Roadha Mihaaru
ވަގަށް ބޭރުކުރަން އުޅުނު ޑޮލަރުތަކެއް އަތުލައިގެންފި

ރާއްޖެއިން ވަގަށް ބޭރުކުރަން އުޅުނު 81،000 ޑޮލަރު އަތުލައިގެންފި

25 އޯގަސްޓް 2024

ރާއްޖެއިން ވަގަށް ބޭރުކުރަން އުޅުނު 81،000 ޑޮލަރު (1.2 މިލިއަން ރުފިޔާ) އަތުލައިގެންފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖެއިން ވަގަށް ބޭރުކުރަން އުޅުނު 81،000 ޑޮލަރު (1.2 މިލިއަން ރުފިޔާ) އަތުލައިގެންފި އެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖެއިން ބަންގްލަދޭޝްގެ ޑާކާއަށް ފުރަން އުޅުނު ބަންގްލަދޭޝް ރައްޔިތެއްގެ ލަގެޖްގައި ފޮރުވައިގެން ގަވައިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 81،030 ޑޮލަރު އަތުލައިގެންފައިވާ ކަމަށެވެ.

އެ ބިދޭސީ މީހާ އެ ޑޮލަރުތައް ގެންދަން އުޅުނީ ކޯންފްލެކްސް ފޮށްޓެއްގެ ތެރެއަށް އަޅައިގެން ކަމަށެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި އެ ޑޮލަރު ބޮނޑިތަކުގައި ހުރީ އެކި މީހުންގެ ނަންތަކެއް ވެސް ލިޔެފަ އެވެ.

ބަންގްލަދޭޝަށް ގެންދަން އުޅެނިކޮށް އަތުލައިގެން ޑޮލަރުތައް އަޅާފައި ހުރި ފޮށި-- ފޮޓޯ: އޭވިއޭޝަން ސެކިއުރިޓީ

ބަންގްލަދޭޝަށް ގެންދަން އުޅެނިކޮށް އަތުލައިގެން ޑޮލަރުތައް އަޅާފައި ހުރި ފޮށި-- ފޮޓޯ: އޭވިއޭޝަން ސެކިއުރިޓީ

ރާއްޖޭގެ ގަވާއިދުތައް އޮންނަ ގޮތުން 20،000 ޑޮލަރަށް ވުރެ މަތީ އަދަދެއްގެ ފައިސާ ރާއްޖެ އެތެރެކުރާ ނަމަ އަދި ބޭރު ކުރާނަމަ ކަސްޓަމްސްގައި ޑިކްލެއާ ކުރަން ޖެހޭނެ އެވެ.

ބިދޭސީއެއް ރާއްޖެއިން ބޭރުކުރަން އުޅުނު ޑޮލަރުތަކެއް ހިފަހައްޓާފައި ވާއިރު، މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ހާއްސަ އޮޕަރޭޝަނެއް ފަށައި ގިނަ ބަޔަކު ވަނީ އަތުލައިގެންފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި ހުއްދަ ނެތި ވިޔަފާރި ކުރަމުން ދިޔަ ބިދޭސީން ހިމެނެ އެވެ. އަދި ހާއްސަކޮށް މުޑުދާރުކޮށް، ކާބޯތަކެތި ތައްޔާރުކޮށް އާންމުންނަށް ވިއްކާ ބިދޭސީން ވެސް ވަނީ އަތުލައިގެންފަ އެވެ.