12 މާޗް 2023
އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހަފުތާގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް 7-0 އިން ބަލިކޮށް ބޮޑު ހިތްވަރެއް ހޯދި ލިވަޕޫލް ރޭ ކުޅުނު މެޗުން، ރެލިގޭޝަން ޒޯނުގައި އޮތް ބޯންމައުތު އަތުން 1-0 އިން ބަލިވެ، ގަދަ ހަތަރެއްގެ އުއްމީދު އަނެއްކާ ވެސް ފަނޑުވެއްޖެ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހަފުތާގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް 7-0 އިން ބަލިކޮށް ބޮޑު ހިތްވަރެއް ހޯދި ލިވަޕޫލް ރޭ ކުޅުނު މެޗުން، ރެލިގޭޝަން ޒޯނުގައި އޮތް ބޯންމައުތު އަތުން 1-0 އިން ބަލިވެ، ގަދަ ހަތަރެއްގެ އުއްމީދު އަނެއްކާ ވެސް ފަނޑުވެއްޖެ އެވެ.
ލިވަޕޫލް 42 ޕޮއިންޓާ އެކު ފަސް ވަނައިގައި އޮތްއިރު، ހަތަރު ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް ވަނީ ރޭ ނޮޓިންހަމް ފޮރެސްޓް އަތުން 3-1 އިން މޮޅުވެ، 48 ޕޮއިންޓް ހަމަކޮށް، މަގާމް ވަރުގަދަކޮށްފަ އެވެ. އަނެއްކޮޅުން ތާވަލުގެ ފުލުގައި އޮވެ މެޗާ ކުރިމަތިލި ބޯންމައުތު ވަނީ މި މޮޅާ އެކު، 24 ޕޮއިންޓް ހަމަކޮށް ރެލިގޭޝަން ޒޯނުން އަރައިފަ އެވެ.
ބޯންމައުތުގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުގެ ހަމައެކަނި ގޯލް 28 ވަނަ މިނެޓުގައި ވައްދާލީ ފިލިޕް ބިލިން އެވެ. ލިވަޕޫލްގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ބިލިން މި ލަނޑު ޖެހީ، ޑަންގޯ އޯޓަރާ ދިން ބޯޅައަކުންނެވެ.
އޭގެ ކުރިން ލިވަޕޫލްގެ ވާޖިލް ވެން ޑައިކް ފޮނުވާލި ބޯޅައެއް ބޯންމައުތުން ގޯލް ރޮނގު މަތިން ސަލާމަތްކުރި އެވެ. އަދި ޑިއޮގޯ ޖޮޓާގެ ހަމަލައެއް ބޯންމައުތުގެ ގޯލްކީޕަރު ނެޓޯ މަތަކުރި އެވެ. ލިވަޕޫލަށް ނަތީޖާ ހަމަހަމަކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ 69 ވަނަ މިނެޓުގައި ޕެނަލްޓީއަކުން މުހައްމަދު ސަލާހަށެވެ. އެކަމަކު ނާދިރު ހާލަތެއްގައި، އޭނާގެ ޕެނަލްޓީ ނާކާމިޔާބުވީ އެވެ.
އަމިއްލަ ދަނޑުގައި ފޮރެސްޓް އަތުން ޓޮޓެންހަމް މޮޅުވި މެޗުގައި ކެޕްޓަން ހެރީ ކޭން ދެ ގޯލް ޖެހި އެވެ. އަނެއް ލަނޑު ޖެހީ ސޮން މިން ހެއުން އެވެ. މެޗުގެ ފަހުކޮޅު ވޮރަލްގެ ގޯލުން ފޮރެސްޓް ތަފާތު ކުޑަކުރި އެވެ. އަދި އިތުރު ގޯލެއް ޖަހަން އިތުރު ވަގުތު ޕެނަލްޓީއެއް ލިބުނެވެ. އެކަމަކު އަންދްރޭ އަޔޫ އަތުން ޕެނަލްޓީ ބޭކާރުވީ އެވެ.
ޓޮޓެންހަމްގެ މި މޮޅަކީ، މިދިޔަ ހަފުތާގައި އޭސީ މިލާނާ 0-0 އިން އެއްވަރުވެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ކެޓުމުން ކޯޗު އެންޓޯނިއޯ ކޮންޓޭ އަށް ކުރިމަތިވި ޕްރެޝަރަށް ލިބުނު ލުޔެކެވެ.
