Roadha Mihaaru
މޭވާ/ތަރުކާރީ ވިއްކަން އެސްޓީއޯގެ ރެކްތައް ކުއްޔަށްދެނީ

މޭވާ އާއި ތަރުކާރީ ވިއްކަން އެސްޓީއޯގެ ރެކްތައް ކުއްޔަށް ދެނީ

31 ޖުލައި 2019

އެސްޓީއޯ މާލެ އަދި ހުޅުމާލޭ ސުޕަމާޓުގައި ތަރުކާރީ އާއި މޭވާ ވިއްކަން ބަހައްޓަން ރެކްތަކެއް ކުއްޔަށް ދޭން އިއުލާނުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެސްޓީއޯ މާލެ އަދި ހުޅުމާލޭ ސުޕަމާޓުގައި ތަރުކާރީ އާއި މޭވާ ވިއްކަން ބަހައްޓަން ރެކްތަކެއް ކުއްޔަށް ދޭން އިއުލާނުކޮށްފި އެވެ.

އެސްޓީއޯ އިން ގެޒެޓްކޮށްފައިވާ އިއުލާނުގައިވާ ގޮތުން ކުއްޔަށް ދޫކުރާނީ މާލޭ ސުޕަމާޓުން 320 އަކަފޫޓުގެ ސަރަހައްދަކާއި ހުޅުމާލެ ސުޕަމާޓުން ދެ ރެކަކާއި ދޮންކެޔޮ ހަރެކެވެ. މާލެ އިން ދޫކުރާ ތަނުގައި ދެ ޗިލާ އާއި ފަސް ލަކުޑި ހަރު ހުންނާނެ އެވެ.

މިރެކުތައް ކުއްޔަށް ނަގަން ބޭނުންވާ ނަމަ އަންނަ މަހުގެ 6 ގެ ކުރިން އެސްޓީއޯ ހެޑް އޮފީހުގައި ރަޖިސްޓްރީކުރުމަށް އެދިފައިވެ އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ޖެނެރަލް މެނޭޖަރު ހުސައިން ސޮބާހު ވިދާޅުވީ، މިއީ ރީޓެއިލް ވިޔަފާރިކުރާ މީހުންނަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އެއްވެސް އިޝްތިހާރެއް ކުރުމެއް ނެތި އެމީހުންގެ މުދާ އެސްޓީއޯ އިން ވިއްކުމުން، އެ ފިހާރަތަކުގެ ހަރަދުތައް ކުޑަވެ ފައިދާ ބޮޑުވާނެ ކަމަށް ވިދާޅުވި އެވެ.

މިގޮތަށް ހަރު ނެގުމުން، އެއްވެސް މުވައްޒަފެއް ނުނަގައި، ފިހާރައިގެ ހިންގުމުގެ ކަންކަން ބަލަހައްޓަން ނުޖެހި މަހު ކުލި ދައްކައިގެން އެސްޓީއޯގެ ރެކްތަކުގައި ތަކެތި ވިއްކޭނެ އެވެ. އެސްޓީއޯ އިން މި ރެކްތައް ދިނުމަށް ފަހު އެ ކުންފުނިން އަމިއްލަ އަށް ގަނެގެން މޭވާ އާއި ތަރުކާރީ ވިއްކުން ހުއްޓާލާނެ އެވެ

ސޮބާހު ވިދާޅުވީ، މޭވާ އާއި ތަރުކާރީ ވިއްކުމަކީ މިހާރު ވެސް އެސްޓީއޯ އަށް މާބޮޑު އާމްދަނީއެއް ލިބޭ ތަކެއްޗެއް ނޫން ކަމަށާއި، އެހެން ރީޓެއިލް ފިހާރަތަކަށް ރެކްތައް ދީގެން އެސްޓީއޯ އަށް އަދި އެފަދަ ރީޓެއިލް ފިހާރަތަކަށް ވެސް މާބޮޑަށް ފައިދާ ވާނެ ކަމަށެވެ.

އެސްޓީއޯ އިން މާލެއާ ހުޅުމާލޭގެ ސުޕަމާޓުން ދޫކުރާ ރެކްތައް ދިނުމަށް ނިންމާފައިވަނީ އެއް އަހަރުގެ މުއްދަތަކަށެވެ.