29 މާޗް 2023
ގްލާސްގޯ (މާޗު 28) - ޔޫރޯ ކޮލިފައިންގެ ދެވަނަ މެޗުގައި ސްކޮޓްލެންޑާ ދެކޮޅަށް ކުޅެ 2-0 އިން ބަލިވުމަކީ ހިތްދަތި ނަތީޖާއެއް ކަމަށް ސްޕެއިންގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ ބުނެފި އެވެ.
ގްލާސްގޯ (މާޗު 28) - ޔޫރޯ ކޮލިފައިންގެ ދެވަނަ މެޗުގައި ސްކޮޓްލެންޑާ ދެކޮޅަށް ކުޅެ 2-0 އިން ބަލިވުމަކީ ހިތްދަތި ނަތީޖާއެއް ކަމަށް ސްޕެއިންގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ ބުނެފި އެވެ.
އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ސްކޮޓްލެންޑުން ސްޕެއިން ކޮޅަށް ޖެހި ދެ ލަނޑު ވެސް ކާމިޔާބުކުރީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭ އެވެ.
ޑެ ލާ ފުއެންޓޭ ސްޕެއިންގެ ކޯޗުކަމާ ހަވާލުވެ ކުޅުނު ދެވަނަ މެޗުން ވީ ބައްޔާ އެކު މިއީ 1984 ވަނަ އަހަރަށް ފަހު ސްކޮޓްލެންޑުން ސްޕެއިން ބަލިކުރި ފުރަތަމަ ފަހަރެވެ. އަދި 2014 ވަނަ އަހަރު ސްލޮވާކިއާ އަތުން ބަލިވި މެޗަށް ފަހު މިއީ ޔޫރޯ ކޮލިފައިން މެޗަކުން ސްޕެއިން ބަލިވި ފުރަތަމަ ފަހަރުވެސް މެ އެވެ.
"މިއީ ހިތްދަތި ނަތީޖާއެއް. މެޗު އެނަލައިޒް ކޮށްލާއިރު އަހަރެންނަށް ހީވަނީ އަހަރެމެންގެ ފަރާތުން ރަނގަޅަށް ދިޔަ ކަންތައްތަކެއް ވެސް އެބަހުރި ހެން. އެކަންކަމުގެ ބޭނުން ހިފުނު ނަމަ އާހިރުގެ ނަތީޖާ ތަފާތު ވާނެ،" ޑެ ލާ ފުއެންޓޭ ބުންޏެވެ.
"ރަނގަޅަށް ދިޔަ ކަންކަމާ މެދު އަހަރެން އުފާކުރަން، އެކަމަކު އަހަރެމެން އިތުރަށް ރަނގަޅު ކުރަން މަސައްކަތްތަކެއް ކުރަން ޖެހޭކަން ވަރަށް ސާފު. ކުޅުންތެރިންގެ އެޓިޓިއުޑާ މެދު ވެސް ހިތްހަމަ ޖެހޭ،"
ކޯޗު ބުނީ މެޗުގައި ފެނުނު ދެ ގޯހުގައި ވެސް ކުޅުންތެރިންނަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތް ކަމަށެވެ.
ސްޕެއިން ކޮޅަށް ލަނޑުތައް ޖެހި މެކްޓޮމިނޭ ވަނީ ކޮލިފައިންގެ ފުރަތަމަ މެޗުގައި ސައިޕްރަސް ކޮޅަށް ވެސް ދެ ގޯލު ޖަހައިފަ އެވެ.
"އަހަރެމެންނަށް ވަރަށް މޮޅަށް ކުޅެވުނު. އަހަރެމެންނަށް އެނގޭ އެމީހުން ކަން ގިނަ ވަގުތު ބޯޅަ ގެންގުޅޭނީ. އަދި އަހަރެމެންގެ މެނޭޖަރު ބުނި ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަން،" މެޗަށް ފަހު މެކްޓޮމިނޭ ބުންޏެވެ.
މި ގުރޫޕް ގައި ދެން ހިމެނޭ ނޯވޭ އާއި ޖިއޯޖިއާ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.
މި ނަތީޖާއާ އެކު ކޮލިފައިންގެ ފުރަތަމަ ދެ މެޗް ވެސް ކާޟިޔާބު ކޮށްގެން ގުރޫޕް އޭގެ އެއްވަނައިގައި އޮތީ ސްކޮޓްލެންޑެވެ. ފުރަތަމަ މެޗުގައި ނޯވޭ ބަލިކޮށް ހޯދި ތިން ޕޮއިންޓާ އެކު ސްޕެއިން އޮތީ ދެވަނައިގަ އެވެ.
ޔޫރޯ ކޮލިފައިންގެ ގުރޫޕް ޑީ ގައި ހިމެނޭ ކްރޮއޭޝިއާ އާއި ވޭލްސް ވެސް ވަނީ ރޭ ކުޅުނު މެޗު ކާމިޔާބު ކޮށްފަ އެވެ. ކްރޮއޭޝިއާގެ މަޓެއޯ ކޮވަސިޗް ފުރަތަމަ ހާފުގައި ކާމިޔާބު ކުރި ދެ ގޯލުން 2-0 އިން ތުރުކީ ބަލިކުރި އިރު ވޭލްސް މޮޅުވީ ލަތުވިއާ އާ ވާދަކޮށް 1-0 އިންނެވެ.
ހާލަންޑް ބަލަންހުއްޓައި ގަވީ ސްޕޭން ގޮވައިގެން ޔޫރޯއަށް
ޔަމާލް، 16 އަހަރުގައި ޔޫރަޕް ފުޓްބޯޅައިގެ ރެކޯޑެއް
ސްޕެއިނަށް އެފްރިކާ ވޯލްޑް ކަޕް ފައިނަލްގެ ރީޕްލޭއެއް
ސްޕެއިން ނޭޝަންސް ލީގުގެ ކުއާޓާ އަށް
ޕޯޗުގަލް އާއި ސްޕެއިން ނޭޝަންސް ލީގުގައި ހަމަޖެހިލައިފި
ޔުއެފާގެ ރެފްރީޒް ރިޕޯޓާ އެކު ކްރޫސްގެ ފާޑުކިޔުން
ސްކޮޓްލެންޑް އަތުން ޕޯޗުގަލް ސަލާމަތްކޮށްދިނީ ރޮނާލްޑޯ
ރަން މެޑައްޔާ އެކު ފުޓްބޯޅައިގެ ރަސްކަން ސްޕެއިން އަށް
އުފާފާޅުކުރި ގޮތުން ރޮޑްރީ އާއި މޮރާޓާ އަށް އަދަބުދީފި
އޮލިމްޕިކްސްގެ ފައިނަލަށް ފްރާންސާއި ސްޕެއިން