01 ސެޕްޓެމްބަރ 2016
ހޮންކޮންގުގެ އަނާނާ ޖަމިއްޔާ އިން ދުނިޔޭގެ އޯޓިޒަމް ކުދިންނަށް ހާއްސަކޮށްފައިވާ މުބާރާތެއްގައި ރާއްޖޭގެ ހަތް ކުއްޖަކު ބައިވެރިކޮށްފި އެވެ.
ހޮންކޮންގުގެ އަނާނާ ޖަމިއްޔާ އިން ދުނިޔޭގެ އޯޓިޒަމް ކުދިންނަށް ހާއްސަކޮށްފައިވާ މުބާރާތެއްގައި ރާއްޖޭގެ ހަތް ކުއްޖަކު ބައިވެރިކޮށްފި އެވެ.
މިއީ، އޯޓިޒަމް ކުދިންގެ ހުނަރު ދުނިޔެ އަށް ދައްކާލައި، އެ ކުދިންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތެކެވެ. ދުނިޔޭގެ 22 ގައުމަކުން ބައިވެރިވެފައިވާ މި މުބާރާތުގައި ރާއްޖޭގެ ހަތް ކުއްޖަކު ބައިވެރިކުރީ އޯޓިޒަމް އެސޯސިއޭޝަންގެ ދަށުން ހިންގާ މާލޭ އޯޓިޒަމް ސެންޓަރަށް ލިބުނު ދައުވަތެއްގަ އެވެ. ރާއްޖޭގެ ދަރިވަރުން ބައިވެރިކުރީ މިއުޒިކަށް ހާއްސަ ކެޓަގަރީގަ އެވެ.
މި ކުދިން ކިޔާފައިވާ ލަވަތަކާ އެކު މިހާރު ވަނީ އޮންލައިންކޮށް ވޯޓަށް ހުޅުވާލައިފަ އެވެ. މި މުބާރާތުގައި ހުނަރުވެރި ކުދިން ހޮވަނީ ފޭސްބުކްގައި ލިބޭ ވޯޓުގެ އަދަދުންނާއި ޖަޖުންގެ މާކްސް އިންނެވެ. ރާއްޖޭގެ ކުދިން ބައިވެރިވި ކެޓަގަރީން އެ ކުދިން އުޅެނީ ކުރީގަ އެވެ.
މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ މޭނޭޖިން ޑިރެކްޓަރު އިފްހާމް ހުސެއިން ވިދާޅުވީ މުބާރާތުގައި ބައިވެރި ކުރި ހުރިހާ ކުދިންނަކީ ވެސް ވަރަށް ހުނަރުވެރި ކުދިން ކަމަށެވެ. ދިވެހިންގެ ވޯޓާއެކު އޭގެ ތެރެއިން ކުއްޖަކު މުބާރާތުން އެއް ވަނަ ލިބުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ ވޯޓު ވަރަށް މުހިއްމު މި ކުދިންނަށް. މި މަހު ހަތަކާ ހަމައަށް އޮންލައިންކޮށް ވޯޓު ދެވޭނެ،" އިފްހާމް ވިދާޅުވި އެވެ.
މުބާރާތުގައި ބައިވެރިވި ކުދިންނަށް ވޯޓުދޭން އެދި އޯޓިޒަމް އެސޯސިއޭޝަނުން ފޭސްބުކްގައި އާއްމުކޮށްފައި.
މުބާރާތުން އެއް ވަނަ ލިބޭ ކުއްޖަކަށް ހާއްސަ އިނާމެއް ދޭން ހޮންކޮންގުގެ ޖަމިއްޔާ އިން ވަނީ ނިންމައިފަ އެވެ.
މުބާރާތުގައި ބައިވެރިވި ކުދިންނާއި އެ ކުދިންގެ ލަވަތައް ވަނީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ފޭސްބުކްޕޭޖްގައި ޝެއާކޮށްފަ އެވެ. އެ ޕޭޖުން އެ ކުދިންނަށް ވޯޓު ދެވޭނެ އެވެ.
މި މުބާރާތުގައި ރާއްޖެ އިން 5 އަހަރާއި 13 އަހަރާ ދެމެދުގެ ކުދިން ބައިވެރިކުރިއިރު އެހެން ގައުމުތަކުން ވަރަށް ދޮށީ އުމުރުގެ ކުދިން ވެސް ބައިވެރިކޮށްފައިވާ ކަމަށް އިފްހާމް ވިދާޅުވި އެވެ. އެއީ، މުބާރާތުގައި ބައިވެރިވި ދިވެހި ކުދިންނަށް އޮތް ޗެލެންޖަކަށް ވާތީ މުއްދަތު ހަމަވުމުގެ ކުރިން މި ކުދިންނަށް ވޯޓު ދިނުމަށް އިފްހާމް އެދެ އެވެ.
ލޮލުގެ ރެޓިނާ ސްކޭންކޮށްގެން އޯޓިޒަމް ހުރިތޯ ބަލާ މެޝިނެއް
ޑރ. ފަޒްނާ: އާއިލާތަކަށް ހިތްހަމަޖެހުން ގެނެސްދީފި
ލިޕް ބާމް ކަލެކްޝަނަކުން 6 އަހަރުގައި ރެކޯޑެއް
ފުޓްބޯޅައިން ރެކޯޑް ހަދަމުން އަންނަ ކުއްޖެއް
ޖަޕާނުން އޯޓިޒަމް އެސޯސިއޭޝަނަށް ބޮޑު އެހީއެއް
ކުއްޖާ އެބޯޓްކުރީ ޑޮކްޓަރުންގެ ލަފައާއެކު
ރޭޕްގެ މައްސަލާގައި ޅިޔަނު ޝަރީއަތް ނިމެންދެން ބަންދު
އޯޓިސްޓިކް ކުއްޖަކު ރޭޕްކޮށް ބަނޑުބޮޑުވި މައްސަލަބަލަނީ
އޯޓިސްޓިކް ކުދިންނަށް ނިއުލެގޫންއިން ފަތަން ދަސްކޮށްދެނީ
އުމުރުން 14 މަހުގައި ވެސް އޯޓިޒަމަށް ޓެސްޓްކުރެވިދާނެ