Roadha Mihaaru
ކޮމްޕެނީ އާއެކު ލީގުގައި ބެޔާނުގެ ފުރަތަމަ ބަލި

ކޮމްޕެނީ އާއެކު ލީގުގައި ބެޔާނުގެ ފުރަތަމަ ބަލި

15 ޑިސެމްބަރ 2024

މެއިންޒް (ޑިސެމްބަރު 14) - ބެލްޖިއަމްގެ ކޯޗު ވިންސެންޓް ކޮމްޕެނީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ބެޔާން މިއުނިކް، ބުންޑެސްލިގާގައި ފުރަތަމަ ފަހަރަށް ބަލިވެއްޖެ އެވެ.

މެއިންޒް (ޑިސެމްބަރު 14) - ބެލްޖިއަމްގެ ކޯޗު ވިންސެންޓް ކޮމްޕެނީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ބެޔާން މިއުނިކް، ބުންޑެސްލިގާގައި ފުރަތަމަ ފަހަރަށް ބަލިވެއްޖެ އެވެ.

ރަށުން ބޭރުގައި ރޭ މެއިންޒް އާ ދެކޮޅަށް ކުޅުނު މެޗުން ބެޔާން ބަލިވީ 2-1 އިންނެވެ. މެއިންޒްގެ ދެ ގޯލު ވެސް ޖަހައިދިނީ ދެކުނު ކޮރެއާގެ މިޑްފީލްޑަރު ލީ ޖޭ ސުންގް އެވެ. ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައި ވަނިކޮށް ބެޔާނަށް ސުން ކަނޑުވައިދިނީ ލިރޯއި ސާނޭ އެވެ.

"އަހަރެމެން މި ބަލި ބަލައިގަންނާނީ ކުރިއަށް އޮތް މެޗަށް ލިބޭ ހިތްވަރެއް ގޮތުގައި،" މެޗަށް ފަހު ކޮމްޕެނީ ބުންޏެވެ.

މިހާތަނަށް ކުޅުނު 14 މެޗުގެ ތެރެއިން 10 މެޗު ކާމިޔާބުކޮށް ތިން މެޗު އެއްވަރު ކޮށްގެން ހޯދި 33 ޕޮއިންޓާ އެކު ބެޔާން އޮތީ ލީގުގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތީ 29 ޕޮއިންޓް ހޯދާފައިވާ އެންމެ ފަހުގެ ޗެމްޕިއަން ބެޔާ ލެވަކޫސަން އެވެ.

ލެވަކޫސަން ވަނީ ރޭ ރަށުން ބޭރުގައި 2-0 އިން އައުސްބާގް ބަލިކޮށްފަ އެވެ. ފުރަތަމަ ހާފުގައި ލެވަކޫސަންގެ ގޯލުތައް ޖަހައިދިނީ މާޓިން ޓެރިއޭ އާއި ފްލޯރިއަން ވާޓްޒް އެވެ.

ރޭގެ މެޗާ އެކު ބެޔާން ވަނީ މި ސީޒަންގައި މިހާތަނަށް ހަތަރު މެޗުން ބަލިވެފަ އެވެ. ފުރަތަމަ ބަލިވެފައި ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގަ އެވެ. ޗެމްޕިއަންސް ލީގުގައި ވަނީ އޮކްޓޫބަރު މަހު އެސްޓަން ވިލާ އަތުން 1-0 އިން އަދި ބާސެލޯނާ އަތުން 4-1 އިން ބަލިވެފަ އެވެ.

ބެޔާން ވަނީ މި މަހު ޖަރުމަން ކަޕްގެ ގަދަ 16 ގައި ލެވަކޫސަން އަތުން 1-0 އިން ބަލިވެ، މުބާރާތުން ކަޓައިފަ އެވެ.