ލަންޑަން (މާޗު 4) - އަމިއްލަ ދަނޑުގައި 1-0 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށް ގާތްގަނޑަކަށް 50 ދުވަހަށް ފަހު ޗެލްސީން ހޯދި ފުރަތަމަ މޮޅަކީ ޓީމު ކުރިއަށް ދާން އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް ކޯޗު ގްރަހަމް ޕޮޓާ ބުނެފި އެވެ.
05 މާޗް 2023
ލަންޑަން (މާޗު 4) - އަމިއްލަ ދަނޑުގައި 1-0 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށް ގާތްގަނޑަކަށް 50 ދުވަހަށް ފަހު ޗެލްސީން ހޯދި ފުރަތަމަ މޮޅަކީ ޓީމު ކުރިއަށް ދާން އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް ކޯޗު ގްރަހަމް ޕޮޓާ ބުނެފި އެވެ.
ލީޑްސް ބަލިކޮށް ހޯދި މި މޮޅަކީ މަހަކަށް ވުރެ ގިނަ ދުވަސް ފަހުން، ޓޭބަލްގެ 10 ވަނައިގައި އޮތް ޗެލްސީ ހޯދި ފުރަތަމަ މޮޅެވެ. ޗެލްސީ އެންމެ ފަހުން މޮޅުވީ ޖެނުއަރީ 15 ވަނަ ދުވަހު ލީގުގައި ކްރިސްޓަލް ޕެލަސް އާ ދެކޮޅަށް ހަމަ މި ނަތީޖާއިންނެވެ. އޭގެ ފަހުން ގޯލެއް ވެސް ޖެހުނީ އެންމެ މެޗެއްގަ އެވެ. ޗެލްސީ މެޗަކުން މޮޅުވީ 47 ދުވަހަށް ފަހު އެވެ.
މީ ނަތީޖާ ޗެލްސީއަށް ހައްގެއް ނޫން، މިކަން ރަނގަޅު ކުރާނީ ވެސް އަހަރެން: ޕޮޓާ https://t.co/GN2dZmiuYW
— Mihaaru (@Mihaarunews) February 26, 2023
ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ދެވަނަ ހާފުގައި ޗެލްސީގެ ހަމައެކަނި ލަނޑު ޖަހައިދިނީ 53 ވަނަ މިނިޓުގައި ބެން ޗިލްވެލް ނަގައިދިން ކޯނަރަކުން ޑިފެންޑަރު ވެސްލީ ފޮފާނާ އެވެ.
މި ނަތީޖާއާއެކު ވެސް ޗެލްސީ އޮތީ 25 މެޗުން 34 ޕޮއިންޓް ހޯދައިގެން ޓޭބަލްގެ 10 ވަނައިގަ އެވެ. އެގާރަ ވަނައިގައި އޮތް އެސްޓަން ވިލާ ވެސް ވަނީ ހަމަ އެ އަދަށް މެޗު ކުޅެ ޕޮއިންޓް ހޯދައިފަ އެވެ. އެސްޓަން ވިލާ ވަނީ ރޭ ރަށުން ބޭރުގައި 2-0 އިން އެވަޓަން ބަލިކޮށްފަ އެވެ.
ކޯނަރަކުން ލިބުނު ބޯޅަ ފޮފާނާ ބޮލުން ޖަހައި ޗެލްސީން ލީޑްސް ބަލިކުރި ގޯލު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ
"މިއީ ބޮޑު މޮޅެއް. ކުޅުންތެރިންނާއި ސަޕޯޓަރުންނާ މެދު އުފާކުރަން. އަހަރެމެންނަށް ވަރަށް ކަންކަން ތަހަންމަލް ކުރަން ޖެހިއްޖެ. މިއީ އުނދަގޫ ދުވަސްކޮޅެއް، ފުރަތަމަ ހާފުގައި އަހަރެމްނެ މޮޅަށް ކުޅެ ރަނގަޅު އެޓޭކްތަކެއް ކުރެވުނު ކަމަށް ހީކުރަން،" ނަތީޖާ ނުނެރެވިގެން ޕްރެޝަރަށް ވެއްޓިފައިވާ ޗެލްސީގެ ކޯޗު ޕޮޓާ ބުންޏެވެ.
