30 އެޕްރީލް 2023
ލިވަޕޫލް (އޭޕްރީލް 30) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފޯރިގަދަ ކުޅުމަކަށް ފަހު ލިވަޕޫލުން އަމިއްލަ ދަނޑުގައި 4-3 އިން ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށްފި އެވެ.
ލިވަޕޫލް (އޭޕްރީލް 30) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފޯރިގަދަ ކުޅުމަކަށް ފަހު ލިވަޕޫލުން އަމިއްލަ ދަނޑުގައި 4-3 އިން ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށްފި އެވެ.
މި ނަތީޖާއާ އެކު ލިވަޕޫލް ވަނި ޓޮޓެންހަމަށް ވުރެ އެއް މެޗު މަދުން ކުޅެގެން ލީގު ތާވަލްގައި އެޓީމު ފަހަތަށް ޖައްސާލައި ފަސްވަނައަށް ޖެހިލައިފަ އެވެ. ލިވަޕޫލް ވަނީ 33 މެޗުން 56 ޕޮއިންޓް ހޯދައިފަ އެވެ. ހަތަރުވަނައިގައި އޮތީ 32 މެޗުން 63 ޕޮއިންޓް ހޯދާފައިވާ މެންޗެސްޓާ ޔުނައިޓެޑެވެ.
ޓޮޓެންހަމް ހަވަނައިގައި އޮތީ 34 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ. ހަތްވަނައިގައި އޮތް އެސްޓަން ވިލާ އަށް ވެސް ވަނީ 34 މެޗުން 54 ޕޮއިންޓް ލިބިފަ އެވެ. އެސްޓަން ވިލާ މިރޭ ކުޅުނު މެޗުން ވަނީ މެންޗެސްޓާ ޔުނައިޓެޑް އަތުން 1-0 އިން ބަލިވެފަ އެވެ.
ލިވަޕޫލުން މެޗު ފެށީ ވަރުގަދަ ކޮށެވެ. ފުރަތަމަ 15 މިނިޓު ތެރޭ އެޓީމުން ވަނީ ތިން ގޯލުގެ ލީޑެއް ނަގައިފަ އެވެ. ޓްރެންޓް އެލެކްޒެންޑާ އާނޯލްޑް ނަގައިދިން ހުރަހަކުން ތިންވަނަ މިނިޓުގައި ކާޓިސް ޖޯންސް ލީޑު ނަގައިދިން އިރު ލީޑު ފުޅާ ކުރީ ފަސްވަނަ މިނިޓުގައި ކޯޑީ ގަކްޕޯގެ ހުރަހަކުން ލުއިސް ޑިއާޒް އެވެ. އަދި ޓޮޓެންހަމްގެ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ، ގަކްޕޯއަށް ފައުލް ކޮށްގެން ލިބުނު ޕެނަލްޓީއަކުން ތިންވަނަ ގޯލު ޖަހައިދިނީ މުހައްމަދު ސަލާހެވެ.
މި ހާފުގެ ފަހު 10 މިނިޓު ތެރޭ ލިވަޕޫލްގެ ކުޅުން ފެނުނީ ދަށް ކޮށެވެ. އޭގެ ފައިދާ ނަގައި ޓޮޓެންހަމްގެ ހެރީ ކޭން ވަނީ އިވާން ޕެރިސިޗް ދިން ޕާހަކުން 39 ވަނަ މިނިޓުގައި އެޓީމަށް ފުރަތަމަ ގޯލު ޖަހައިދީފަ އެވެ. އަދި މާ ގިނައިރެއް ނުވެ ސޮން ހެއުން މިން ގޯލަށް ފޮނުވާލި ބޯޅައެއް ގޯލު ލައިން މަތިން ދިފާއުކުރީ ޑިފެންޑަރު ވާޖިލް ވެން ޑައިކް އެވެ.
