އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ނަމުގައި ޓްރޭޑިން ސްކޭމެއް ހިންގަމުންދާތީ ސަމާލުވާން އެދިއްޖެ އެވެ.
20 ނޮވެމްބަރ 2024
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ނަމުގައި ޓްރޭޑިން ސްކޭމެއް ހިންގަމުންދާތީ ސަމާލުވާން އެދިއްޖެ އެވެ.
މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސޯޝަލް މީޑިއާގައި އޭނާގެ ފޮޓޯ އާއި ވީޑިއޯ ބޭނުންކޮށްގެން އޭއައި ވީޑިއޯ ހަދައި ދައުރުކުރަމުންދާ ކަމަށެވެ.
މި ވީޑިއޯތަކުގައި އެކި ކަހަލަ އޮފްޝޯ ޓްރޭޑް ކުރުމާއި އިންވެސްޓްމަންޓްތަކުގައި ދިވެހިން ބައިވެރިވެއްޖެ ނަަމަ، އޭނާ ފުރުސަތުތައް ހޯދައިދޭ ކަމަށް ދައްކުވައިދޭ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ މި ސްކީމްތަކުގައި ބައިވެރިވެއްޖެ ނަަމަ، ރާއްޖޭގެ ގައުމީ ބޭންކް މެދުވެރިކޮށް ފައިދާ ލިބޭނެ ގޮތް ހަމަޖެހޭނެ ކަމަށް ބުނެ ފަތުރަމުންދާ ވީޑިއޯ އާއި ފޮޓޯތަކަކީ ބަޔަކު އޮޅުވާލައިގެން ހިންގަމުންދާ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.
"ރާއްޖޭގެ ގައުމީ ބޭންކް މެދުވެރިވެ މި ސްކީމުގެ ފައިދާލިބޭނޭ ގޮތް ހަމަޖެހޭނޭމަށް ބަޔާންކޮށް، އަޅުގަނޑުގެ ނަމުގައި ފަތުރަމުންދާ އޯޑިއޯ ވީޑިއޯ ކްލިޕްތަކަކީ ރައްޔިތުންގެ ތެރެއިން ބަޔަކަށް އޮޅުވާލައި، ޒަމާނީކޮށް ސްކޭމް ކުރުމުގެ ބޭނުމުގައި ހިންގަމުންދާ އޮޅުވާލުމުގެ ދަށުދަރައިޖެ އަމަލުތަކެކެވެ،" ގާސިމް ވިދާޅުވި އެވެ.
ޓެކްނޮލޮޖީގެ އެހީގައި ހިންގަމުންދާ މި ސްކޭމުތަކުގައި ނުޖެހުމަށް ގާސިމް ވަނީ އިލްތިމާސްކުރައްވައިފަ އެވެ. އަދި ހަގީގަތެއް ނެތް އެފަދަ ވީޑިއޯ ކްލިޕްތައް ވައިބާ ގްރޫޕްތަކާއި ވަޓްސްއެޕްގެ އިތުރުން ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމްތަކުގައި ވެސް ނުފެތުރުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.
"މިފަދަ ބައެއް ވީޑިއޯތަކަކީ ހަގީގަތެއް ކަމަށް ހީކޮށް ބައެއްފަރާތްތަކުން އެއީ ތެދުތޯ ބަލާލަން އަޅުގަނޑަށް ވެސް ބައެއް ފަހަރު އެފަދަ ކްލިޕްތައް ފޮނުވަމުންދާތީ ލޮބުވެތި އެންމެހާ ރައްޔިތުންގެ މައުލޫމާތަށްޓަކައި، ކަމުގެ ހަގީގަތް ހާމަކުރުމުގެ ބޭނުމުގައި މި މައުލޫމާތު ހިއްސާކޮށްލީމެވެ." އެކްސްގައި ގާސިމް އާންމުކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
ދައުރުކުރަމުން ދަނީ ގާސިމް ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއެއް ބަދަލުކޮށްގެން ހަދާފައިވާ ވީޑިއޯއެކެވެ.
މުޅި ދުނިޔޭގައި ވެސް އޭއައި ފޮޓޯ އާއި ވީޑިއޯ ފަދަ ތަކެތި ބޭނުންކޮށްގެން ސްކޭމްތައް ހިންގުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. ރާއްޖޭގައި ވެސް މިފަދަ ކޮންޓެންޓް ސޯޝަލް މީޑިއާގައި ދައުރުކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
މަކަރާއި ހީލަތުން ފައިސާ ނަގަމުން ދިޔަ މީހަކު ޖަލަށް
މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް
ހައްގު ހޯދަން ކަރަން ޖޯހަރު ވެސް ހައި ކޯޓަށް
ފޭކް ސްލިޕުން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި
މާފުށީ ޖަލުން 33 ފޯނު އަތުލައިގެންފި
އައިޝްވަރިޔާގެ ފަހަތުން އަބީޝެކް ވެސް ހައި ކޯޓަށް
ކްރިކެޓް އޮފީސް ނަހަމަ ގޮތުގައި ބޭނުންކުރުމުން ފިޔަވަޅު
ދަރިވަރުންގެ އަތުން 40،000 ޑޮލަރު ނެގި ސްކޭމެއް!
އޭއައި ބޭނުންކޮށްގެން ފޮޓޯ ހަދާތީ ހައި ކޯޓަށް
ބްލެކްމެއިލް ކުރުމުގައި އުޅޭ ދެ މީހަކު ހައްޔަރުކޮށްފި