"މެޗުން ބަލިވެއްޖެނަމަ އަހަރެމެންނަށް އެ ގެއްލެނީ ވަރަށް ބޮޑު އެއްޗެއް. ކުޅުންތެރިން އެކަން ހަނދާނުގައި ބަހައްޓައިގެން ވަނީ އެއްބައިވަންތަކަން ދައްކުވައިދީފައި. މިއީ އަހަރެމެން އެކަމެއްގެ މައްޗަށް [ޓީމު] ބިނާކުރަން ލިބިދޭ ފުރުސަތެއް."
ޕޮޓާ އިތުރަށް ބުނީ ޕްރިމިއާ ލީގުގައި 1-0 ގެ ނަތީޖާއެއްގައި އޮއްވައި ކޮންމެ ފަދަ ގޮތެއް ވެސް ވެދާނެ ކަމަށާއި ނަމަވެސް ޓީމު މިވަގުތު އޮތް ހާލަތަށް ބަލައި މިއީ ހައިރާން ވާންވީ ވަރު ކަމެއް ނޫން ކަމަށެވެ.
"ކުޅުލންތެރިން ވަނީ ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައި، މިއީ އަހަރެމެން ކުރިއަށް ދާން އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް."
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު ލީގުގެ ހަތަރު ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް ވަނީ ވުލްވްސްގެ ދަނޑުގައި 1-0 އިން ބަލިވެފަ އެވެ. ވުލްވްސްގެ ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައި ވަނިކޮށް ޖަހައިދިނީ އެޑަމާ ޓްރައޯރޭ އެވެ.
ލީގުގެ އަށް ވަނައިގައި އޮތް ބްރައިޓަން ވަނީ 4-0 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފަ އެވެ. ސައުތެމްޓަން ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ލެސްޓާ ސިޓީ ބަލިކޮށް ތާވަލުގެ 19 ވަނައަށް ޖެހިލައިފަ އެވެ. އެޓީމު ކުރިއަށް ޖެހިލީ 10 ހަފްތާ ފުލުގައި އޮވެފަ އެވެ.
ރެލިގޭޝަން ޒޯނުގައި ސައުތެމްޓަންގެ އިތުރުން 18 ވަނައިގައި އޮތް އެވަޓަން އާއި ފުލަށް ވެއްޓުނު ބޯންމަތު ވެސް ވަނީ 25 މެޗުން 21 ޕޮއިންޓް ހޯދައިފަ އެވެ. ޗެލްސީ އަތުން ބަލިވި ލީޑްސް ޔުނައިޓެޑަށް ވަނީ 22 ޕޮއިންޓް ލިބިފަ އެވެ.
ޕޮޓާއަށް ފެންވަރު ދައްކާލައި ޗެލްސީ އަލުން ހަތަރަކަށް
އަޑިގަނޑުން އަރައިގަންނަން ސިޓީ ހިންދެމިލައިފި
ކީޕަރަށް ފާޑުކިޔުމުގެ ކުރިން ވިސްނާލާ: މަރެސްކާ
ޗެލްސީގައި އެއް ކޯޗަކު ދެމިހުންނަން ޖެހޭ: މަރެސްކާ
ހެޓްރިކް ހީރޯ މަޑުއޭކޭ މަޖުބޫރުވުމުން މައާފަށް އެދިއްޖެ
ޗެލްސީއަށް ހަމަނޭވާއެއް ދެންފެށި ޔޫރަޕު ޖާގައިގެ ވާހަކަ
ވީއޭއާރްއާ ހެދި ޕްރިމިއާ ލީގު ހަލާކުވެއްޖެ: ޕޮޗެޓީނޯ
ގެއްލުން ކުރިމަތިވުމުން ޗެލްސީގެ ހޮޓެލްތައް ވިއްކާލައިފި
ޗެލްސީގެ ސީއީއޯ ފުޓްބޯޅަ ދަންނަ މީހަކަށް ނުވި
ސިޓީން ކުޅުނީ އެންމެ ހާފެއްގައި، ގާޑިއޯލާ ނުރުހިއްޖެ