންގެ މިސްކިތާއި ގިބްލަތައިން މިސްކިތަށް ދެވޭ ގޮތަށް އޮންނަ މަގުތަކަށް އިތުރު ފުލުހުން ނެރެ، ޓްރެފިކްގެ ކަންތައް ވަނީ ތަރުތީބުކޮށްފަ އެވެ.
ދެ ހަރަމްފުޅުގެ ކަންކަމަށް އާ އިދާރާއެއް އުފައްދައިފި
ދެ ޙަރަމްގައި ގައުމުތަކުގެ 1.3 މިލިއަން އަޅުވެރިން
މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ މީހުން ހައްޖަށް
27 ވިލޭރޭ މިލިއަނަކަށް ވުރެ ގިނަ މީހުން ގެފުޅަށް
ނަބަވީ ޒަމާނުގެ އާސާރުތައް ރައްކާތެރިކުރަނީ
މަހްރަމަކު ނުލައި ހައްޖާއި އުމްރާ ވެވޭނެ ގޮތް ހަދައިފި
މަސްޖިދުއް ނަބަވީގެ ތަރައްގީއަށް އާ މަޝްރޫއެއް
ދެ ހަރަމްފުޅުގައި "ސޯޝަލް ޑިސްޓެންސިން" އުވާލައިފި
ގުރުއާން އެންދުމުގެ ކަންބޮޑުވުން ޑެންމާކް ސަރުކާރަށް
މިއަހަރުގެ ހައްޖުގައި ސަލާމަތީ މައްސަލައެއް ނެތް