27 މާޗް 2023
މަޝްހޫރު އެކްޝަން ސީކުއެލް، "ޖޯން ވިކް" ގެ ހަތަރު ވަނަ ބަޔަށް ގިނަބައެއްގެ ތަރުހީބު ލިބިއްޖެ އެވެ.
މަޝްހޫރު އެކްޝަން ސީކުއެލް، "ޖޯން ވިކް" ގެ ހަތަރު ވަނަ ބަޔަށް ގިނަބައެއްގެ ތަރުހީބު ލިބިއްޖެ އެވެ.
ކިއަނޫ ރީވްސް ލީޑު ކުޅޭ އެ ސީކުއެލްގެ "ޖޯން ވިކް؛ ޗެޕްޓަ 4" ޕްރިމިއާ ކުރީ މިދިޔަ ހުކުރު ދުވަހު އެވެ. ބޭރުގެ ނޫސްތަކުން ބުނާގޮތުން، ފުރަތަމަ އެޅުވި ޕްރިމިއާ ޝޯއަށް ވެސް، 3855 ސަރަހައްދަކުން، 29.4 މިލިއަން އެމެރިކާ ޑޮލަރު ވަނީ އެ ފިލްމަށް ލިބިފަ އެވެ.
"ވެރައިޓީ" ނޫހުން ބުނި ގޮތުގައި، އެ ފިލްމު އެޅުވި ފުރަތަމަ ހަފްތާ ބަންދުގެ އާމްދަނީ، ސީކުއެލްގެ ތިން ވަނަ ފިލްމު، "ޖޯން ވިކް ޗެޕްޓަ 3؛ ޕެރަބެލަމް" ގެ 56.8 މިލިއަން ޑޮލަރުގެ ރެކޯޑު މުގުރާލާނެ އެވެ.
ބޮކްސްއޮފީހުގެ ކާމިޔާބީގެ އިތުރުން، ފިލްމު ކްރިޓިކްސްގެ ފަރާތުން ވެސް މި ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. ފިލްމު ރިވިއު ވެބްސައިޓް "ރޮޓެން ޓޮމާޓޯސް" ގެ ރޭޓިން 95 ޕަސެންޓުގައި އުޅޭއިރު، ސިނަމާތަކަށް ފިލްމު ބަލަން ދާ މީހުންގެ ތަޖުރިބާ ދިރާސާ ކުރާ "ރިސާޗް ފާމް ސިނަމާ ސްކޯ" އިން މި ފިލްމަށް "އޭ" ގްރޭޑެއް ވެސް ވަނީ ދީފަ އެވެ.
މި ފިލްމު ހަދަން 100 މިލިއަން ޑޮލަރު ހަރަދުވެފައިވާއިރު، މިއީ މިހާތަނަށް މި ސީކުއެލްގައި އެންމެ ބޮޑު ހަރަދެއް ކުރަން ޖެހުނު ފިލްމެވެ. ލަފާކުރެވޭގޮތުން، ފުރަތަމަ ހަތަރު ވަރަކަށް ޝޯއަށް ފަހު، ފިލްމުގެ ހަރަދުތައް ކަވަރު ކުރެވޭ ވަރަށް ވުރެ ބޮޑު އާމްދަނީ އެއް ލިބޭނެ އެވެ.
ކިއާނޫ ރީވްސް ހިޓް މޭނެއްގެ ރޯލުން ފެންނަ ސީކުއެލްގެ ހަތަރު ވަނަ ބައިގާ އޭނާ މަސައްކަތް ކުރަނީ "ހައި ޓޭބަލް" ގެ އަތްދަށުން ސަލާމަތްވުމަށެވެ. "ހައިޓޭބަލް" އަކީ "ޖޯން ވިކް" ސީކުއެލްގައި ކުށުގެ "އަންޑަވޯލްޑް" ބަލަހައްޓާ ނުބައި ކުށްވެރިންގެ 12 ލީޑަރުންގެ ކައުންސިލެކެވެ.
ޑެޑްޕޫލް އެންޑް ވޮލްވެރިން: ބޮޑު ކާމިޔާބީއަކާ ގާތަށް
ބިލިއަން ޑޮލަރުގެ ފިލްމަކަށް އިންސައިޑް އައުޓް 2
އެންމެ ބޮޑު އާމްދަނީއެއް ހޯދި ބަޔޮޕިކަކީ އޮޕަންހައިމާ
"ބާބީ" އަށް އެއް ބިލިއަން ޑޮލަރު ލިބިއްޖެ
ރެކޯޑް އާމްދަނީއެއް، "ބާބީ" އަށް ބޮޑު ކާމިޔާބީއެއް
ފުރަތަމަ ދުވަހު ލިޓްލް މާމެއިޑަށް 38 މިލިއަން ޑޮލަރު
އީވިލް ޑެޑް ރައިޒް: އޮރިޖިނަލް ފިލްމަށްވުރެ ކާމިޔާބު
"ސުޕަމާރިއޯ ބްރޯސް" އަށް 700 މިލިއަން ޑޮލަރު
"ބޭޑް ބޯއީސް" ސިކުއެލްގެ ހަތަރު ވަނަ ފިލްމެއް ނެރެނީ
ޒޯއީ އަށް ބޮކްސް އޮފީހުގެ ތާރީހީ ރެކޯޑެއް