08 އެޕްރީލް 2023
އިނގިރޭސި ޗެމްޕިއަންޝިޕުގައި ރޭ މިޑްލްސްބަރާ އަތުން 2-1 އިން މޮޅުވެ، ކުރީގެ ކުޅުންތެރިޔާ ވިންސެންޓް ކޮމްޕެނީގެ ކޯޗުކަމުގައި ބާންލީ އިން އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓްވެއްޖެ އެވެ.
އިނގިރޭސި ޗެމްޕިއަންޝިޕުގައި ރޭ މިޑްލްސްބަރާ އަތުން 2-1 އިން މޮޅުވެ، ކުރީގެ ކުޅުންތެރިޔާ ވިންސެންޓް ކޮމްޕެނީގެ ކޯޗުކަމުގައި ބާންލީ އިން އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓްވެއްޖެ އެވެ.
ބާކީ ހަތް މެޗު އޮއްވާ ބާންލީ ކޮލިފައިވީ، ރޭގެ މޮޅާ އެކު އެއް ވަނައިގައި 87 ޕޮއިންޓް ހަމަކޮށް، ތިން ވަނައިގައި އޮތް ލުޓަން ޓައުންގެ މައްޗަށް 19 ޕޮއިންޓުގެ ލީޑެއް ނެގުމުންނެވެ. ލުޓަން އަށް ބާކީ އޮތް ހަ މެޗުން، އެ ޓީމަށް ބާންލީގެ މައްޗަށް ކުރި ހޯދޭނެ ގޮތެއް ނެތެވެ.
ބަލިނުވެ ފުރިހަމަ ކުރި 19 ވަނަ މެޗާ އެކު ކޮލިފައިވި ބާންލީ ވެފައިވަނީ، އިނގިރޭސި ދެ ވަނަ ޑިވިޝަން، ޗެމްޕިއަންޝިޕަށް ރިބްރޭންޑްކުރި ފަހުން، އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ކޮލިފައި ޓީމަށެވެ.
މެންޗެސްޓާ ސިޓީ އާއި ބެލްޖިއަމްގެ ކުރީގެ ކެޕްޓަން ކޮމްޕެނީ ބުނީ ހަތް މެޗު އޮއްވާ ޕްރޮމޯޓްވުމަކީ އުއްމީދުކުރި ވަރަށް ވުރެ ބޮޑު ކުރިއެރުމެއް ކަމަށެވެ.
"ޝެޑިއުލަށް ވުރެ ކުރީގައި ޓީމު މިއޮތީ. އަހަރެން ވެސް ހައިރާންވޭ މިކަމާ،" ކޮމްޕެނީ ބުންޏެވެ.
ހަ އަހަރަށް ފަހު މިދިޔަ ސީޒަނުގައި ޗެމްޕިއަންޝިޕަށް ބާންލީ ރެލިގޭޓްވުމާ އެކު އެ ޓީމުން ކޮމްޕެނީއާ ޓީމު ހަވާލުކުރި އެވެ. އޭރު އޭނާގެ ހަމައެކަނި ކޯޗިން ތަޖުރިބާ އަކީ ބެލްޖިއަމްގެ އެންޑަލެކްޓަށް ދެ އަހަރު ކޯޗުކޮށްދިނުމެެވެ. އެހެންވެ އޭނާއާ މެދު ގިނަ ބަޔަކު މާބޮޑު އުއްމީދު ނުކުރެ އެވެ.
އެކަމަކު ކުޅުންތެރިއެއްގެ ގޮތުން ސިޓީއާ އެކު ބޮޑެތި ކާމިޔާބީތަކެއް ހޯދި ކޮމްޕެނީ ކޯޗެއްގެ ގޮތުގައި މި ހޯދި ކާމިޔާބާ އެކު، ބޮޑެތި ކްލަބްތަކުގެ ލޯ އޭނާ ހުއްޓޭނެ ކަމަށް ބެލެވެ އެވެ. ކޮމްޕެނީ ވަނީ އިޓަލީގެ ރޮބާޓޯ މަންޗިނީ އާއި ސްޕެއިނުގެ ޕެޕް ގާޑިއޯލާގެ ދަށުން ސިޓީ އަށް ކުޅެފަ އެވެ.
ކޮމްޕެނީ؛ ބާންލީ ރެލިގޭޓްވިޔަސް ބެޔާނުން ދިނީ ކޯޗުކަން
ބާންލީގައި އިތުރު ފަސް އަހަރު ހުންނަން ކޮމްޕެނީ އެއްބަސްވެއްޖެ
ހާލަންޑް 40 ލަނޑު ހަމަކޮށްފި، ސިޓީ ސެމީ އަށް
ކޮމްޕެނީ އާއެކު ލީގުގައި ބެޔާނުގެ ފުރަތަމަ ބަލި
ސިޓީއަށް ތިންގަޑިއިރު، ލިވަޕޫލް އަލުން އެއްވަނައަށް
ލަމްޕާޑް އެވަޓަން ސަލާމަތް ކޮށްދީފި
ބާންލީ އަތުން ވެސް ބަލިވެ ލަމްޕާޑަށް ހާސްކަން
ބޮޑު މޮޅަކާ އެކު ލިވަޕޫލުން ސިޓީއާ ގާތްކޮށްފި
ޑީނޭ އެސްޓަން ވިލާއަށް، ބާންލީގެ ވުޑް ނިއުކާސަލް އަށް
އާސެނަލް ހަތަރަކަށް، ބާންލީ-ވަޓްފޯޑް މެޗު ފަސްކޮށްފި