27 ޖުލައި 2023
އެސްޓީއޯ އިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުން ކޮށްގެން "ސްމާޓް ސްޓޯ" ހުޅުވައިފި އެވެ.
އެސްޓީއޯ އިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުން ކޮށްގެން "ސްމާޓް ސްޓޯ" ހުޅުވައިފި އެވެ.
އެ ފިހާރަ ހުޅުވާފައި ވަނީ ހުޅުމާލޭ ފޭސް 1 ގައި ކުރިން އެސްޓީއޯ ފިހާރަ ހިންގި ތަނުގަ އެވެ. އެ ފިހާރަ ހުޅުވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ، ރާއްޖެއަކީ ޒަމާނީ ޓެކްނޮލޮޖީތަކަށް ވަރަށް ފަސޭހައިން އަހުލުވެރިވާ ބަޔަކު ދިރިއުޅޭ ގައުމަކަށްވާ އިރު މިކަހަލަ ފިހާރައެއް ހުޅުވުމަކީ އެސްޓީއޯއިން ފެށި ވަރަށް ރަނގަޅު ފެށުމެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ޒަމާނީ ޓެކްނޮލޮޖީއާ އެކު އެންމެ ބޮޑު ބަދަލެއް ފެނުނީ ވިޔަފާރި ކުރުމުގެ ދާއިރާ އަށް ކަމަށާއި ޒަމާނީ ޓެކްނޮލޮޖީ އަށް ދިވެހިންގެ ޝައުގުވެރިކަން އިތުރުވެ، އިންޓަނޭޝަނަލް ލެވެލްގައި ވެސް މުހިއްމު މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން އަންނަ ޒުވާނުން އިތުރުވާ ކަމަށެވެ.
ނައިބު ރައީސް ފައިސަލް ނަސީމު އެސްޓީއޯ ސްމާޓް ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ފައިސަލް ވިދާޅުވީ، އާންމު ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން އެންމެ ވެސް އުޅެނީ ވަރަށް ބިޒީކޮށް ކަމަށާއި ވިޔަފާރި ކުރަން ވެސް މިހާރު އޮންނަނީ ވަގުތު ނުލިބިފައި ކަމަށެވެ.
"މި ހުޅުވިގެންދާ ސްޓޯރުން ގިނަ ގުނަ ފަސޭހަތަކެއް ލިބޭނެ. އެސްޓީއޯއަކީ އަބަދުވެސް ޒަމާނާ ވަރަށް ރައްޓެހި، ރައްޔިތުންނަށް ހިދުމަތްތައް އެންމެ ފަސޭހައިން އެންމެ ރަނގަޅަށް ދެވޭނީ ކޮން ގޮތަކަށްތޯ ބަލައި އެގޮތަށް ކަންކަން ކުރަމުންދާ ކުންފުންޏެއް،" އޭނާ ވިދާޅުވި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ، މިއީ ރާއްޖެ އަށް މުޅިން އާ ޓެކްނޮލޮޖީއެއް ކަމަށާއި މި ސަރަހައްދުގައި ވެސް މިފަދަ ސްމާޓް ފިހާރަތައް މަދު ކަމަށެވެ. އޭނާ ވިދާޅުވީ، މި އާ ޓެކްނޮލޮޖީއާ އެކު ވިޔަފާރިތަކާއި އާންމުންނަށް ވަރަށް ބޮޑަށް ފަސޭހަތައް ލިބޭނެ ކަމަށެވެ.
އެސްޓީއޯ ސްމާޓް ފިހާރައިގައި މީހަކު ވިޔަފާރި ކުރަން ވަދެ. އެ ފިހާރައަށް އެއް ފަހަރާ ވަދެވޭނީ އަށް މީހުންނަށް-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
"މިއީ ފެށުމެއް. މިއަދަށް ވުރެ ވެސް މާ ފަސޭހަކޮށް މިފަދަ ހިދުމަތްތައް ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
އެ ފިހާރަ އަށް ވަދެވޭނީ އެކަމަށް ހާއްސަ އެޕްލިކޭޝަން "އެސްޓީއޯ ސްމާޓް ޝޮޕް" އެޕްލިކޭޝަން ޑައުންލޯޑްކޮށް އެ އެޕްލިކޭޝަނުގައި ރަޖިސްޓާވެގެންނެވެ. ރަޖިސްޓާވާ އިރު ކޭޝް ކާޑުގެ މައުލޫމާތު ވެސް ހިމަނަން ޖެހޭނެ އެވެ.