މެންޗެސްޓާ ސިޓީގެ ފޯވާޑް އާލިން ހާލަންޑް (ކ) އާއި ކޯޗު ޕެޕް ގާޑިއޯލާ މެޗަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
ޕްރިމިއާ ލީގުގެ ޗެމްޕިއަންކަމަށް ވާދަކުރާ މެންޗެސްޓާ ސިޓީ ވަނީ ރޭ ކްރިސްޓަލް ޕެލަސް އަތުން 1-0 އިން މޮޅުވެފަ އެވެ. ހަމައެކަނި ގޯލް 78 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖެހީ އާލިން ހާލަންޑެވެ. މި މޮޅާ އެކު ސިޓީ ވަނީ އެއް މެޗު އިތުރަށް ކުޅެ 61 ޕޮއިންޓާ އެކު، ދެ ވަނައިގައި މަގާމް ވަރުގަދަކޮށްފަ އެވެ. އެކަމަކު 63 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތް އާސެނަލް މިރޭ ފުލަމް އަތުން މޮޅުވެގެން އެއް ވަނައިގައި ތަފާތު ބޮޑުކުރެވޭނެ އެވެ.
އާސެނަލް އާއި ސިޓީގެ ފަހަތުން ތިން ވަނައިގައި 49 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. އެ ޓީމުން މިރޭ އަމިއްލަ ދަނޑުގައި ސައުތުހެމްޓަންއާ ވާދަކުރާނެ އެވެ.
ވަރަށް ބޮޑަށް ފޯމު ދަށްވެފައި އޮތް ޗެލްސީން ވަނީ ރޭ ލެސްޓާ ސިޓީ އަތުން 3-1 އިން މޮޅުވެ، ޖެހިގެހިގެން ތިން ވަނަ މެޗުން ކާމިޔާބު ހޯދައި ހަމަޔަކަށް އެޅިފަ އެވެ. އެ ޓީމު 37 ޕޮއިންޓް ހަމަކުރި ނަމަވެސް އަދިވެސް އޮތީ 10 ވަނައިގަ އެވެ. ސީޒަނުގެ ކުރީކޮޅު ތޯމަސް ޓުޗެލް ވަކިކޮށް، ކޯޗުގެ މަގާމަށް ގްރަހަމް ޕޮޓާ ގެނެސް ޗެލްސީން ނަތީޖާ ރަނގަޅު ކުރި ނަމަވެސް ފަހުން ވަރަށް ބޮޑަށް އަޑިއަޅާލީ އެވެ. އެކަމަކު މިހާރު ހަމަޔަކަށް އެޅި، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ވެސް ވަނީ ޖާގަ ހޯދައިފަ އެވެ.
ލެސްޓާގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 11 ވަނަ މިނެޓުގައި ބެން ޗިލްވެލްގެ ލަނޑުން ޗެލްސީ ލީޑު ނެގި އެވެ. އެކަމަކު 39 ވަނަ މިނެޓުގައި ޕެޓްސަން ޑަކާގެ ލަނޑުން ލެސްޓާ އެއްވަރުކުރި އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތު ޗެލްސީ އަށް އަލުން ލީޑު ނަގައިދިނީ ކައި ހަވާޓްޒް އެވެ. އަދި 78 ވަނަ މިނެޓުގައި ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ މަޓެއޯ ކޮވަސިޗް އެވެ. މެޗުގެ ފަހުކޮޅު ލެސްޓާގެ ވޫޓް ފައެސް އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ.
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ޗެލްސީ އާއި ލިވަޕޫލް އެއްވަރު، ސިޓީން ލީޑު ފުޅާކޮށްފި
ލިވަޕޫލް ލީޑުގައި، ޗެލްސީން ޓޮޓެންހަމް މާޔޫސްކޮށްލައިފި
ލިވަޕޫލް ލީޑުފުޅާކުރިއިރު، ސިޓީ އަށް މަގާމު ގެއްލިއްޖެ
ލިވަޕޫލާއި ޗެލްސީ އެއްވަރު، ޔުނައިޓެޑަށް ހިތްދަތިކަން
ސިޓީއަށް މޮޅުނުވެވުމުން ލިވަޕޫލް އެއް ވަނައަށް
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
ސިޓީއަށް ފުރަތަމަ ބަލި، ލިވަޕޫލަށް ދޯކާ ދިނީ ވީއޭއާރު
ޗެލްސީ ގޯހުން ގޯހަށް، އާސެނަލް ހުއްޓުވީ ސޮން
މެޗު ހަމަކޮށްގެން ސިޓީ އަށް ހަތަރު ޕޮއިންތްގެ ލީޑެއް