07 ޖޫން 2023
"ޖަވާބު" ކުންފުންޏާއި ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) ގުޅިގެން، ލޯފަން މީހުންނަށް ހާއްސަކޮށްގެން ޑިޖިޓަލް ދިވެހި ކޮންޓެންޓުތައް ރިއަލް-ޓައިމް ކޮށް އަޑުއެހޭނެ "ޓެކްސްޓް ޓު ސްޕީޗް (ޓީޓީއެސް)" އެޕްލިކޭޝަނެއް ތައްޔާރުކުރުމަށް ނިންމައިފި އެވެ.
"ޖަވާބު" ކުންފުންޏާއި ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) ގުޅިގެން، ލޯފަން މީހުންނަށް ހާއްސަކޮށްގެން ޑިޖިޓަލް ދިވެހި ކޮންޓެންޓުތައް ރިއަލް-ޓައިމް ކޮށް އަޑުއެހޭނެ "ޓެކްސްޓް ޓު ސްޕީޗް (ޓީޓީއެސް)" އެޕްލިކޭޝަނެއް ތައްޔާރުކުރުމަށް ނިންމައިފި އެވެ.
ޔޫއެންޑީޕީގެ މިޔަހެލި ޕްރޮޖެކްޓުގެ ދަށުން ބީވީއައިއެސްއެމް އަށް ލިބުނު ފަންޑުން މި އެޕްލިކޭޝަން ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ "ޖަވާާބު" ކުންފުނިންނެވެ. އެ އޮފީހުގައި ބޭއްވި ބޭއްވި ބައްދަލުވުމެއްގައި ދެފަރާތުން މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
އެމްޑީ ޖައިލަމް (ވ) އަދި ބީވީއައިއެސްއެމްގެ އިންތިޒާމް ސެކެޓްރީ އަބްދުއްރައްޒާގް އެއްބަސްވުމުގައި ސޮއިކުރައްވަނީ --ފޮޓޯ: ނިޝާން އަލީ | މިހާރު
މި ޕްރޮޖެކްޓާ ގުޅޭ ގޮތުން "ޖަވާބު"ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖައިލަމް ވިދާޅުވީ އަލަށް ހަދާ މި އެޕްލިކޭޝަންގެ އެންމެ ހާއްސަކަމަކީ ރިއަލް-ޓައިމް ނުވަތަ ފޯނު ބޭނުންކުރާއިރު ސްކްރީނަށް އަރާ ދިވެހި ކޮންޓެންޓުގެ އޯޑިއޯ ވަގުތުން އިވުން ކަމަށެވެ.
"މަސައްކަތް ކުރާނީ ރިއަލް-ޓައިމް އޯޑިއޯ އެޕްލިކޭޝަންގައި ހިމެނުން. އެއީ އެންމެ މުހިންމު ފީޗާއަކީ. މީގެ ކުރިން އަޅުގަނޑުމެން ތައްޔާރުކުރި މިފަދަ ޓީއެސްއެސް (ޓެކްސްޓް ޓު ސްޕީޗް) އެޕްގައި އޯޑިއޯ އެއް ސިކުންތު ލަސް. އަޅުގަނޑުމެންނަށް އެއީ ކުޑަވަގުތުކޮޅަކަށް ވިޔަސް، ލޯފަން ކުދިންނަށް އެކަމުގެ ސަބަބުން އުނދަގޫވާނެ. އެހެންވެ، މިފަހަރުގެ އަމާޒަކީ ވަގުތުން ވަގުތަށް އޯޑިއޯ ލިބުން،" ޖައިލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މި އެޕް އުފެއްދުމަށް ބޭނުންކުރާނީ ޔޫއެންޑީޕީން ބީވީއައިއެސްއެމް އަށް ދީފައިވާ 300،000 ރުފިޔާގެ ފަންޑެވެ. އަމާޒަކީ ހަ މަސްދުވަސް ތެރޭގައި މަސައްކަތް ނިންމާލުން ކަމަށް ވެސް ވިދާޅުވި އެވެ.
ޖަވާބުގެ އެމްޑީ ޖައިލަމް "މިހާރު"އާ ވާހަކަ ދައްކަވަނީ. ---ފޮޓޯ: ނިޝާން އަލީ | މިހާރު
"ފުރަތަމަ ތައްޔާރު ކުރާނީ އެންޑްރޮއިޑް އެޕެއް. އޭގެ ފަހުން އަޅުގަނޑުމެން ވިންޑޯސް އަދި އައިއޯއެސް އަށް ވެސް މި އެޕް ތައްޔާރުކުރާނަން" ޖައިލްމް ވިދާޅުވި އެވެ.
