އިނގިރޭސި ދެވަނަ ޑިވިޝަންގައި ކުޅެމުން އަންނަ ލީޑްސް ޔުނައިޓެޑާއި ބާންލީ އަލުން ޕްރިމިއާ ލީގަށް ޕްރޮމޯޓް ވެއްޖެ އެވެ.
އިނގިރޭސި ދެވަނަ ޑިވިޝަންގައި ކުޅެމުން އަންނަ ލީޑްސް ޔުނައިޓެޑާއި ބާންލީ އަލުން ޕްރިމިއާ ލީގަށް ޕްރޮމޯޓް ވެއްޖެ އެވެ.
ލީޑްސް އާއި ބާންލީ ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފަ އެވެ. އެގޮތުން ލީޑްސް އަމިއްލަ ދަނޑުގައި 6-0 އިން ސްޓޯކް ސިޓީ ބަލި ކުރި އިރު ބާންލީ ވަނީ 2-1 އިން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށްފަ އެވެ.
މިއާ އެކު ދެ ޓީމު ވެސް ވަނީ ބާކީ ދެ މެޗު އޮއްވައި، 44 މެޗުން 94 ޕޮއިންޓް ހަމަ ކޮށްފަ އެވެ. ފައިދާ ގޯލުގެ ތަފާތުން ކުރީގައި އޮތީ ލީޑްސް އެވެ.
ބާންލީ ޕްރިމިއާ ލީގުން ރެލިގޭޓް ވެފައި ވަނީ މިދިޔަ ސީޒަންގަ އެވެ. ލީޑްސް ރެލިގޭޓް ވީ އޭގެ ކުރީ ސީޒަންގަ އެވެ.
ލީޑްސް އާއި ބާންލީ ވެސް ވެސް އަންނަ ސީޒަންގެ ޕްރިމިއާ ލީގަށް ޕްރޮމޯޓް ވެފައި ވާއިރު، ޕްރިމިއާ ލީގުން ސައުތެމްޓަން އާއި ލެސްޓާ ސިޓީ ވަނީ ރެލިގޭޓް ވެފަ އެވެ.
ލީގުގެ 18 ވަނައިގައި އޮތް އިޕްސްވިޗް ޓައުން ވެސް އޮތީ ގާތްގަނޑަކަށް ރެލިގޭޓް ވެފަ އެވެ. ސައުތެމްޓަނާއި ލެސްޓާ އަދި އިޕްސްވިޗް ޓައުން އަކީ ވެސް މި ސީޒަންގައި ޕްރޮމޯޓްވި ޓީމުތަކެވެ.
ޕްރިމިއާ ލީގުން ދެން ފުރުސަތު ލިބޭނީ، ޗެމްޕިއަންޝިޕްގެ ތިންވަނަ އާއި ހަތަރުވަނަ އަދި ފަސްވަނަ އާއި ހަވަނަ ޓީމު ކުޅޭ ޕްލޭއޮފުން މޮޅުވާ ޓީމަކަށެވެ. ތިންވަނައިގައި އޮތް ޝެފީލްޑް ޔުނައިޓެޑާއި ހަތަރުވަނައިގައި އޮތް ސަންޑަލޭންޑަށް ވަނީ ޕްލޭއޮފް ޖާގައެއް ޔަގީން ވެފަ އެވެ.
ފަސްވަނައިގައި މިވަގުތު އޮތީ 67 ޕޮއިންޓް ލިބިފައިވާ ބްރިސްޓަލް ސިޓީ އެވެ. ހަވަނައިގައި އޮތީ 66 ޕޮއިންޓް ހޯދާފައިވާ ކޮވެންޓްރީ ސިޓީ އެވެ. އޭގެ ފަހަތުގައި އޮތް މިޑްލްސްބަރާ އާއި މިލްވޯލް އަށް 63 ޕޮއިންޓް ލިބިފައި ވާއިރު ބްލެކްބާން ރޯވާސް އަށް ވަނީ 62 ޕޮއިންޓް ލިބިފަ އެވެ.
ސިޓީއަށް ތިންގަޑިއިރު، ލިވަޕޫލް އަލުން އެއްވަނައަށް
މަގާމު ބަދަލު ނުވިއަސް ލިވަޕޫލަށް އުފާވެރި މޮޅެއް
ޗެލްސީ އަށް މޮޅެއް، ޕޮޓާ އަށް ޕްރެޝަރު ކުޑަވެއްޖެ
ހިތްދަތި މަލާމާތާ ހެދި ޔުނައިޓެޑަށް އުފަލެއް ނެތް
ލީޑްސްއާ ދެކޮޅަށް ޔުނައިޓެޑަށް މޮޅެއް ނުވެވުނު
"ޗެމްޕިއަންސް ލީގު ކުޅެން ފެންވަރު ހިފަހައްޓަން ޖެހޭ"
އަހަރެއް ނުވަނީސް ވިލާގެ ކޯޗުކަމުން ޖެރާޑް ވަކިކޮށްފި
ލީޑްސް އިން ޗެލްސީ ބަލިކޮށްފި
ލަމްޕާޑް އެވަޓަން ސަލާމަތް ކޮށްދީފި
ޓޮޓެންހަމުން އާސެނަލް މާޔޫސް ކޮށްލައިފި