24 ފެބުރުއަރީ 2022
ލިވަޕޫލް (ފެބްރުއަރީ 24) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑް 6-0 އިން ބަލިކޮށް، އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަ ކޮށްފި އެވެ.
ލިވަޕޫލް (ފެބްރުއަރީ 24) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑް 6-0 އިން ބަލިކޮށް، އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަ ކޮށްފި އެވެ.
ރޭގެ މޮޅާ އެކު ލިވަޕޫލަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 26 މެޗުން 60 ޕޮއިންޓް ހޯދައިފަ އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ސިޓީ އެއްވަނައިގައި އޮތީ 63 ޕޮއިންޓާ އެކު އެވެ. ލިވަޕޫލްގެ ފަހަތުން ޓޭބަލްގެ ތިންވަނައިގައި އޮތް ޗެލްސީ އަށް 25 މެޗު ކުޅެގެން ލިބިފައި ވަނީ 50 ޕޮއިންޓެވެ.
ލިވަޕޫލުން ރޭގެ މެޗުގެ ކޮންމެ ހާފެއްގައި ތިން ލަނޑު ޖަހައިފައިވާއިރު، ފުރަތަމަ ހާފުގެ ލަނޑުތައް ޖަހައިދިނީ މުހައްމަދު ސަލާހާއި ޑިފެންޑަރު ޖޮއެލް މަޓިޕެވެ. ސަލާހު ވަނީ ދެ ލަނޑު ޖަހައިފަ އެވެ. މި ދެ ލަނޑު ވެސް ޖެހީ ޕެނަލްޓީއިންނެވެ.
ދެވަނަ ހާފުގައި ލިވަޕޫލުން ލަނޑު ޖަހަން ފެށީ މެޗުގެ ފަހު 10 މިނިޓުގަ އެވެ. މެޗުގެ 80 ވަނަ މިނިޓުގައި ސަޑިއޯ މާނޭ ލިވަޕޫލުގެ ހަތަރުވަނަ ލަނޑު ޖަހައިދިންިއިރު، އޭނާ ވަނީ އިތުރު ވަގުތުގައި އިތުރު ލަނޑެއް ޖަހައިދީފަ އެވެ. އަދި ފަހު ލަނޑު އިތުރު ވަގުތުގެ ފަހު މިނިޓުކޮޅުތެރޭ ޖަހައިދިނީ ވާޖިލް ވެން ޑައިކެވެ.
މި ނަތީޖާއާ އެކު ލިވަޕޫލުން ވަނީ ފައިދާ ގޯލުގެ ތަފާތުން ވެސް މެންޗެސްޓާ ސިޓީއަށް ވުރެ ކުރި ހޯދައިފަ އެވެ. ލިވަޕޫލްގެ ހަވަނަ ލަނޑަކީ އެޓީމުން ލީގުގައި މިހާތަނަށް ޖެހި 70 ވަނަ ލަނޑެވެ. ލިވަޕޫލަށް ފައިދާ 50 ގޯލު އޮތް އިރު، ސިޓީއަށް ލިބެނީ ފައިދާ 46 ގޯލެވެ.
ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސް ރޭ ވަނީ ރަށުން ބޭރުގައި ކުޅުނު މެޗުން 1-0 އިން ބާންލީ އަތްދަށުވެފަ އެވެ. ބާންލީން ޖެހި ހަމައެކަނި ލަނޑު މެޗުގެ 72 ވަނަ މިނިޓުގައި ޖަހައިދިނީ ކެޕްޓަން ބެން މީ އެވެ.
ޓޮޓެންހަމް އެންމެ ފަހުން ލީގުގައި މެންޗެސްޓާ ސިޓީ އަތުން މޮޅުވި ނަމަވެސް އޭގެ ކުރިން އެޓީމު ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އަދި ޓޮޓެންހަމް އޮތީ 24 މެޗުން ލިބުނު 39 ޕޮއިންޓާ އެކު އަށްވަނައިގަ އެވެ.
ރެލިގޭޝަން ޒޯނުގައި އޮތް ބާންލީ ވަނީ އެންމެ ފަހުން ލީގުގައި ބްރައިޓަންއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗު ފަސޭހަކަމާ އެކު ކާމިޔާބު ކޮށްފަ އެވެ. އަދި މި ވަގުތު އެޓީމު އޮތީ 23 މެޗު ކުޅެގެން ހޯދި 20 ޕޮއިންޓާ އެކު ޓޭބަލްގެ 18 ވަނައިގަ އެވެ.
ބާންލީގެ ފަހަތުން، 19 ވަނައިގައި އޮތް ވަޓްފޯޑް ވަނީ އަމިއްލަ ދަނޑުގައި ރޭ ކްރިސްޓަލް ޕެލަސް އަތުން 4-1 އިން ބަލިވެފަ އެވެ. މެޗުގެ 15 ވަނަ މިނިޓުގައި ޖީން ފިލިޕޭ މަޓޭޓާގެ ލަނޑުން ޕެލަސް ލީޑު ނަގައިފައި ވަނިކޮށް އޭގެ ތިން މިނިޓު ފަހުން މޫސާ ސިސޯކޯ ވަނީ ވަޓްފޯޑަށް އެއްވަރު ކޮށްދީފަ އެވެ. ނަމަވެސް ކޮނޯ ގަލޭގާ ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕެލަސް އަށް އަލުން ލީޑު ނަގައިދީފަ އެވެ. މެޗުގެ ފަހު ފަސް މިނިޓުގައި އެޓީމުގެ އަނެއް ދެ ލަނޑު ޖަހައިދިނީ ވިލްފްރެއިޑް ޒާހާ އެވެ.
ރެލިގޭޝަން ޒޯނާ އެންމެ ކައިރިން، 17 ވަނައިގައި އޮތީ 24 މެޗު ކުޅެގެން 22 ޕޮއޮިންޓް ހޯދާފައިވާ ނިއުކާސަލް ޔުނައިޓެޑެވެ. އަދި 16 ވަނައިގައި އޮތް އެވަޓަން އަށް ވެސް ލިބިފައި ވަނީ 22 ޕޮއިންޓެވެ.
ސިޓީއަށް ތިންގަޑިއިރު، ލިވަޕޫލް އަލުން އެއްވަނައަށް
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ސިޓީއަށް ފުރަތަމަ ބަލި، ލިވަޕޫލަށް ދޯކާ ދިނީ ވީއޭއާރު
ޗެލްސީ ގޯހުން ގޯހަށް، އާސެނަލް ހުއްޓުވީ ސޮން
މެޗު ހަމަކޮށްގެން ސިޓީ އަށް ހަތަރު ޕޮއިންތްގެ ލީޑެއް
ޓޮޓެންހަމް އެއްވަރު ކުރުމުން ވެސް ލިވަޕޫލް މޮޅުވެއްޖެ
ބޯންމައުތުގެ އަތްދަށުވެ ލިވަޕޫލަށް ގަދަ ހަތަރެއްގެ އުއްމީދު ފަނޑުވެއްޖެ
ޕީއެސްޖީގެ ވެރިން އިނގިރޭސި ޓީމަކަށް އިންވެސްޓްކުރަނީ
ރޮނާލްޑޯގެ ކެޕްޓަން ކަމުގައި ޔުނައިޓެޑް ބަލިވެއްޖެ