އޭގެ އިތުރުން، މި އެޕްލިކޭޝަން މެދުވެރިކޮށް ދިވެހިން ހަދާފައި ހުންނަ ޕީޑީއެފް އަޑުއަހާލެވޭއިރު، ދިވެހިން ލިޔެފައިވާ އެއްޗެއް ފޯނުން ފޮޓޯނެގުމުން އެ ފޯޓޯގައި ފެންނަން ހުރި ލިޔުން ވެސް ދިވެހިން އަޑުއެހޭނެ އެވެ.
އިނގިރޭސި ޓީޓީއެސް އެޕްތަކާއި ސޮފްޓްވެއާތަށް ވަރަށް ގިނަ އެވެ. ފޯނު ނުވަތަ ކޮމްޕިއުޓަރު ފަދަ ޑިވައިސްތަކުގެ ސްކްރީނުގައި ހުންނަ އިނގިރޭސި ކޮންޓެންޓު ރިއަލް-ޓައިމް ކޮށް އޯޑިއޯ އަޑުއެހެ އެވެ. ނަމަވެސް، ރިއަލް-ޓައިމްކޮށް ދިވެހި ކޮންޓެންޓު އަޑުއެހޭ އެޕެއް އުފައްދާ މިއީ ފުރަތަމަ ފަހަރެވެ.
ބީވީއައިއެސްއެމްގެ އިންތިޒާމް ސެކެޓްރީ އަބްދުއްރައްޒާގް "މިހާރު"އާ ވާހަކަ ދައްކަވަނީ. ---ފޮޓޯ: ނިޝާން އަލީ | މިހާރު
"އަޅުގަނޑުމެންނަށް ކުރިން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހިން ލިޔެފައި ހުންނަ އެއްޗިސް ކިޔަން އުނދަގޫވުން. ކޮންމެ ފަހަރަކު ޖެހެނީ މީހެއް ކައިރިއަށް ގޮސްގެން ރެކޯޑް ކުރަން. އެކަމަކު، މި އެޕްގެ ސަބަބުން އެކަމަށް ބޮޑު ލުއިތަކެއް ލިބި، ލޯފަން މީހުންނަށް، ހާއްސަކޮށް ކިޔަވާ ކުދިންނަށް ފައިދާކުރާނެ" ބީވީއައިއެސްއެމްގެ އިންތިޒާމް ސެކެރެޓަރީ އަބްދުއްރައްޒާގް ވިދާޅުވި އެވެ.
ޖަވާބު ކުންފުންޏާއި "މިހާރު" ނޫސް ގުޅިގެން މިދިޔަ މަހު ވަނީ މި ނޫހުގައި ޝާއިއުކުރާ ލިޔުންތަކުގެ އޯޑިއޯ އަޑުއެހޭނެ ފަދަ ޓީޓީއެސް ފިޗާއެއް ތައާރަފްކޮށްފަ އެވެ. އޭގެ ސަބަބުން ވެސް ގިނަ ލުއިފަސޭހަތަކެއް ލިބުނު ކަމަށް އަބްދުއްރައްޒާގް ވިދާޅުވި އެވެ.
ޖަވާބު ކުންފުނިން ބުނި ގޮތުގައި ދިވެހި ބަހުން މިފަދަ ޓެކްނޮލޮޖީތައް އުފެއްދުމުގެ މަރުހަލާ އަދި އޮތީ ވަރަށް ޅަފަތުގަ އެވެ. މަސައްކަތް ކުރަމުން އަންނަނީ އެ އެޕްތައް އެއް ވާޝަނުން އަނެއް ވާޝަނަށް ބަދަލުކުރާއިރު އިތުރު ފުރިހަމަކަން ގެނައުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެކްސެންޓް ފަސޭހަކޮށްދޭން ނުކުތް ތިން ޒުވާނުން
ސެމްސަންގަށް ދައުވާކުރަނީ
އައިފޯނަށް ބީބީސީގެ ނަމުގައި އޭއައިގެ ފޭކް ނިއުސްއެއް
އޭއައި ބޭނުންކޮށްގެން ގާސިމްގެ ނަމުގައި ސްކޭމެއް!
އައިކެއާއިން އޭއައިގެ އެހީގައި އައިނުގެ މިންތައް ނަގަނީ
އޭއައިއާ ގުޅޭ މާސްޓާ ޕްލޭނެއް އެކުލަވާލަނީ
މަސްވެރިން އޮކްޓޯބަރު 1ގެ ކުރިން ދަފްތަރުވާން ޖެހޭ
ސިއްހީ މައްސަލަތަކާ ގުޅޭ ފޭކް ވީޑިއޯތައް ގިނަވެއްޖެ
ދިވެހި ޖީޕީޓީން ސިޓީ، ޅެން އަދި ރައިވަރު ހެދޭނެ
ދިވެހި ބަހުން ދައްކާ ވާހަކަ ލިޔުމަށް ބަދަލުކުރާ އެޕެއް