11 އެޕްރީލް 2023
ކޮވިޑް-19 ވަބާ އިން ރައްކާތެރިވުމަށް ސައޫދީ އަރަބިއްޔާގައި އަޅާފައި އޮތް ފިޔަވަޅުތައް އުވާލައި، އަޅުކަމަށް ޒިޔާރަތްކުރާ މީހުންނަށް މައްކާ އާއި މަދީނާ އާންމުކޮށް ހުޅުވައިލުމުން، އެކި ގައުމުތަކުގެ 1.3 މިލިއަން މީހުން މިހާރުވެސް މައްކާ އާއި މަދީނާއަށް އައިސް އެބަތިބި ކަމަށް ސައޫދީ ސަރުކާރުން ބުނެފި އެވެ.
ކޮވިޑް-19 ވަބާ އިން ރައްކާތެރިވުމަށް ސައޫދީ އަރަބިއްޔާގައި އަޅާފައި އޮތް ފިޔަވަޅުތައް އުވާލައި، އަޅުކަމަށް ޒިޔާރަތްކުރާ މީހުންނަށް މައްކާ އާއި މަދީނާ އާންމުކޮށް ހުޅުވައިލުމުން، އެކި ގައުމުތަކުގެ 1.3 މިލިއަން މީހުން މިހާރުވެސް މައްކާ އާއި މަދީނާއަށް އައިސް އެބަތިބި ކަމަށް ސައޫދީ ސަރުކާރުން ބުނެފި އެވެ.
ސައޫދީ ސަރުކާރުން އާންމުކުރި ހިސާބުތަކަށް ބަލާއިރު، މި ރޯދަ މަހުގެ ތެރޭގައި މައްކާގެ ހަރަމްފުޅަށް އެންމެ ގިނަ މީހުން ޒިޔާރަތްކުރީ ރޯދަ މަހުގެ 17 ވިލޭރެ އެވެ. އެރޭ މައްކާގެ ހަރަމްފުޅުގައި އަޅުކަން ކުރުމަށް އެއް މިލިއަނަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރި އެވެ.
މިހާރު ކުރިއަށް ދާ މިއަހަރުގެ ބަރަކާތްތެރި ރޯދަ މަހުގެ ފަހު ދިހައިގެ ރޭތައް ފެށިފައިވާ އިރު، ބޭރު ގައުމުތަކުން ޒިޔާރަތްކުރި އެންމެ ގިނަ މީހުން މިހާރު ތިބީ މައްކާގަ އެވެ. ރޯދަ މަހުގެ ތެރޭގައި އުމްރާވުމަށް މައްކާ އަށް ޒިޔާރަތް ކުރާ މީހުންގެ ތެރެއިން ވަރަށް ގިނަ މީހުން، އެ މީހުންގެ ދަތުރުގެ ވަކި ހިސާބަކުން މަދީނާގެ ހަރަމްފުޅަށް ވެސް ޒިޔާރަތް ކުރެ އެވެ.
މައްކާގެ ހަރަމްފުޅާއި މަދީނާގެ ހަރަމްފުޅު ބޮޑުކުރުމަށް މިހާރު ފަށާފައިވާ މަޝްރޫއުގެ ތެރެއިން، މިހާތަނަށް ނިމިފައި ހުރި ބައިތައް، މި ރޯދަ މަހަށް ހުޅުވާލާފައިވާތީ، އެ ދެ ހަރަމްފުޅަށް ޒިޔާރަތްކުރާ މީހުންނަށް ވަރަށް ފަސޭހައިން އަޅުކަމުގެ ކަންތައް ފުރިހަމަ ކުރެވެ އެވެ. މައްކާގެ ހަރަމްފުޅުގައި ހިމެނޭ މަޠާފް (ޠަވާފްކުރާ ސަރަހައްދު) ހަމައެކަނި އުމްރާވެރިންނަށް ޚާއްސަ ކޮށްފައި އޮތުމުން، އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް ހޭދަވާ ވަގުތު މިހާރު ވަނީ ކުރިއަށް ވުރެ ވަރަށް ކުޑަވެ، އަދި ފަސޭހަ ވެފަ އެވެ.