މެޗުގެ 77 ވަނަ މިނިޓުގައި ޓޮޓެންހަމްގެ ދެވަނަ ގޯލު ޖަހައިދިނީ ސޮން އެވެ. މީގެ އިތުރުން މި ހާފުގެ ފަހުކޮޅު ޓޮޓެންހަމުން ވަނީ ގިނަ އެޓީމަށް ޕެނަލްޓީއެއް ލިބެން ޖެހޭކަމަށް ގިނަ އެޕީލްތަކެއް ކޮށްފަ އެވެ. ނަމަވެސް އެއިން އެއްވެސް އެޕީލެއް ކާމިޔާބެއް ނުވި އެވެ.
ޓޮޓެންހަމްގެ ވަގުތީ ކޯޗު ރަޔާން މޭސަން ވަނީ މި ސީޒަންގައި އެޓީ މަށް ބަދަލުވި ބްރެޒިލްގެ ފޯވާޑް ރިޗާލިސަން 84 ވަނަ މިނިޓުގައި ކުޅެން އަރުވައިފަ އެވެ. އިތުރު ވަގުތުގެ ތިންވަނަ މިނިޓުގައި ސޮން ހިލޭޖެހުމަކުން ނަގައިދިން ބޯޅައެއް ބޮލުން ޖަހައި ޓޮޓެންހަމަށް އެއްވަރު ކޮށްދިން ގޯލު ޖަހައިދިނީ ރިޗާލިސަން އެވެ. މިއީ ނިމިދިޔަ ވޯލްޑް ކަޕްގައި ބްރެޒިލްގެ ފޯވާޑް ލައިންގައި މުހިއްމު ދައުރެއް އަދާކުރި ރިޗާލިސަން ޓޮޓެންހަމަށް ބަދަލުވެ ލީގުގައި ޖަހައިދިން ފުރަތަމަ ގޯލެވެ.
ނަމަވެސް ގޯލު ޖަހައިގެން ލިވަޕޫލުން އަލުން ކުޅުން ފަށައިގެން ވަނީ މިނިޓެއް ތެރޭ އިތުރު ގޯލެއް ޖަހައި މެޗުގައި އަލުން ލީޑު ނަގައިފަ އެވެ. މިއީ ޓޮޓެންހަމްގެ ލޫކަސް މޯރާ ފަހަތަށް ދިން ބެކްޕާހެއް ހޯދައިގެން އޭރިއާ ތެރެއަށް ވަދެ ޑިއޯގޯ ޖޮޓާ ކާމިޔާބު ކޮށްދިން ގޯލެކެވެ. ލޫކަސް މޯރާ ކުޅެން އަރައިފައި ވަނީ ވެސް މެޗުގެ 90 ވަނަ މިނިޓުގަ އެވެ.
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ސިޓީއަށް ފުރަތަމަ ބަލި، ލިވަޕޫލަށް ދޯކާ ދިނީ ވީއޭއާރު
ޗެލްސީ ގޯހުން ގޯހަށް، އާސެނަލް ހުއްޓުވީ ސޮން
މެޗު ހަމަކޮށްގެން ސިޓީ އަށް ހަތަރު ޕޮއިންތްގެ ލީޑެއް
ބޯންމައުތުގެ އަތްދަށުވެ ލިވަޕޫލަށް ގަދަ ހަތަރެއްގެ އުއްމީދު ފަނޑުވެއްޖެ
ޕީއެސްޖީގެ ވެރިން އިނގިރޭސި ޓީމަކަށް އިންވެސްޓްކުރަނީ
ރޮނާލްޑޯގެ ކެޕްޓަން ކަމުގައި ޔުނައިޓެޑް ބަލިވެއްޖެ
ޓޮޓެންހަމް ބަލިކޮށް ޔުނައިޓެޑް ގަދަ ހަތަރަކާ ގާތަށް
ބޮޑު މޮޅަކާ އެކު ލިވަޕޫލުން ސިޓީއާ ގާތްކޮށްފި