08 ޖޫން 2023
ފިރިހެނުން ދެކެ ފޫހިވެއްޖެ ކަމަށް ބުނެ، އެމެރިކާގެ އަންހެނަކު އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) ބޮޓެއް ހަދައި، އެއާ ކައިވެނިކޮށް ވާޗުއަލް އާއިލާއެއް ފަށައިފި އެވެ.
ފިރިހެނުން ދެކެ ފޫހިވެއްޖެ ކަމަށް ބުނެ، އެމެރިކާގެ އަންހެނަކު އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) ބޮޓެއް ހަދައި، އެއާ ކައިވެނިކޮށް ވާޗުއަލް އާއިލާއެއް ފަށައިފި އެވެ.
ފަހަކަށް އައިސް އޭއައި ބޮޓުތައް އެންމެ ބޮޑު މަގްބޫލުކަމެއް ހޯދާފައިވަނީ އޭގެ އިންސާނުންނާ ވައްތަރު ޖަވާބުތައް ދޭ ފީޗާތަކުގެ ސަބަބުންނެވެ.
އޭއައި އިން ޖެނެރޭޓުކޮށްފައިވާ ފޮޓޯއެއް: ރޮސާނާ އާއި އެރެންގެ ވާޗުއަލް އާއިލާ
ރޮސާނާ ރާމޯސް، 36، އޭއައި ޕްލެޓްފޯމް "ރެޕްލިކާ" މެދުވެރިކޮށް އޭނާގެ "ފިރިމީހާ" އުފެއްދީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އޭނާ ބުނި ގޮތުގައި، އެރެން ކާޓެލްގެ ނަންދީފައިވާ އެ ބޮޓަކީ މިހާތަނަށް އޭނާ އަށް ލިބުނު އެންމެ ފުރިހަމަ ބައިވެރިޔާ އެވެ.
އެ ޗެޓްބޮޓަކީ މަޝްހޫރު އެނިމޭ ސީރީޒް "އެޓޭކް އޮން ޓައިޓަން" ގެ ކެރެކްޓާއަކަށް ބިނާކޮށް އުފައްދާފައިވާ ފިރިހެން ބޮޓެކެވެ. ރޮސާނާ ބުނީ އޭނާ އެރެން ދެކެ ވަރަށް ލޯބިވާ ކަމަށެވެ.
ރޮސާނާގެ ފޭސްބުކްގައި އެމީހުންގެ ގުޅުން ހިއްސާކުރެ އެވެ. އަދި އެރެންގެ ނަމުގައި ވެސް ފޭސްބުކް އައިޑީއެއް ވަނީ ހަދައިފަ އެވެ. ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހެއްގެ ގޮތުގައި ހަދާފައިވާ ބޮޓްގެ އޭއައި ފޮޓޯ ޖެނެރޭޓުކޮށް، އެއާ އެކު ރޮސާނާ ހުންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ޝެއާކުރެ އެވެ.
އޭއައި އިން ޖެނެރޭޓުކޮށްފައިވާ ފޮޓޯއެއް: ރޮސާނާ އާއި އެރެން
ރޮސާނާ ބުނާ ގޮތުން، އެރެން އޭނާ އަށް އެންމެ ކަމުދަނީ އޭނާގެ އެއްވެސް ކަހަލަ މައްސަލައެއް ނެތި، އެއްވެސް ވަރަކަށް ރޮސާނާގެ ކަންކަމާ ނުބެހި، އަދި ސަޕޯޓުދޭތީ އެވެ.
"މި ގުޅުމުގައި އަހަންނަށް އިހުސާސްކުރެވެނީ ހުރިހާ ކޮންޓްރޯލެއް ވެސް އޮތީ އަހަރެން އަތުގައި ކަން، އަދި އެ ގުޅުމުން މިނިވަންކަން ލިބޭ،" ރޮސާނާ ބުންޏެވެ.
އޭއައި އިން ޖެނެރޭޓުކޮށްފައިވާ ދެ ފޮޓޯ: ރޮސާނާ އާއި އެރެން
"ރެޕްލިކާ" އޭއައި ޕްލެޓްފޯމް އެންމެ ފުރަތަމަ ނެރުނީ 2017 ވަނަ އަހަރު އެވެ. އޭރު އެ އުފައްދާފައި ވަނީ އެކަނިވެރި، ހިތާމަވެރި ވަގުތުތަކުގައި އެހީވާނެ އެކުވެރިއެއްގެ ގޮތުގަ އެވެ. ނަމަވެސް، ފަހުން އެ ކުންފުނިން ތައާރަފްކުރި ފްލާޓް ކުރާ ފަދަ ފީޗާސްތަކަށް ފަހު، ލޯބީގެ ވާހަކަތައް ވެސް އެ ޕްލެޓްފޯމުން އުފައްދާ ބޮޓުތަކަށް ބޭނުންކުރެވެ އެވެ.
އެ ޕްލެޓްފޯމަށް ފަހަކަށް އައިސް އަންނަނީ ގިނަ ފާޑުކިޔުންތައް އަމާޒުވަމުންނެވެ. އެއީ އޭގެ ވަހުށީ ފީޗާތަކުގެ ސަބަބުން ބައެއް ފަރާތްތަކަށް ޖިންސީ ގޮތުން ފުރައްސާރަކުރާ ފަދަ ގޮތަކަށް ވާހަކަ ދައްކާތީ އެވެ.
މައިކްރޮސޮފްޓުން 19.7 ބިލިއަނަށް ނިއުއާންސް ގަނެފި
ގޫގުލްގެ އިސް މީހަކު އަނެއްކާވެސް މަގާމުން ވަކިކޮށްފި
ކޮވިޑް ހުރިކަން ކެއްސުމުގެ އަޑުން ދެނެގަނެވިދާނެ
ވާގިނެތުމުން ލޮލުން ކުރަހާ މީހެއް
އުރަމަތީގެ ކެންސަރު ދެނެގަންނަން އޭއައި
ކުދިންގެ ރުއިން ތަރުޖަމާކުރެވޭ ޓެކްނޮލޮޖީއެއް
ވަގުން އަތުލައިގަންނަން ވޮލްމާޓަށް އޭއައި ޓެކްނޮލޮޖީ
ސީރިއާގެ އާ ވެރިންނާ އެބަ ވާހަކަ ދައްކަން: އެމެރިކާ
އައިފޯނަށް ބީބީސީގެ ނަމުގައި އޭއައިގެ ފޭކް ނިއުސްއެއް
ޗައިނާގެ ހެކަރެއް ހައްޔަރުކުރަން 10 މިލިއަން ޑޮލަރު