02 ނޮވެމްބަރ 2020
ސާރާ އެޒިކީލް އަކީ ކުރިމަތިވެފައިވާ ބައްޔަކާ ހެދި ހަށިގަނޑުގައި ވާގި ނެތް މީހެކެވެ. އޭނާ އިންނަން ޖެހެނީ ގޮނޑިއެއްގަ އެވެ. އާންމު ދިރިއުޅުމުގެ ހުރިހާ ކަމެއް ވެސް ކުރަން ޖެހެނީ އެ ގޮނޑީގައި އިނދެގެންނެވެ. އެއީ 20 އަހަރު ކުރިން އުމުރުން 34 އަހަރުގައި ދިމާވި ބައްޔަކާ ހެދި އެވެ. ދެވަނަ ދަރިފުޅަށް ބަލިވެއިންދައި ދިމާވި މޮޓޯ ނިއުރޯމް ޑިޒީޒްގެ ސަބަބުން ދިރިއުޅުން ބޮޑު ތަކުލީފަކަށްވީ އެވެ.
ސާރާ އެޒިކީލް އަކީ ކުރިމަތިވެފައިވާ ބައްޔަކާ ހެދި ހަށިގަނޑުގައި ވާގި ނެތް މީހެކެވެ. އޭނާ އިންނަން ޖެހެނީ ގޮނޑިއެއްގަ އެވެ. އާންމު ދިރިއުޅުމުގެ ހުރިހާ ކަމެއް ވެސް ކުރަން ޖެހެނީ އެ ގޮނޑީގައި އިނދެގެންނެވެ. އެއީ 20 އަހަރު ކުރިން އުމުރުން 34 އަހަރުގައި ދިމާވި ބައްޔަކާ ހެދި އެވެ. ދެވަނަ ދަރިފުޅަށް ބަލިވެއިންދައި ދިމާވި މޮޓޯ ނިއުރޯމް ޑިޒީޒްގެ ސަބަބުން ދިރިއުޅުން ބޮޑު ތަކުލީފަކަށްވީ އެވެ.
މިކަމެއް ފުރަތަމަ ދިމާވީ ވާތަށެވެ. އަތުގެ ވާގި މަޑުމަޑުން ދޫވަމުން ގޮސް އެންމެ ފަހުން މޮޓޯ ނިއުރޯ ޑިޒީޒްގެ ނަމުން މަޝްހޫރު އެމިއޮޓްރޮފިކް ލެޓެރަލް ސްކެލެރޯސިސް (އޭއެލްއެސް) ގެ ޝިކާރަކަށްވީ އެވެ.
"މި ބަލީގެ ކުރިން އަހަންނަކީ ހަމަ ވަރަށް އާދައިގެ ދިރިއުޅުމެއް އުޅުނު ފުލް ޓައިމް މަންމައެއް. ގޭގެ ހުރިހާ މަސައްކަތެއް ކުރަމުން ކަސްރަތު ކުރުން ފަދަ ކަންކަމަކީ ކުރިން އަހަރެންގެ ހަޔާތުގެ ވަރަށް މުހިއްމު ކަންކަން،" ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި، ޓެކްސްޓުން މުއާމަލާތްކުރަމުން ސާރާ ބުންޏެވެ.
ސާރާ ބުނީ ބަލީގެ ފުރަތަމަ ފަސް އަހަރަކީ ވަރަށް ހިތްދަތި، އެކަނިވެރި ދުވަސްތަކެއް ކަމަށެވެ.
The fun you can have with a Klimt painting that looks a bit like you! #art pic.twitter.com/t5XMmc7QLU
— eyegazeartist (@sarahezekiel) September 18, 2020
"މިހާރު އަހަންނަކަށް ވާހަކައެއް ވެސް ނުދެއްކޭ. ހަށިގަނޑު ބޮޑެތި ގުނަވަންތަކުން އެއްވެސް ހަރަކާތެއް ނުކުރެވޭ. އެކަމަކު ޓެކްނޮލޮޖީ އަހަންނަށް ދިރުން ގެނެސްދީފި. އުންމީދު އާކޮށް ދީފި،" ސާރާ ބުންޏެވެ.
ސާރާގެ ހަޔާތުން ދައްކުވައި ދެނީ ބައްޔަކާ އެކު ވެސް ހަޔާތުގެ ބާކީ އޮތް ދުވަސްތައް އުފެއްދުންތެރިކޮށް ހޭދަކުރެވިދާނެ ކަމެވެ. ޓެކްނޮލޮޖީގެ އެހީގައި މިހާރު ކޮންމެ ކަމެއް ވެސް ކުރެވިދާނެ އެވެ. ސާރާ އަކީ ކުރެހުމަށް ވަރަށް ބޮޑަށް ލޯބިކުރާ މީހެކެވެ. އެހެންވެ މިހާރު އޭނާ އަށް އާންމުންގެ ސަމާލުކަން ހުއްޓިފައި ވަނީ ކުރެހުންތަކުންނެވެ. އެކަމަކު އެ ވެސް ވަރަށް އާދަޔާހިލާފު ގޮތަކަށެވެ.
— Adhushan (@Adhushan1) November 1, 2020
އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) ގެ އެހީގައި ތަރައްގީކޮށްފައިވާ ސިސްޓަމެއް މެދުވެރިިކޮށް ސާރާ އޭނާގެ ސިކުނޑި އާއި ހިތަށް ތަސައްވުރުވާ ތަސްވީރުތައް ގެނެސްދެނީ ލޮލުން ކުރަހައިގެންނެވެ. އޭނާގެ އިށީނދެގެން ހުންނަ ގޮނޑީގައި ހަރުކޮށްފައިވާ ސްމާޓް ޑިސްޕްލޭއެއްގެ އެހީގައި ސާރާ އަންނަނީ ލޮލުގެ ހަރަކާތްތަކުން ކުރެހުމުގެ ހުނަރުވެރިކަން ދައްކަމުންނެވެ. މިކަމަށް އޭނާ ބޭނުންކުރާ ޓެކްނޮލޮޖީ އަކީ ލޮލަށް ހާއްސަ ޑިވައިސްތައް އުފައްދާ ކުންފުންޏެއް ކަމަށްވާ ޓޯބީ ޑައިވޮކްސްގެ ޓެކްނޮލޮޖީއެކެވެ.
ސާރާ ލޮލުގެ ހަރަކާތުން ކުރަހަން ބޭނުންކުރާ ޑިވައިސް އުފައްދާފައި ހުންނަނީ ޕްރޮޖެކްޓަރާއި ކެމެރާ އާއި އެލޮގްރިދަމް ފަދަ ވަސީލަލްތަތްކުގެ އެހީގައި އޭނާގެ ލޮލުގެ ކަޅީގެ ހަރަކާތްތައް ސިފަކޮށް މަންޒަރު ތަސްވީރަކަށް ބަދަލުކޮށްދޭ ގޮތަށެވެ.
މި މަސައްކަތް އޭނާ ތަޖުރިބާކުރާތާ މިހާރު އަށެއްކަ އަހަރުވެއްޖެ އެވެ. އެތައް ބަޔަކަށް ސާރާ މަސައްކަތް ވެސް ފެނިފައިވެ އެވެ. އެގޮތުން "އައި ގޭޒް" ޑިވައިސްގެ އެހީގައި އޭނާ ގެނެސްދިން އަލަތު ކުރެހުން "ޕީސްފުލް ވޮރިއާ" އަކީ އާ ބާބެއްގެ ފެށުމެވެ. މިހާތަނަށް ސާރާގެ ކުރެހުންތައް ދައްކައިލި މައުރަޒުތަކެއް އިނގިރޭސިވިލާތާއި ގަތަރު ފަދަ ތަންތަނާގައި ވެސް ބާއްވައިވެ އެވެ.
