29 މެއި 2023
ޑިޒްނީގެ ލައިވް-އެކްޝަން ފިލްމު "ދަ ލިޓްލް މާމެއިޑް" ޕްރިމިއާކުރި ފުރަތަމަ ދުވަހު 38 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެ އެވެ.
ޑިޒްނީގެ ލައިވް-އެކްޝަން ފިލްމު "ދަ ލިޓްލް މާމެއިޑް" ޕްރިމިއާކުރި ފުރަތަމަ ދުވަހު 38 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެ އެވެ.
އޭރިއަލްގެ ރޯލުން ހާލީ ބެއިލީ
"ވެރައިޓީ" ނޫހުން ބުނި ގޮތުގައި، މި އަދަދާ އެކު އެ ފިލްމު މިހާރު ވަނީ ބައިނަލްއަގްވާމީ ބޮކްސްއޮފީހުގެ އެއް ވަނަ އަށް އަރައިފަ އެވެ.
އެ ފެންޓަސީ ފިލްމު ވަނީ މިދިޔަ ހުކުރު ދުވަހު 4،320 ތިއޭޓަރުގައި އަޅުވައިފަ އެވެ. އަދި ލަފާކުރެވޭ ގޮތުގައި ފުރަތަމަ ހަތަރު ދުވަސް ތެރޭ 120 މިލިއަން ޑޮލަރާއި 130 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާނެ އެވެ.
ހާލީ ބެއިލީ ލީޑުން ފެންނަ އެ ފިލްމު އެޅުވުމުގެ ކުރިން ޕްރިވިއުގެ ގޮތުގައި ވެސް ވަނީ 10 މިލިއަން ޑޮލަރު ލިބިފަ އެވެ. މި ފިލްމުގެ މަސައްކަތަށް 250 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާއިރު، ރަނގަޅު ފައިދާއެއް ބޭނުން ނަމަ ބޮކްސް އޮފީހުގައި ކާމިޔާބު ހޯދަން މަޖުބޫރެވެ.
ރޮބް މާޝަލް ޑައިރެކްޓުކޮށްފައިވާ "ދަ ލިޓްލް މާމެއިޑް" ގެ މިއުޒިކަލް ރިމޭކަށް މާބޮޑު ތަރުހީބެއް ރިވިއުތަކަށް ބަލާ ނަމަ ނުލިބެ އެވެ. ފިލްމު އެޅުވިތާ ދެވަނަ ދުވަހު ރޮޓެން ޓޮމާޓޯސްގައި އަދި އެ ފިލްމުގެ ރޭޓިން އުޅެނީ 66 ޕަސެންޓުގަ އެވެ. މި އަދަދު މަތިވުން އެކަށީގެންވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
"ބިއުޓީ އެންޑް ދަ ބީސްޓް" ގެ ޕްރިކްއެލް ސީރީޒެއް
ޖެކް ސްޕެރޯގެ ރޯލުން ޖޮނީ ޑެޕް ފެންނާނެ؟
"ރައިޒް އޮފް ސްކައިވޯކާ" އަށް ބިލިއަން ޑޮލަރު
"އެވެޓާ 2" އާ އެކު "އެންޑްގޭމް" ފަހަތަށް ޖައްސާލެވޭނެ: ކެމެރޮން
"އަލައްދިން" ގެ ސްޕިންއޮފެއް ޑިޒްނީ ޕްލަސް އަށް
"ޓޯއި ސްޓޯރީ 4" ގެ އާމްދަނީ ވެސް ބިލިއަނަކަށް
"ލަޔަން ކިންގް" ވެސް ބިލިއަން ފަހަނަޅައި ހިނގައްޖެ
"އަލައްދިން" ގެ އާމްދަނީ ވެސް ބިލިއަނަކަށް
"އެވެންޖާޒް: އެންޑްގޭމް" އަށް ކެމެރެން މަރުހަބާ ކިޔައިފި
އާމްދަނީ ރޭހުގެ ކުރި "އެވެންޖާޒް: އެންޑްގޭމް" އަށް