11 އެޕްރީލް 2023
ދުނިޔޭގެ އަޖައިބުތަކުގެ ލިސްޓުގައި ހިމެނޭ، އިންޑިއާގެ ތާޖު މަހަލް ބިނާކުރި އިރު ހުންނާނެ ގޮތުގެ ފޮޓޯތަކެއް އާޓިފިޝަލް އިންޓަލިޖަންސް (އޭއައި) ބޭނުންކޮށްގެން ޖެނެރޭޓު ކުރުމުން އެ ފޮޓޯތަކަށް ސަމާލުކަން ލިބިއްޖެ އެވެ.
ދުނިޔޭގެ އަޖައިބުތަކުގެ ލިސްޓުގައި ހިމެނޭ، އިންޑިއާގެ ތާޖު މަހަލް ބިނާކުރި އިރު ހުންނާނެ ގޮތުގެ ފޮޓޯތަކެއް އާޓިފިޝަލް އިންޓަލިޖަންސް (އޭއައި) ބޭނުންކޮށްގެން ޖެނެރޭޓު ކުރުމުން އެ ފޮޓޯތަކަށް ސަމާލުކަން ލިބިއްޖެ އެވެ.
ޖްޔޯ ޖޯން މުއްލޫރް ނަމަކަށް ކިޔާ ޑިޖިޓަލް އާޓިސްޓަކު އޭނާގެ އިންސްޓަގްރާމުގައި ޝެއާކުރި ފޮޓޯތަކަކުން ދައްކައިދެނީ އޭރު ތާޖް މަހަލް އިމާރާތްކުރަން އުޅުނު މީހުންނާއި، އެތަނުގައި ގިނަ އަދަދެއްގެ ކޮންސްޓްރަކްޝަން ސާމާނުތަކެއް ހުއްޓަ އެވެ.
އޭނާ ޝެއާކުރި ތާޖް މަހަލްގެ އަށް ފޮޓޯއިން، އެ ތަން އިމާރާތްކުރި އިރު ހުރި އެކި މަރުހަލާތައް ހުންނާނެ ގޮތް އޭއައި އިން ތަސައްވަރުކޮށްފައިވެ އެވެ.
އެ ފޮޓޯތަކާ އެކު ލިޔުނު ކެޕްޝަންގައި ވާގޮތުން، މި ފޮޓޯތައް އުފައްދާފައި ވަނީ "މިޑްޖާނީ" އޭއައި ބޮޓް ބޭނުންކޮށްގެންނެވެ.
މީގެ ހަ ދުވަސް ކުރިން ޝެއާކުރި ފޮޓޯތަކަށް ލައްކައަކަށް ވުރެ ގިނަ ލައިކްސް ލިބިފައިވެ އެވެ.
އިންޑިއާގައި އުޅުނު ކުރީގެ ރަސްކަލެއް ކަމަށްވާ ޝާހް ޖަހަން ތާޖް މަހަލް އިމާރާތްކޮށްފައި ވަނީ މީލާދީގޮތުން 1631 ވަނަ އަހަރާ 1648 ވަނަ އަހަރާ ދެމެދު އެވެ. އެއީ އިންޑިއާގައި ހުރި، މުސްލިމުންގެ ފަންނުވެރިކަން ދައްކުވައިދޭ އެންމެ ހާއްސަ އިމާރާތެވެ.
އައިފޯނަށް ބީބީސީގެ ނަމުގައި އޭއައިގެ ފޭކް ނިއުސްއެއް
އޭއައި ބޭނުންކޮށްގެން ގާސިމްގެ ނަމުގައި ސްކޭމެއް!
އައިކެއާއިން އޭއައިގެ އެހީގައި އައިނުގެ މިންތައް ނަގަނީ
އޭއައިއާ ގުޅޭ މާސްޓާ ޕްލޭނެއް އެކުލަވާލަނީ
ސިއްހީ މައްސަލަތަކާ ގުޅޭ ފޭކް ވީޑިއޯތައް ގިނަވެއްޖެ
ދިވެހި ޖީޕީޓީން ސިޓީ، ޅެން އަދި ރައިވަރު ހެދޭނެ
އެސްޓީއޯގެ ސްމާޓް ސްޓޯރާ އެކު ވިޔަފާރީގެ އާ މަރުހަލާ
އިންސާނުންނާއި އޭއައިގެ ހަނގުރާމައަށް ތައްޔާރުތަ؟
އެމެރިކާގެ އަންހެނަކު އޭއައި ބޮޓަކާ "ކައިވެނިކޮށްފި"
ލޯފަން މީހުންނަށް ޚާއްސަކޮށްގެން "ޖަވާބު"ގެ އެޕެއް