ޑޮކްޓަރުކަން ކިޔަވަން ބޭރަށް ދާން އުޅުނު ދަރިވަރުންތަކަކަށް އޮޅުވާލައި، މަކަރު ހަދައި މޯލްޑިވްސް ކްރިކެޓް ބޯޑު (ސީބީއެމް) ގެ އިމާރާތް ނަހަމަ ގޮތުގައި ބޭނުންކުރި އެ ތަނުގެ މުވައްޒަފަކަށް ފިޔަވަޅު އަޅައިފި އެވެ.
10 ސެޕްޓެމްބަރ 2025
ޑޮކްޓަރުކަން ކިޔަވަން ބޭރަށް ދާން އުޅުނު ދަރިވަރުންތަކަކަށް އޮޅުވާލައި، މަކަރު ހަދައި މޯލްޑިވްސް ކްރިކެޓް ބޯޑު (ސީބީއެމް) ގެ އިމާރާތް ނަހަމަ ގޮތުގައި ބޭނުންކުރި އެ ތަނުގެ މުވައްޒަފަކަށް ފިޔަވަޅު އަޅައިފި އެވެ.
ރާއްޖެ އިން ބޭރަށް ޑޮކްޓަރުކަން ކިޔަވަން ދާން ބޭނުންވާ ދަރިވަރުންނަށް ބޭރުގެ ޔުނިވާސިޓީތަކުން ޖާގަ ހޯދައިދީ، ފައިސާ ނެގުމަށް ފަހު ކިޔެވުން ނުފެށި އަނބުރާ ރާއްޖެ އަންނަ ޖެހުނު މައްސަލަތަކެއް މިދިޔަ ދެތިން ދުވަހު ވަނީ ފެންމަތިވެފަ އެވެ.
"ޒީޑް އިންޓަނޭޝަނަލް" ކިޔާ ކުންފުންޏެއް މެދުވެރިވެގެން ޑޮކްޓަރުކަން ކިޔަވަން ގޮސް އަދި ދާއިރާތަކަށް ހާއްސަ ވާން ބޭނުންވި ދަރިވަރުންތަކެއްގެ އަތުން ފައިސާ ނެގުމުގެ ކަންކަން ރާއްޖޭގައި ކޮށްފައި ވަނީ ކްރިކެޓް ބޯޑުގެ އޮފީހުގައި ކަމަށް ވެ އެވެ.
އެކަމާ ގުޅިގެން، ކްރިކެޓް ބޯޑުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ހޯމަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި އެ ބޯޑުގެ އޮފީހަށް ފުލުހުންނާ އެކު، އިތުރު ބަޔަކު ވަދެގެން އުޅޭ ކަމުގެ ޚަބަރު ލިބިގެން އެ ތަނަށް ބޯޑުގެ ސީނިއާ މެނޭޖްމަންޓު ފަރާތުން ދިޔަ ކަމަށެވެ.
އެ ތަނަށް ގޮސް ބެލި ބެލުމުގައި ބޯޑުގެ އޮފީސް އިމާރާތަށް ރަަސްމީ އެއްވެސް ހައިސިއްޔަތެއް ނެތް ބިދޭސީ މީހަކު ވަދެފައިވާތީ އާއި އޭނާ އޮފީހަށް ވެއްދުމުގައި ކްރިކެޓު ބޯޑުގެ މުވައްޒަފަކު ބައިވެރިވެފައިވާ ކަމަށް ވެސް ބުންޏެވެ.
އެހެންވެ، އެ މުވައްޒަފާ މެދު ބޯޑުން ފިޔަވަޅު އަޅާފައިވާ ކަމަށް ކްރިކެޓް އެސޯސިއޭޝަނުން ބުންޏެވެ.
އެ މައްސަލާގައި ތުހުމަތު ރައްދުވާ އަދި 2023 ވަނަ އަހަރު ރަޖިސްޓްރީ ކޮށްފައިވާ ޒީޑް ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ ކްރިކެޓް ބޯޑު މެމްބަރު އަބްދުﷲ އިމާދް އިސްމާއިލާއި މުހައްމަދު ރާއީ އިމާދުގެ އިތުރުން އައިމިނަތު ޝަހީދާ ކިޔާ މީހެކެވެ.
އެ އެޖެންސީން ފިލިޕިންސަށް ގެންދިޔަ ދަރިވަރުން ކޯހުގެ ކިޔެވުން ނުފެށި ބައެއް ދަރިވަރުން ރާއްޖެ އަންނަން ޖެހުނު އިރު އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ އަތުލި ކަމުގެ ތުހުމަތު ވެސް އެބައޮތެވެ. އެގޮތުން 10،000 ޑޮލަރުގެ ޓިއުޝަން ފީ އަށް ވެސް އެ އެޖެންސީން 40،000 ޑޮލަރު ނެގި ކަމަށް ތުހުމަތު ކުރެ އެވެ.
ދަރިވަރުންގެ އަތުން 40،000 ޑޮލަރު ނެގި ސްކޭމެއް!
ފޭކް ސްލިޕުން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި
ބްލެކްމެއިލް ކުރުމުގައި އުޅޭ ދެ މީހަކު ހައްޔަރުކޮށްފި
ސްކޭމްކޮށްގެން މީހުންގެ އަތުން މިލިއަން ރުފިޔާ ނަގައިފި
ތަކެތި ވިއްކާކަމަށް ބުނެ ސްކޭމް ހިންގި މީހަކު ހައްޔަރު
ޗައިނާ މީހުންނަށް ރާއްޖޭގައި ބޮޑު ސްކޭމެއް
ގެދޮރުވެރިޔާ ފްލެޓާ ގުޅޭ ސްކޭމް މެސެޖެއް، ސަމާލުވޭ
އީ-ސިމަކަށް ބަދަލުކޮށް މީހެއްގެ އެކައުންޓުން ފޭރިއްޖެ
އަސްކޮއިއިން ލަނޑުލިބުނު މީހުން ރިޕޯޓްކުރަން އެދިއްޖެ
ސްކޭމުގެ ބޮޑެއް އަތުލައިގަންނަން އެހީވީ އާންމުން