01 ޖުލައި 2024
ރާއްޖޭގައި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީ ކުންފުނި "ޖަވާބު" ގެ ދިވެހި ޖީޕީޓީއަށް މުހިންމު އަޕްޑޭޓެއް ތަޢާރަފުކޮށްފި އެވެ.
ރާއްޖޭގައި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީ ކުންފުނި "ޖަވާބު" ގެ ދިވެހި ޖީޕީޓީއަށް މުހިންމު އަޕްޑޭޓެއް ތަޢާރަފުކޮށްފި އެވެ.
މިއީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ދިވެހިބަހުން ލިޔުމަށް އެހީތެރިވެދޭ އެޕްލިކޭޝަނެކެވެ.
ޖަވާބުގެ ސީއީއޯ މުހައްމަދު ޖައިލަމް ވިދާޅުވީ ދިވެހި ޖީޕީޓީއަކީ ދިވެހި ބަސް ދިރުވައި އާލާކުރަން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
"އަޅުގަނޑުމެންގެ މަގުސަދަކީ އޭއައިގެ ކުރިއެރުންތައް ރާއްޖޭގެ އާންމުންނާ ހަމައަށް ގެނެސްދިނުން. އަދި ޓެކްނޮލޮޖީގެ ދާއިރާގައި ދިވެހިބަސް ކުރިއެރުވުން. ދިވެހި ޖީޕީޓީގެ ސަބަބުން ދިވެހިބަހުގެ ޑިޖިޓަލް ވަސީލަތްތައް އިތުރުވެ، ދިވެހިބަހުގެ ބޭނުން އިތުރުވެގެންދާނެ ކަމަށް އަޅުގަނޑުމެން އުންމީދުކުރަން،" ޖައިލަމް ވިދާޅުވި އެވެ.
"މިއީ ހަމައެކަނި ލިޔުންތެރިކަމުގެ ވަސީލަތެއް ނޫން. މިއީ ދިވެހި ބަސް ދިރުވައި އާލާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް."
ދިވެހި ޗެޓް ޖީޕީޓީ.
ދިވެހި ޖީޕީޓީ ބޭނުންކުރަނީ އޯޕަން އޭއައިގެ ޖީޕީޓީ-4 އަދި އެންތްރޮޕިކްގެ ކްލައުޑް 3.5 ސޮނެޓް އޭއައި މޮޑެލްތަކެވެ. މިމޮޑެލްތަކުގެ އިތުރުން ޖަވާބުގެ އަމިއްލަ އޭއައި ޕްރޮންޓް އިންޖިނިއަރިންގެ އެހީގައި ދިވެހި ޖީޕީޓީން ސާފު ދިވެހި ބަހުން ތަފާތު ގިނަ ވައްތަރުގެ ލިޔުންތައް އުފެއްދެ އެވެ.
1. ސިޓީ
2. މަޒުމޫނު
3. އެއްބަސްވުން
4. ތަގުރީރު
5. ވާހަކަ
6. ޅެން
7. ރައިވަރު
އެ އެޕްލިކޭޝަންއިން ލިބޭ އިތުރު ހިދުމަތްތަކުގެ ތެރޭގައި:
- ދިވެހިބަހުން ދިރާސާކުރުމާއި މައުލޫމާތު ހޯދުން
- ދިވެހި ލިޔުންތައް ހުލާސާކުރުން
- ދިވެހި ލިޔުންތަކުގެ އިބާރާތްކުރުން އިސްލާހުކުރުން
- ކޮންމެ ބަހަކުން ވެސް ދިވެހިބަހަށް ތަރުޖަމާކުރުން
ޖަވާބުގެ ދިވެހި ޗެޓް ޖީޕީއަށް އަލަށް ރަޖިސްޓްރީވާ މީހުންނަށް އެޕްލިކޭޝަން ޓެސްޓް ކޮށްލުމަށް ހިލޭ ފަސް ސުވާލު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އިތުރު ސުވާލުތައް ކުރުމަށް ޕެކޭޖްތައް ޖެހޭނީ ގަންނާށެވެ.
Dhivehi GPT
Experimental Dhivehi AI content generation platform.
javaabu
ދިވެހި ޖީޕީޓީ ވެބްސައިޓް
އެ ކުންފުނިން ބުނީ ކުރިއަށް އޮތް ތަނުގައި މިއެޕްލިކޭޝަން އިތުރަށް ފުރިހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
"އެގޮތުން އެޕްލިކޭޝަން މެދުވެރިކޮށް ލިޔުން އަޑަށް ބަދަލުކުރެވޭނެ ގޮތް އަދި އަޑުން ލިޔެވޭނެ ގޮތް ވަރަށް އަވަހަށް ތައާރަފް ކުރެވިގެންދާނެ. އަދި ދިވެހި ސްކޭންކުރި ލިޔުންތައް ޑިޖިޓަލައިޒްކުރެވޭނޭ ގޮތް ވެސް އެލިކޭޝަންއަށް އިތުރު ކުރުމަށް މަސައްކަތް ދަނީ ކުރަމުން،" އެ ކުންފުނިން ބުންޏެވެ. ޖަވާބު ކުންފުންޏަކީ ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ ވަރަށް ގިނަ ޕްރޮޖެކްޓްސް ކާމިޔާބުކަމާ އެކު ފުރިހަމަކޮށް އަދި މިހާރު ވެސް ހިންގަމުން އަންނަ، ދިވެހި ޒުވާނުން ހިމެނޭ ކުންފުންޏެވެ.
އައިފޯނަށް ބީބީސީގެ ނަމުގައި އޭއައިގެ ފޭކް ނިއުސްއެއް
އޭއައި ބޭނުންކޮށްގެން ގާސިމްގެ ނަމުގައި ސްކޭމެއް!
އައިކެއާއިން އޭއައިގެ އެހީގައި އައިނުގެ މިންތައް ނަގަނީ
އޭއައިއާ ގުޅޭ މާސްޓާ ޕްލޭނެއް އެކުލަވާލަނީ
ސިއްހީ މައްސަލަތަކާ ގުޅޭ ފޭކް ވީޑިއޯތައް ގިނަވެއްޖެ
އެސްޓީއޯގެ ސްމާޓް ސްޓޯރާ އެކު ވިޔަފާރީގެ އާ މަރުހަލާ
އިންސާނުންނާއި އޭއައިގެ ހަނގުރާމައަށް ތައްޔާރުތަ؟
އެމެރިކާގެ އަންހެނަކު އޭއައި ބޮޓަކާ "ކައިވެނިކޮށްފި"
ލޯފަން މީހުންނަށް ޚާއްސަކޮށްގެން "ޖަވާބު"ގެ އެޕެއް
ތާޖު މަހަލް ހެދި އިރުގެ ތަސައްވުރެއް އޭއައި އިން