23 ޖުލައި 2019
މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރެކޯޑް ޖޭމްސް ކެމެރެންގެ "އެވެޓާ" އިން ހިފަހައްޓަމުން އަންނަތާ 10 އަހަރު ފަހުން "އެވެންޖާޒް: އެންޑްގޭމް" އެ ރެކޯޑް މުގުރާލައިފި އެވެ.
މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރެކޯޑް ޖޭމްސް ކެމެރެންގެ "އެވެޓާ" އިން ހިފަހައްޓަމުން އަންނަތާ 10 އަހަރު ފަހުން "އެވެންޖާޒް: އެންޑްގޭމް" އެ ރެކޯޑް މުގުރާލައިފި އެވެ.
މާވެލް ސްޓޫޑިއޯސް އާއި ޑިޒްނީ ގުޅިގެން މިދިޔަ އެޕްރީލް މަހުގެ 26 ގައި ގެނެސްދިން "އެވެންޖާޒް" ސީރީޒްގެ ހަތަރު ވަނަ އަދި ފަހު ފިލްމު "އެންޑްގޭމް" ވަނީ މިހާތަނަށް ބޮކްސް އޮފީހުގައި 2.789 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިފަ އެވެ.
ދެހާސް ނުވައެއްގައި ރިލީޒްކުރި "އެވެޓާ" ގެ އާމްދަނީ އަކީ 2.788 ބިލިއަން ޑޮލަރެވެ.
ޖޯ އާއި އެންތަނީ ރުޒޯ ޑައިރެކްޓްކޮށް ގެނެސް ދިން ސުޕަހީރޯ ފިލްމު "އެވެންޖާޒް: އެންޑްގޭމް" އިން "އެވެޓާ" ރެކޯޑް މުގުރައިލި އިރު، މާވެލް އިން ވަނީ ފިލްމު ފުރަތަމަ ރިލީޒް ކުރި އިރު ނުހިމެނޭ އިތުރު މަންޒަރުތަކެއް ހިމަނައިގެން އަލުން ރިލީޒް ވެސްކޮށްފަ އެވެ. ބޭނުމަކަށްވީ "އެވެޓާ" ގެ ރެކޯޑް މުގުރައިލުމެވެ.
"އެވެންޖާޒް: އެންޑްގޭމް" ބޮކްސް އޮފީހުގައި ހަދާފައިވާ ރިކޯޑްތަކުގެ ތެރޭގައި ސުޕަހީރޯ ފިލްމުތަކުގެ ތެރެއިން މިހާތަނަށް ރިލީޒްކުރި ދުވަހު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ މަގާމު ވެސް ހިމެނެ އެވެ. އެއީ 1.22 ބިލިއަން ޑޮލަރެވެ.
މީގެ އިތުރުން މި ފިލްމަކީ ރިލީޒް ކުރި ދުވަހު އުތުރު އެމެރިކާގައި އެންމެ ބޮޑު އާމްދަނީއެއް (357.1 މިލިއަން ޑޮލަރު) އަދި އިންޓަނެޝަނަލް މާކެޓްތަކުން ރިލީޒް ކުރި ދުވަހު އެކަނި 866.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމު ވެސް މެ އެވެ.
މާވެލްގެ ސުޕަހީރޯ ބައިގަނޑު އެއްކޮށް ފެނިގެންދާ "އެވެންޖާޒް: އެންޑްގޭމް" އަކީ 356 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.
އެ ފިލްމު "އެވެޓާ" ގެ ރެކޯޑް މުގުރާލި އިރު، ކެމެރެން މިހާރު އަންނަނީ "އެވެޓާ" ގެ އިތުރު ހަތަރު ފިލްމެއް ގެނެސް ދޭން ތައްޔާރުވަމުންނެވެ. އެގޮތުން "އެވެޓާ 2" ޑިސެމްބަރު 17، 2021 ގައި ގެނެސް ދޭނެ އެވެ.
"އެވެޓާ 2" އާ އެކު "އެންޑްގޭމް" ފަހަތަށް ޖައްސާލެވޭނެ: ކެމެރޮން
"އެވެންޖާޒް: އެންޑްގޭމް" އަލުން ރިލީޒް ކުރަނީ
"އެވެންޖާޒް: އެންޑްގޭމް" އަށް ކެމެރެން މަރުހަބާ ކިޔައިފި
އާމްދަނީ ރޭހުގެ ކުރި އަލުން "އެވެޓާ" އަށް
އެންމެ އަވަހަށް ދެ ބިލިއަން ހޯދީ "އެވެންޖާޒް: އެންޑްގޭމް"
"އެވެންޖާޒް: އެންޑްގޭމް" ލީކްވެއްޖެ
"އެވެޓާ" ގެ ސީކްއެލްތައް އަނެއްކާ ވެސް ފަސްކޮށްފި
ސުޕަހީރޯ ފިލްމުތަކަށް މާޓިން ސްކޮސީސްގެ މަލާމާތެއް
އެންމެ އަވަހަށް ބިލިއަން ޑޮލަރު ހޯދީ "އެންޑްގޭމް"
"ކެޕްޓަން މާވެލް" ގެ އާމްދަނީ ބިލިއަނަކަށް