06 އޮކްޓޯބަރ 2019
ސުޕަހީރޯ ފިލްމުތަކަކީ "ތީމް ޕާކްތަކެއް" ގެ ގޮތުގައި ސިފަކޮށް އެކަހަލަ ފިލްމުތަކަކީ އެހާ އޮއްޓަރު ހުރި ފިލްމުތަކެއް ނޫން ކަމަށް ބުނެ ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު މާޓިސް ސްކޮސިސް ވާހަކަ ދައްކައިފި އެވެ.
ސުޕަހީރޯ ފިލްމުތަކަކީ "ތީމް ޕާކްތަކެއް" ގެ ގޮތުގައި ސިފަކޮށް އެކަހަލަ ފިލްމުތަކަކީ އެހާ އޮއްޓަރު ހުރި ފިލްމުތަކެއް ނޫން ކަމަށް ބުނެ ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު މާޓިސް ސްކޮސިސް ވާހަކަ ދައްކައިފި އެވެ.
އަންނަ މަހު ނެޓްފްލިކްސް އިން ގެނެސްދޭ އޭނާގެ އެންމެ ފަހުގެ ފިލްމު "އައިރިޝްމޭން" ގެ ޕްރޮމޯޝަންގެ ހަވާސާގައި އެމްޕަޔާ އަށް ދިން އިންޓަވިއުއެއްގައި 76 އަހަރުގެ ޑައިރެކްޓަރު ބުނީ ސުޕަހީރޯ ފިލްމުތަކަކީ އަސްލު ސިނަމާ ނޫން ކަމަށެވެ.
"އެފަދަ ފިލްމުތަކުގައި ދައްކުވައި ދެނީ ގަބޫލުކުރަން ދަތި އަސްލު ނޫން ހާދިސާތައް. އަހަރެން ސިނަމާ މާނަކުރަނީ އެއަށް ވުރެ ފުޅާކޮށް. އަހަރެމެންނަށް ސިނަމާގައި ކިޔައިދެވިދާނެ އެތައް ވާހަކައެއް އެބަހުރި. އަހަރެން ދެކޭ ގޮތުގައި ސިޓީތަކާއި ޖައްވު ފުނޑުފުނޑުކޮށްލާ ކަހަލަ ސުޕަހީރޯ ފިލްމުތަކުން ހަގީގަތުގައި އިންސާނުންގެ އަސްލު އިހުސާސްތަކެއް ދައްކައެެއް ނުދެވޭ،" ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ސްކޮސިސް ބުންޏެވެ.
Martin Scorsese is one of my 5 favorite living filmmakers. I was outraged when people picketed The Last Temptation of Christ without having seen the film. I’m saddened that he’s now judging my films in the same way. https://t.co/hzHp8x4Aj8
— James Gunn (@JamesGunn) October 4, 2019
އޭނާ ބުނިގޮތުގައި ސިނަމާއަކަށްވާނީ އިންސާނުންގެ އަސްލު ޖަޒުބާތުތައް ގެނެސްދެވޭ އަދި އިހުސާސްތަކާ ކުޅެލެވޭ ކަހަލަ ފިލްމުތައް ގެނެސްދެވޭ ނަމަ އެވެ.
And I’m not saying religious zealotry is the same as not liking my movies, or in the same category. What I’m saying is I’m not fond of people judging things without actually seeing them, whether it’s a movie about Jesus or a genre.
— James Gunn (@JamesGunn) October 4, 2019
ސްކޮސިސްގެ މި ވާހަކަތަކާ ގުޅިގެން ސުޕަހީރޯ ފިލްމު ސީރީޒް "ދަ ގާޑިއަންސް އޮފް ދަ ގެލެކްސީ" ގެ ޑައިރެކްޓަރު ޖޭމްސް ގަން ވަނީ ޓްވިޓާގައި ކަންބޮޑުވުންފާޅުކޮށްފަ އެވެ. އަދި ސްކޮސިސް ދެއްކި ވާހަކަތައް ބަލައިގަންނަން ދަތިކަމަށާއި އެކަމާ ހިތާމަކުރާ ކަމަށް ބުންޏެވެ.
ސްކޮސިސް ސުޕަހީރޯ ފިލްމުތަކަށް މަލާމާތްކޮށްފައިވާ އިރު، "ޓައިޓޭނިކް" އާއި "އެވެޓާ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ޖޭމްސް ކެމެރޮން ވެސް މިދިޔަ އަހަރު ސުޕަހީރޯ ފިލްމުތަކަށް ފާޑުކިޔާފައިވެ އެވެ.
އެކަމަކު ފާހަކޮށްލަން ޖެހޭ ކަމަކީ މިހާތަން ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރެކޯޑް ވެސް އޮތީ ސުޕަހީރޯ ފިލްމަކަށްކަމެވެ. އެއީ މިއަހަރު ރިލީޒްކުރި "އެވެންޖާޒް؛ އެންޑްގޭމް" އެވެ. މާވެލް އާއި ޑިޒްނީގެ އެ ފިލްމަކީ ބޮކްސް އޮފީހުގައި 2.796 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައިވާ ފިލްމެކެވެ.
"އެވެންޖާޒް: އެންޑްގޭމް" އެ ރެކޯޑް އަތުލީ 10 އަހަރު ވަންދެން ކެމެރޮންގެ "އެވެޓާ" ހޯދާފައި އޮތް ޝަރަފު "އެންޑްގޭމް" ގެ ސުޕަހޯރީ ބައިގަނޑުން ޖަހައިގަތުމަށް ފަހު އެވެ.
އެހެންވެ މިއީ ސުޕަހީރޯ ފިލްމުތަކުގެ ނުފޫޒު ގަދަކަން ދައްކުވައިދޭ ކަމެކެވެ.
ބިލިއަން ޑޮލަރު ހޯދި ދެވަނަ ފިލްމަކަށް "ޑެޑްޕޫލް"
"ފެންޓާސްޓިކް ފޯ" އަށް ޕެޑްރޯ ޕަސްކަލް؟
"މެޑަމް ވެބް"ގެ ޓްރެއިލާ ނެރެފި
މާވެލް އިން ލޯކީ ދެން ނުފެންނާނެ ކަމުގެ އިޝާރާތެއް
"ދަ މާވެލްސް"ގެ ފައިނަލް ޓްރެއިލާ ނެރެފި
ތޯ: ލަވް އެންޑް ތަންޑާގެ ފުރަތަމަ ޓީޒާ ދައްކާލައިފި
މާވެލްގެ "މޫން ނައިޓް" ގެ އެކްޓަރަކު މަރުވެއްޖެ
މާވެލްގެ ސީރީޒް "މޫން ނައިޓް" ގެ ޓްރެއިލާއެއް
"އެޓާނަލްސް" އަންނަ މަހު ޑިޒްނީ ޕްލަސް އަށް
"ޝަންގް-ޗީ" ގެ ސީކްއެލްއެއް ހަދަން ނިންމައިފި