"ކުރެހުމަކީ މިހާރު އަހަރެންގެ ހުރިހާ ވެސް ޕެޝަނަކީ. މިކަމަށް ހޭދަކުރާ ވަގުތަށް ވުރެ އަހަރެން ގަޔާވާކަމެއް މިހާރަކު ނެތް. އެއްޗެއް ކުރަހަންޏާ އަހަންނަކީ މުޅިން އެކަމަށް ފޯކަސް ދީގެން އެކަން ކުރާ މީހެއް،" ސާރާ ބުންޏެވެ. "މީގެ ސަބަބުން އަހަރެންގެ އުދާސްތަކާއި ނުތަވަސްކަން އެއްކޮށް ފިލައިގެންދޭ."
އޭނާ ބުނީ ތަފާތު ގޮތަކަށް ޓެކްނޮލޮޖީގައި އެހީގައި ކުރަހަން ޖެހުނަސް މިއީ ހަމަ އަތުން ކުރެހުން ކަހަލަ އިހުސާސެއް ކަމަށެވެ.
"އަހަންނަކަށް މާ ބޮޑު ތަފާތެއް އިހުސާސެއް ނުކުރެވޭ. އަތުން ކުރެހި އިރު އެ ގެންގުޅުނު ޓެކްނިކްސް އަހަރެން ލޮލުން ވެސް ހަމަ މި ބޭނުން ކުރަނީ ކުރެހުމެއް ނިންމައިލަން." ސާރާ ބުންޏެވެ.
އޭނާ ބުނީ ވަރަށް އަވަހަށް އިނގިރޭސިވިލާތުގައި ކުރެހުންތައް ދައްކައިލަން މައުޒަރެއް ބާއްވާނެ ކަމަށެވެ. އަދި އެކަމަށް ތައްޔާރުވާތާ ދުވަސްތަކެއްވެއްޖެ ކަމަށް ބުންޏެވެ.
"ކޮވިޑް ބަލިމަޑުކަމުގެ ހާލަތުން އަރައިގަނެވުނުހާ އަވަހަކަށް އަލުން އެގްޒިބިޝަނެއް ބާއްވާނަން،" ސާރާ ބުންޏެވެ. "ޓެކްނޮލޮޖީން އަހަންނަށް އާ ހަޔާތެއް ހޯދައި ދީފީ. މީގެ ބޭނުން ވަރަށް ފުރިހަމަ އަށް އަބަދު ވެސް ހިފަން މަސައްކަތްކުރާނަން."
ގޫގުލްގެ އިސް މީހަކު އަނެއްކާވެސް މަގާމުން ވަކިކޮށްފި
އެމެރިކާގެ އަންހެނަކު އޭއައި ބޮޓަކާ "ކައިވެނިކޮށްފި"
އެފްރިކާ އަންހެނުން ބާރުވެރިކުރުމަށް އެމެރިކާ އެހީވަނީ
އާ ހުކުމަކުން އެމެރިކާގައި އެބޯޝަންގެ ބަހުސް ހޫނުވެއްޖެ
94 އަހަރުގެ މިނީ މައުސް އަށް އާ ލުކެއް
ކޮންގްރެސްގެ މެމްބަރަކު ޓުވިޓާއިން ބޭރުކޮށްފި
ޑިޒްނީގެ އެންމެ އިސް މަގާމަށް އަލަށް އަންހެނެއް
ބޭސްގުޅަ ކަމަށް ހީކޮށް ދިރުވާލެވުނީ އެއާޕޮޑެއް!
ބިލް ގޭޓްސްއާ އިންނަން އެހީ ސަމާސާއަކަށް ކަމަށް ބުނެފި
ވިލްޑީން ބޭނުމީ އެންމެ ކުރު ފާމަސިސްޓަށް ވާން