Roadha Mihaaru
ހަށިގަނޑުގައި ރަން ފޮރުވައިގެން އެތެރެވާން އުޅެފި

ހަށިގަނޑުގައި ރަން ފޮރުވައިގެން އެތެރެވާން އުޅުނު އިންޑިއާ މީހަކު އަތުލައިގެންފި

09 އެޕްރީލް 2023

ހަށިގަނޑުގައި 361 ގްރާމްގެ ރަން ފޮރުވައިގެން ރާއްޖެ އެތެރެވާން އުޅުނު އިންޑިއާ މީހަކު ކަސްޓަމްސް އިން ހިފަހައްޓައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހަށިގަނޑުގައި 361 ގްރާމްގެ ރަން ފޮރުވައިގެން ރާއްޖެ އެތެރެވާން އުޅުނު އިންޑިއާ މީހަކު ކަސްޓަމްސް އިން ހިފަހައްޓައިފި އެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ވައިގެމަގުން އަބޫދާބީން ރާއްޖެ އައި ފަސިންޖަރެއްގެ ހަށިގަނޑުގެ އެތެރޭގައި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުނު ރަން އަތުލައިގަނެފައިވާ ކަމަށެވެ. އެއީ ވިޒްއެއާގެ ފްލައިޓަކުން މިދިޔަ މަހު 17 ގައި ރާއްޖެ އައި މީހެއް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

އެ މައްސަލާގައި އަތުލައިގަތީ 43 އަހަރުގެ އިންޑިއާ ފިރިހެނެކެވެ.

އެ މީހާއާ މެދު ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން އޭނާގެ ހަށިގަނޑު އިތުރަށް ބަލައި ފާސްކުރުމަށްޓަކައި ބޮޑީ ސްކޭން ކުރި އިރުގައި، ހަށިގަނޑުގެ ތެރޭގައި އެއްޗެއް ފޮރުވާފައި ހުރި ކަން ފާހަގަވި ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި، އެ ތަކެއްޗާ ބެހޭ ގޮތުން ފަސިންޖަރާ ސުވާލުކުރުމުން ހަށިގަނޑުގެ އެތެރޭގައި ރަން ހުރި ކަމަށް އޭނާ އެއްބަސްވި އެވެ.