އެ އެޕްލިކޭޝަން މެދުވެރިކޮށް އެޕްލިކޭޝަންގެ ހޯމް ސްކްރީނުގައި އިންނަ ކިއުއާރު ކޯޑު ސްކޭން ކޮށްގެން ފިހާރަ އަށް ވަދެވޭނެ އެވެ. އަދި ފޭސް ރިކޮގްނިޝަން ބޭނުން ކޮށްގެން ވެސް ފިހާރަ އަށް ވަދެވޭނެ އެވެ. އަދި ފިހާރައިގެ ހަަރުގަނޑުތަކުގައި ހުންނަ ތަކެތި ނަގާ ވަރަކުން، އެޕްލިކޭޝަންގައި އިންނަ ކާޓަށް ތަކެތި އެޅޭނެ އެވެ.
ވިޔަފާރި ކުރަން އެއް ފަހަރާ ވަދެވޭނީ އަށް މީހުންނަށެވެ. ފިހާރަ އަށް ވަނުމަށް ސްކޭން ކުރަން ޖެހުނު ނަމަވެސް، އެކީގައި ވިޔަފާރި ކުރަން ވަންނަ މީހުންނަށް ސެކިއުރިޓީގެ އެހީގައި ފިހާރަ އަށް ވަދެވޭނެ އެވެ.
އެސްޓީއޯ ސްމާޓް ފިހާރައަށް ވަނުމަށް ސްކޭން ކުރަނީ. ސްކޭންކޮށް، ފިހާރައިން ނުކުންނަ ހިސާބުން އެކައުންޓުން އެފައިސާ ކެނޑޭނެ-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އެސްޓީއޯގެ ޗީފް އިންފޮމޭޝަން އޮފިސަރު އިސްމާއިލް މިފްރާހު ވިދާޅުވީ، އެ ފިހާރައިގައި އާޓިފިޝަން އިންޓެލިޖެންސް އާއި އައިއޯޓީ ސެންސާސް އާއި ޑޭޓާ ސައިންސް ބޭނުންކޮށްފައި ވާނެ ކަމަށެވެ. މި ޓެކްނޮލޮޖީތަކުގެ ސަބަބުން، ފިހާރައިގައި ވިއްކަން ހުންނަ ތަކެތީގެ ކުލަ އާއި ޝޭޕާއި ބަރުދަން ދެނެގަންނާނެ އެވެ.
"ކޮންމެ ޝެލްފެއްގައި ހުންނާނެ އައިއޯޓީ ސެންސާސް ހަރުކޮށްފައި. އެ ސެންސާސް އިން ދެނެގެންނާނެ ކަސްޓަމަރު ނެގީ ކިތައް އެތިތޯ. ފިހާރަ އަށް ވަނުމާއާ އެކު ކަސްޓަމަރުންގެ ބިހޭވިއާ ކެމެރާތަކުން އަންނާނީ ބަލަމުން،" އޭނާ ވިދާޅުވި އެވެ.
މިފުރާހު ވިދާޅުވީ، އަގުތައް އަޕްޑޭޓު ކުރުމާއި ކަސްޓަމަރުން އެންމެ ގިނައިން ގަންނަ ބާވަތްތަކާއި ކަސްޓަމަރުން އެންމެ މަދުން ގަންނަ ބާވަތްތަކުގެ މައުލޫމާތު ވެސް ވަރަށް ފަސޭހައިން ދެނެގަނެވޭނެ ކަމަށެވެ.
ހުޅުމާލެ 2 ގައި އެސްޓީއޯގެ "ރޯދަ މާޓު" ހުޅުވައިފި
އެސްޓީއޯގެ ބައެއް މުދާ ވިއްކާނެ އޭޖެންޓުން ހޯދަނީ
ލޮލުގެ ރެޓިނާ ސްކޭންކޮށްގެން އޯޓިޒަމް ހުރިތޯ ބަލާ މެޝިނެއް
ރޮބޮޓް ކުއްތާ ދަނޑުތަކުގައި ފޯރިމަރަނީ
މޭވާ/ތަރުކާރީ ވިއްކަން އެސްޓީއޯގެ ރެކްތައް ކުއްޔަށްދެނީ
ވިޔަފާރިވެރިންނަށް ރަނގަޅު ރޯދަމަހެއް
"އަޒްމީ އަކީ އޭގެ ދެވަނައެއް ނެތް ފަދަ ބޭފުޅެއް"
މިހާރު ޕްރޯޑިޒައިނާސް އަކީ ލޫޕްކްރާފްޓް، ހިދުމަތް ކުރިޔަށް
"ކުނބު"، ކަނޑު ދަތުރަށް ބޮޑު ފަސޭހައެއް ގެނެސްދޭނެ
ފޮޓޯގައި މެރިފައި ހުންނަ ލޯ ފޭސްބުކުން ހުޅުވާލަނީ