ދެ ހަރަމްފުޅުގެ ކަންތައް ބަލަހައްޓާ އިދާރާ އިން ބުނިގޮތުގައި އުމްރާގައި ބައިވެރި ނުވެ އެހެން އަޅުކަންތަކުގައި ތިބޭ މީހުންނަށް ހަރަމްފުޅުގެ އެހެން ސަރަހައްދުތަކުން ޖާގަ ތަނަވަސްވެފައި ވުމުން، ތަވާފް ކުރާ ސަރަހައްދާއި ސައުޔު ކުރާ ސަރަހައްދު މިހާރު އޮންނާނީ އުމްރާވެރިންނަށް ހުސްވެފަ އެވެ. އެހެންކަމުން، ގިނަވެގެން 104 މިނެޓް ތެރޭގައި އުމްރާގެ އަޅުކަން ފުރިހަމަ ކުރެވޭނެ ކަމަށް އެ އިދާރާ އިން ބުންޏެވެ.
މައްކާގެ ހަރަމްފުޅުގައި މި ރޯދަ މަހުގެ ތެރޭގައި ނަމާދުކޮށް ގުރުއާން ކިޔަވަން ބޭނުންވާ މީހުންނަށް ތިބެވޭނީ، މަޠާފް އާއި މަސްޢާ (ޞަފާ އާއި މަރްވާއާ ދެމެދު ހިނގާ ސަރަހައްދު) ފިޔަވައި އެހެން ސަރަހައްދުތަކުގަ އެވެ. މަޠާފް އާއި މަސްޢާ ޚާއްސަ ކޮށްފައިވަނީ އުމްރާވެރިންނަށް އެކަންޏެވެ.
ހައްޖާއި އުމްރާގެ އަޅުކަމަށް މައްކާ އާއި މަދީނާ އަށް ޒިޔާރަތް ކުރާ މީހުންނަށް، އެ ދެ ސަހަރުގައި ހުރި އާސާރީ ތަންތަން ބަލައިލުމުގެ ފުރުސަތު ވެސް މިއަހަރު ވަނީ ވަރަށް ބޮޑަށް ތަނަވަސްކޮށްފަ އެވެ. މައްކާ އާއި މަދީނާގައި ހުންނަ ނަބަވީ ޒަމާނުގެ އާސާރީ ތަންތަނާއި އެއަށް ވުރެ ކުރީގެ އާސާރީ ތަންތަނަށް ވެސް ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމު ސައޫދީ ސަރުކާރުން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
ދެ ހަރަމްފުޅުގެ ކަންކަމަށް އާ އިދާރާއެއް އުފައްދައިފި
27 ވިލޭރޭ މިލިއަނަކަށް ވުރެ ގިނަ މީހުން ގެފުޅަށް
މަހްރަމަކު ނުލައި ހައްޖާއި އުމްރާ ވެވޭނެ ގޮތް ހަދައިފި
މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ މީހުން ހައްޖަށް
އުމްރާ ހުއްދަ ދޫކުރުން މެދުކަނޑާލަނީ
ރޭގެ ތަރާވީހުގައި 2.5 މިލިއަން މީހުން ބައިވެރިވި
ފުރަތަމަ 10ގައި މަދީނާ ހަރަމަށް 10.3 މިލިއަން
އުމްރާއަކަށް މިހާރު ހޭދަވާނީ 104 މިނެޓް
ހަރަމްފުޅުގެ ތިން ވަނަ ބައިގެ ޓެރަސް ހުޅުވައިލަނީ
މި އަހަރުގެ ހައްޖު، ކޮވިޑްގެ ކުރިން އޮތް އުސޫލަށް