11 އޮކްޓޯބަރ 2022
ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ސައޫދީ އަރަބިއްޔާ އަށް ދާ އަންހެނުން މީގެ ފަހުން މަހްރަމަކު ގެންދަން ނުޖެހޭ ގޮތަށް ކަނޑައަޅައި، ހައްޖާއި އުމްރާ އަށް އެތެރެވުމުގައި ލުއިފަސޭހަ ގޮތްތަކެއް ސައޫދީ ސަރުކާރުން ހަމަޖައްސައިފި އެވެ.
ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ސައޫދީ އަރަބިއްޔާ އަށް ދާ އަންހެނުން މީގެ ފަހުން މަހްރަމަކު ގެންދަން ނުޖެހޭ ގޮތަށް ކަނޑައަޅައި، ހައްޖާއި އުމްރާ އަށް އެތެރެވުމުގައި ލުއިފަސޭހަ ގޮތްތަކެއް ސައޫދީ ސަރުކާރުން ހަމަޖައްސައިފި އެވެ.
މިސްރުގެ ވެރިރަށް ގާހިރާގައި ހުންނަ ސައޫދީ އެމްބަސީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ސައޫދީގެ ހައްޖާއި އުމްރާގެ ކަންކަމާ ބެހޭ ވަޒީރު ޑރ. ތައުފީގު އައްރަބީއާ އިއްޔެ ވިދާޅުވީ، ދުނިޔޭގެ އެއްވެސް ގައުމަކުން އުމްރާ ނުވަތަ ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ސައޫދީއަށް އެތެރެވާ އިރު، މަހްރަމަކު ގެނައުން މިހާރު މަޖުބޫރު ނޫން ކަމަށެވެ. މަހްރަމުންނަކީ، ފިރިމީހާ އާއި ބައްޕަ ނުވަތަ ދާއިމަށް ކައިވެނި ހަރާމް ފިރިހެނުންނެވެ.
މިހާތަނަށް ސައޫދީ އަރަބިއްޔާ އިން އަމަލުކުރަމުން އައި އުސޫލުގައި އޮންނަ ގޮތުން، އުމްރާ ނުވަތަ ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ސައޫދީ އަށް އެތެރެވާ ކޮންމެ އަންހެނަކު، އޭނާއާ އެކުގައި މަހްރަމަކު ގެންދަންޖެހެ އެވެ. އެ އުސޫލު ދޫކޮށްލީ ކީއްވެގެން ކަމެއް ސައޫދީ ސަރުކާރުން ނުބުނެ އެވެ.
ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ސައޫދީ އަށް އެތެރެވާ މީހުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެއްސި އިރު، މައްކާގެ ހަރަމްފުޅު ބޮޑުކޮށް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއެއް މިހާރު ވަނީ ފަށައިފަ އެވެ. އެ މަޝްރޫއުގެ ޚަރަދުތައް 200 ބިލިއަން ރިޔާލަށް ވުރެ އިތުރުވާނެ ކަމަށް ސައޫދީ ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވި ގޮތުގައި އުމްރާގެ އަޅުކަން އަދާކުރުމަށް ވިސާ ދިނުމުގައި ސައޫދީން މިހާތަނަށް އަމަލު ކުރަމުން އައި އުސޫލަކީ، ކޮންމެ މަހަކު ވެސް ވަކި އަދަދަކަށް ވިސާ ދޫކުރުމެވެ. އަދި އުމްރާގެ އަޅުކަން ކުރުމަށް އެތެރެވެވޭނީ އެކަމަށް ޚާއްސަ ވިސާއެއް ނަގައިގެންނެވެ.
ނަމަވެސް މީގެ ފަހުން، ކޮންމެ މަހަކު ވިސާ ދޫކުރުމަށް ވަކި އަދަދެއް ނޯންނާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.
"މިހާރު މި ހަމަޖެއްސި ގޮތުން، ކޮންމެ ކަހަލަ ވިސާއެއްގައި ސައޫދީ އަށް އެތެރެވާ މީހަކަށް ވެސް އުމްރާގެ އަޅުކަން އަދާކުރެވޭނެ. ކޮންމެ މަހަކަށް ވަކި ކޯޓާއެއްގެ ވެސް މިހާރަކު ނޯންނާނެ."
އޭގެ އިތުރުން އޭނާ ވިދާޅުވީ ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށްޓަކައި ކުރަންޖެހޭ ހޭދަ ވެސް ސައޫދީ ސަރުކާރުން މިހާރު އަންނަނީ ކުޑަކޮށްދެމުންނެވެ. ހައްޖާއި އުމްރާގެ އަޅުކަމަށް އެތެރެވާ މީހުންނަށް ޚިދުމަތް ދިނުމުގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފަން ފެށުމުން، ހައްޖާއި އުމްރާވެރިން އުފުލަންޖެހޭ ތަކުލީފުތައް ކުޑަވެ، ކުރަންޖެހޭ ޚަރަދު ވެސް ކުޑަވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ތެރޭގައި ދެ ހަރަމްފުޅުގައި ހައްޖުވެރިންނާއި އުމްރާވެރިންނަށް ބައެއް ކަހަލަ ޚިދުމަތްތައް ދިނުމުގައި ރޮބޮޓް ބޭނުންކުރުން ހިމެނެ އެވެ. އޭގެ އިތުރުން ހައްޖާއި އުމްރާގެ ހުއްދަ ހޯދުމާއި ވިސާ ހޯދުމަށް "ނުސްކް ޕްލެޓްފޯމް" ތައާރަފްކުރި ފަހުން، އެ ޕްލެޓްފޯމްގެ ޒަރީއާއިން ހުއްދަ އަށް އެދި ހުށަހެޅުމާއި، ހުއްދަ ލިބޭތާ 24 ގަޑިއިރުގެ ތެރޭގައި ވިސާ ވެސް ލިބޭނެ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
ދެ ހަރަމްފުޅުގެ ކަންކަމަށް އާ އިދާރާއެއް އުފައްދައިފި
މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ މީހުން ހައްޖަށް
އުމްރާ ހުއްދަ ދޫކުރުން މެދުކަނޑާލަނީ
ދެ ޙަރަމްގައި ގައުމުތަކުގެ 1.3 މިލިއަން އަޅުވެރިން
މި އަހަރުގެ ހައްޖު، ކޮވިޑްގެ ކުރިން އޮތް އުސޫލަށް
މިއަހަރުގެ ހައްޖުގައި ސަލާމަތީ މައްސަލައެއް ނެތް
އެކި ގައުމުތަކުން 2 މިލިއަން މީހުން ހައްޖުވާނެ
27 ވިލޭރޭ މިލިއަނަކަށް ވުރެ ގިނަ މީހުން ގެފުޅަށް
ހޫނު މަޑުކުރާ ދަވާދެއް މައްކާ މަގުތަކުގައި ލަނީ
އިންޑިއާ މީހަކު އެއް އަހަރުން ހިނގާފައި ހައްޖަށް