އިލްމުގެ ހަކަތައިން ވަކިވަކި ފަރުދުން ބާރުވެރިކުރުމުގެ މުހިންމުކަން ދެނެގަންނަން ޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
24 ޖެނުއަރީ 2025
އިލްމުގެ ހަކަތައިން ވަކިވަކި ފަރުދުން ބާރުވެރިކުރުމުގެ މުހިންމުކަން ދެނެގަންނަން ޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ތައުލީމު ދުވަހުގެ ޝިއާރަކީ "އޭއައި އެންޑް އެޑިއުކޭޝަން: ޕްރިޒާވިން ހިއުމަން އޭޖެންސީ އިން އަ ވޯލްޑް އޮފް އޮޓޮމޭޝަން" އެވެ.
އޭއައިއަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ތައުލީމީ ނިޒާމަށް ފުރުސަތުތައް ފަހިވެފައިވާ މި ދަނޑިވަޅުގައި އިންސާނީ ސިފަ ދެމެހެއްޓުމަކީ ވެސް މުހިންމުކަމެއް ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މިފަދަ ޒަމާނެއްގައި ފަންނިއްޔާތާއި ތައުލީމު އެއްކޮށް ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ބޭނުމަކީ މަތީފަންތީގެ އީ-ލާނިން ވަސީލަތްތަކާއި އާޓިފިޝަލް އިންޓެލިޖަންސާއި ވާޗުއަލް ރިއަލިޓީ، ތައުލީމީ ނިޒާމުގެ ތެރޭގައި ހިމަނައިގެން ރާއްޖެ ފަދަ ޖޯގްރަފީ ގޮތުން ފެތުރިފައިވާ ޖަޒީރާ ގައުމެއްގެ ކުރިމަގު، މުސްތަގުބަލުގެ ޖީލުތަކަށް އުޖާލާކުރުން ކަމަށް ވިދާޅުވި އެވެ.
ޓެކްސްޓް ފޮތްތައް ޑިޖިޓައިޒްކޮށް، ގާބިލިއްޔަތުގެ މައްޗަށް ބިނާކޮށްފައިވާ ހައިބްރިޑް އުނގެނުމުގެ މޮޑެލްއެއްގެ އެހީގައި ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމުން ކަރިކިއުލަމްގައި ޑިޖިޓަލް ޓެކްނޮލޮޖީ އެކުލަވާލަމުންދާ ކަން ފާހަގަކުރައްވައި، "ސްޓީމް" ތައުލީމުގެ އެހީގައި ތުއްތު ސިކުނޑިތަކުގައި ހުޅުކޮޅު ރޯކުރުމަކީ ރާއްޖެއަށް ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
މި ގައުމުގެ ތުއްތު ކުދިންގެ ސިކުނޑިތައް މުއްސަނދިކޮށްދީ، ހިޔާލާއި އުފެއްދުންތެރިކަމަށް ހިތްވަރުދޭ ފަދަ އަދި ބަދަލުވަމުން އަންނަ ދުނިޔޭގައި ފައިހަމަކޮށްލުމުގެ ގާބިލުކަން ލިބޭ ފަދަ، ރަނގަޅު ފެންވަރުގެ ތައުލީމު ލިބޭ ކުއްޖެއްކަން ކަށަވަރުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
ހިރިމަރަދޫ ކުދިންނަށް ހަނިމާދޫ ސްކޫލުގައި އާ އިމާރާތެއް
ސްޓޫޑެންޓް ލޯނުގެ ވަގުތީ ލިސްޓަށް 195 ޝަކުވާ
ލޯނު ލިބޭ ވަގުތީ ލިސްޓުގައި 806 ދަރިވަރުން
ހުޅުމާލެ 2 ގެ އާ ސްކޫލްގެ ނަމަކީ ޝަހީދު އަލީ
5 އޭ ސްޓާ އިން ރައީސްގެ ސްކޮލާޝިޕް 11 ދަރިވަރަކަށް
މަޖީދިއްޔާއަކީ ރާއްޖޭގެ "އިލްމީ ބަގީޗާ": ރައީސް
2027 އަށް އަރަބިއްޔާ ސްކޫލުގައި ކިޔެވޭނެ: ރައީސް
ހުރިހާ ކްލާސްރޫމެއް މި އަހަރު އޭސީ ކުރާނަން: ރައީސް
ލޯނުގައި ކިޔަވާ ކުދިންނަށް ބޭންކު ރޭޓުގައި ޑޮލަރު ދެނީ
"ކިޔެވުމުގައި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދޭނަން"