Roadha Mihaaru
މާވެލްގެ ސީރީޒް "މޫން ނައިޓް" ގެ ޓްރެއިލާއެއް

މާވެލްގެ ސީރީޒް "މޫން ނައިޓް" ގެ ޓްރެއިލާއެއް

19 ޖެނުއަރީ 2022

މާވެލް ސްޓޫޑިއޯސް އިން މި އަހަރު ގެނެސްދޭ ފުރަތަމަ ސީރީޒެއްގެ ގޮތުގައި "މޫން ނައިޓް" އަންނަ މާޗު މަހު ޕްރީމިއާކުރާ ގޮތަށް ހަމަޖައްސައި، އޭގެ ޓްރެއިލާއެއް ވެސް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މާވެލް ސްޓޫޑިއޯސް އިން މި އަހަރު ގެނެސްދޭ ފުރަތަމަ ސީރީޒެއްގެ ގޮތުގައި "މޫން ނައިޓް" އަންނަ މާޗު މަހު ޕްރީމިއާކުރާ ގޮތަށް ހަމަޖައްސައި، އޭގެ ޓްރެއިލާއެއް ވެސް ދައްކާލައިފި އެވެ.

ޖުމްލަ ހަ އެޕިސޯޑްގެ މިނީ ސީރީޒެއްގެ ގޮތުގައި ޑިޒްނީ ޕްލަސް އިން ސްޓްރީމްކުރަން ހަމަޖެހިފައިވާ މި އުފެއްދުން ގެނެސްދޭނީ މާޗް 30 ގަ އެވެ. "މޫން ނައިޓް" ގެ ޓައިޓަލް ރޯލު ކުޅެފައި ވަނީ އޮސްކާ އައިޒެކް އެވެ. އަދި މީގެ ކާސްޓްގައި ދެން އެންމެ ނަގާ ކިޔާ އެކަކީ އީތަން ހޯކެވެ.

މި އެކްޝަން-އެޑްވެންޗާ ސީރީޒްގައި އަމިއްލަ ނަފުސު އޮޅުންބޮޅުންވެފައިވާ މީހަކު އޭނާގެ އަސްލު ހޯދަން ކުރާ މަސައްކަތުގެ ތެރެއިން ދިމާވާ ޝައުގުވެރި ކަންތައްތައް ދައްކާނެ އެވެ.

ޖެރެމީ ސްލޭޓާގެ މޭސްތިރިކަމުގެ ދަށުން ގެނެސްދޭ "މޫން ނައިޓް" އަކީ ހަމަ އެ ނަމުގައިި މާވެލް ކޮމިކްސް އިން ގެނެސްދީފައިވާ ކެރެކްޓާއަކަށް ބިނާކޮށް ހަދާފައިވާ އެއްޗެކެވެ.