Roadha Mihaaru
ލޮލުގެ ރެޓިނާ ސްކޭންކޮށްގެން އޯޓިޒަމް ހުރިތޯ ބަލާ މެޝިނެއް

ލޮލުގެ ރެޓިނާ ސްކޭންކޮށްގެން އޯޓިޒަމަށް ޓެސްޓްކުރާ މެޝިނެއް އުފައްދައިފި

16 މާޗް 2021

ލޮލުގެ ރެޓިނާ ސްކޭންކޮށްގެން، އޯޓިޒަމް ހުރިތޯ ދެނެގަވޭނެ މެޝިނެއް ހޮންކޮންގުގެ ސައިސްޓިސްޓަކު އުފައްދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ލޮލުގެ ރެޓިނާ ސްކޭންކޮށްގެން، އޯޓިޒަމް ހުރިތޯ ދެނެގަވޭނެ މެޝިނެއް ހޮންކޮންގުގެ ސައިސްޓިސްޓަކު އުފައްދައިފި އެވެ.

އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) ބޭނުންކޮށްގެން ހަދާފައިވާ ރެޓިނަލް ސްކޭން މެޝިނުގެ އެހީގައި އުމުރުން ހަ އަހަރުން ދަށުގެ ކުދިންގެ ލޮލުގެ ރެޓިނާ ވެސް ސްކޭންކޮށްގެން އެއީ އޯޓިޒަމް ބަލި ހުރެ ކުއްޖެއްތޯ ދެނެގަނެވޭނެ އެވެ. މި މެޝިން މަސައްކަތްކުރާ ގޮތަކީ އޭގައި އިންނަ ހައި ރިޒޮލިއުޝަން ކެމެރާ އާއި އޭއައި އެކުލެވޭ ކޮމްޕިއުޓަ ސޮފްޓްވެއާއެއްގެ އެހީގައި ރެޓީނާގެ ފައިބަ ފަށަލަ އާއި ލޮލުގެ ލޭ ނާރުތަކުގެ ހާލަތު ދެނެގަނެ، އޯޓިޒަމްގެ އެއްވެސް އަލާމާތެއް ހުރިތޯ އަންގައި ދިނުމެވެ.

މެޝިން އުފެއްދި ޗައިނީޒް ޔުނިވަސިޓީ އޮފް ހޮންކޮންގުގެ ޕްރޮފެސަރު ބެނީ ޒީ ވިދާޅުވީ މެޝިނުގެ މައިގަނޑު ބޭނުމަކީ ކުދިންގެ ވީހާ ވެސް ޅަފަތުގައި އޯޓިޒަމް ހުރިތޯ ވީހާ ވެސް ފަސޭހައިން ދެނެގަތުން ކަމަށެވެ.

"އޭގެ ސަބަބުން ފަރުވާ އަވަސްކުރެވި ބަލިން ރައްކާތެރިކަން ހޯދަން މަގުފަހިވެގެން ދާނެ،" އޭނާ ވިދާޅުވި އެވެ.

ބެނީ ވިދާޅުވި ގޮތުގައި އަމާޒަކީ މި އަހަރުގެ ތެރޭގައި މެޝިން ބާޒާރަށް ނެރުމެވެ. އެކަމަކު އެއީ ކިހާ ހިސާބެއްގައި ކަމެއް ވިދާޅެއް ނުވެ އެވެ.

އޭނާ ވިދާޅުވީ މެޝިނުން މިހާތަނަށް ހެދި ޓެސްޓްތަކަށް ބަލާ އިރު މިއީ ވަރަށް އުންމީދީ އުފެއްދުމެކެވެ. އެގޮތުން ޓެސްޓްކުރި 6-13 އަހަރާ ދެމެދުގެ 70 ކުދިންގެ ނަތީޖާތަކަށް ބަލާ އިރު، ނަތީޖާގެ ސައްހަކަން 95.7 ޕަސަންޓަށް ކަށަވަރުކޮށްދެ އެވެ.

ބެނީގެ މި އުފެއްދުމުގެ ވާހަކަ އީކްލިނިކަން ޖާނަލްގައި ވެސް ޝާއިއުކޮށްފައިވެ އެވެ.