03 އެޕްރީލް 2023
މައްކާގެ ހަރަމްފުޅު ތަނަވަސްކުރުމަށް މިހާރު ކުރިއަށް ގެންދާ މަޝްރޫގެ މަސައްކަތް ގާތްގަނޑަކަށް ނިމި، އެ މަޝްރޫއުގެ ދަށުން އިމާރާތްކުރި ބައި، އާންމުކޮށް ހުޅުވާލާފައިވާ އިރު، މިހާރު އުމްރާއަކަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަވާނެ ކަމަށް ސައޫދީ ސަރުކާރުން ބުނެފި އެވެ.
މައްކާގެ ހަރަމްފުޅު ތަނަވަސްކުރުމަށް މިހާރު ކުރިއަށް ގެންދާ މަޝްރޫގެ މަސައްކަތް ގާތްގަނޑަކަށް ނިމި، އެ މަޝްރޫއުގެ ދަށުން އިމާރާތްކުރި ބައި، އާންމުކޮށް ހުޅުވާލާފައިވާ އިރު، މިހާރު އުމްރާއަކަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަވާނެ ކަމަށް ސައޫދީ ސަރުކާރުން ބުނެފި އެވެ.
ދެ ހަރަމްފުޅުގެ ކަންތައް ބަލަހައްޓާ އިދާރާ އިން ބުނިގޮތުގައި އުމްރާގައި ބައިވެރި ނުވެ އެހެން އަޅުކަންތަކުގައި ތިބޭ މީހުންނަށް ހަރަމްފުޅުގެ އެހެން ސަރަހައްދުތަކުން ޖާގަ ތަނަވަސްވެފައި ވުމުން، ތަވާފް ކުރާ ސަރަހައްދާއި ސައުޔު ކުރާ ސަރަހައްދު މިހާރު އޮންނާނީ އުމްރާވެރިންނަށް ހުސްވެފަ އެވެ. އެހެންކަމުން، ގިނަވެގެން 104 މިނެޓް ތެރޭގައި އުމްރާގެ އަޅުކަން ފުރިހަމަ ކުރެވޭނެ ކަމަށް އެ އިދާރާ އިން ބުންޏެވެ.
މައްކާގެ ހަރަމްފުޅު ބޮޑުކުރުމުގެ ތިން ވަނަ މަޝްރޫއުގެ ދަށުން ހަދާފައިވާ އިމާރާތުގެ ތެރޭގައި އަންހެނުންތަކެއް ނަމާދު ކުރަނީ.
މި ރޯދަމަހު، ޠަވާފްކުރާ ސަރަހައްދު ޚާއްސަކޮށްފައި އޮތީ ހަމައެކަނި އުމްރާވެރިންނަށެވެ. އެހެން ކަމުން، ރޯދަމަހުގެ ފުރަތަމަ 10 ދުވަހު، ތަވާފް ކުރާ ސަރަހައްދުގައި އެންމެ ބައިބޯ ވަގުތުތަކުގައި ވެސް އެވްރެޖް ގޮތެއްގައި 49 މިނެޓުން ތަވާފްގެ ހަތް ބުރު ފުރިހަމަކުރެވެ އެވެ.
ތަވާފްކޮށް ނިމިގެން، ސުންނަތް ދެ ރަކުއަތް ކޮށް، ޒަމްޒަމް ފެން ބޮއެގެން، މަސްއާ (ޞަފާ އާއި މަރްވާއާ ދެމެދު ހިނގާ ސަރަހައްދު) އަށް ދިއުމަށް ގާތްގަނޑަކަށް 11 މިނެޓް ހޭދަވެ އެވެ. އެންމެ ބައިބޯ ވަގުތުގައި ވެސް އެވްރެޖްގެ ގޮތެއްގައި 44 މިނެޓް ތެރޭގައި ސައުޔުކޮށް ނިންމައިލެވެ އެވެ. އެހެން ކަމުން، ތަވާފުން ފަށައިގެން ސައުޔުކޮށް ނިންމައި އުމްރާއެއް ފުރިހަމަ ކުރުމަށް، މި ދުވަސްވަރު އެވްރެޖް ގޮތެއްގައި ހޭދަވާނީ އެންމެ 104 ވަރަކަށް މިނެޓެވެ.
އުމްރާވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ސަލާމަތީ ޚިދުމަތްތަކުގެ 500 އޮފިސަރުން އަބަދުވެސް ހަރަމްފުޅުގައި ޑިއުޓީގައި ތިބޭނެ އެވެ. އަދި ހަރަމްފުޅަށް ވަދެ ނުކުމެވާން ބޭނުންކުރާ ދޮރޯށިތަކުގެ ކައިރީގައި ފިތުމުގެ ހާދިސާއެއް ހިނގިޔަ ނުދިނުމަށް، އެ ސަރަހައްދުގައި ވެސް ސަލާމަތީ އޮފިސަރުން ތިބޭނެ އެވެ.
މައްކާގެ ހަރަމްފުޅަށް ޒިޔާރަތްކުރާ އަންހެނުންނަށް އެހީތެރިވުމަށް ތަމްރީންކޮށްފައި ތިބި އަންހެނުންތަކެއް ހަރަމްފުޅުގެ ތެރޭގައި ހަރަކާތްތެރިވަނީ
އުމްރާވެރިންނަށް އެކި ކަންކަމުގައި ފަސޭހަކޮށްދިނުމުގެ ގޮތުން، ތަފާތު ބަސްބަހުން ވާހަކަ ދައްކާ 15 އޮބްޒާވަރުން ކޮންމެ ވަގުތަކު ވެސް ހަރަމްފުޅުގެ ތެރޭގައި ހަރަކާތްތެރިވާނެ އެވެ. އެ މީހުން ފަރިތަކަމާއެކު ވާހަކަ ދައްކާ ބަސްތަކުގެ ތެރޭގައި ޗައިނާ އާއި ސިންގަޅަ އާއި އުރުދޫ އާއި ފާރިސީ އާއި އިނގިރޭސި އާއި ތުރުކީ ބަސް އަދި ނައިޖީރިޔާ އާއި މެދުތެރޭ އެފްރިކާގެ ބައެއް ގައުމުތަކުގައި ވާހަކަ ދައްކާ ހައުސާ ބަސް ވެސް ހިމެނެ އެވެ.
އުމްރާގެ އަޅުކަމުގައި ވެސް ގިނަ އަދަދަކަށް އަންހެނުން ބައިވެރިވާތީ، އަންހެނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ކޮށްފައިވާ އަންހެނުންގެ ޓީމެއް ވެސް ހުރިހާ ވަގުތެއްގައި ހަރަމްފުޅުގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން ދާނެ އެވެ.
ދެ ހަރަމްފުޅުގެ ކަންކަމަށް އާ އިދާރާއެއް އުފައްދައިފި
27 ވިލޭރޭ މިލިއަނަކަށް ވުރެ ގިނަ މީހުން ގެފުޅަށް
ދެ ޙަރަމްގައި ގައުމުތަކުގެ 1.3 މިލިއަން އަޅުވެރިން
މަހްރަމަކު ނުލައި ހައްޖާއި އުމްރާ ވެވޭނެ ގޮތް ހަދައިފި
އިސްލާމީ އިލްމުވެރިންގެ މަހާސިންތާއެއް މައްކާގައި ފަށަނީ
މިއަހަރުގެ ހައްޖުގައި ސަލާމަތީ މައްސަލައެއް ނެތް
އެކި ގައުމުތަކުން 2 މިލިއަން މީހުން ހައްޖުވާނެ
ހޫނު މަޑުކުރާ ދަވާދެއް މައްކާ މަގުތަކުގައި ލަނީ
މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ މީހުން ހައްޖަށް
އުމްރާ ހުއްދަ ދޫކުރުން މެދުކަނޑާލަނީ